ކޮންމެ މީހަކުވެސް މިއަދުން ފެށިގެން ޢަޒުމު ކަނޑައަޅަންވީ، އަނެކާގެ ފުރާނަ ސަލާމަތް ކުރަން އެހީވާ މީހަކަށް ވުމަށް ކަމަށް، ރައީސުލް ޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަޞީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، "ރޯޑް ސޭފްޓީ ވޯކް" ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޤައުމީ ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މި ސަރުކާރު ވެރިކަމާ ޙަވާލުވެ އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް. ރާއްޖޭގެ މަގުމަތީގައި ހިނގާފައިހުރި ނުރައްކާތެރި ހާދިސާތަކާއި އަދި މިހާރުވެސް ހިނގަމުންދާ ހާދިސާތަކަކީ ރައްޔިތުން އިންތިހާ ދަރަޖައަށް ކަންބޮޑުވާ ހިސާބުގައި ހުރި މައްސަލަތަކެއް." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ޕާރކިންގ އަށް ހައްލެއް ހޯދުމަށް ޓަކައި ލިބެން ހުރި ހުރިހާ ޖާގައެއް ބޭނުންކޮށް، ފަސޭހަ ކަމާއި އެކު ސައިކަލް ނޫނީ ކާރު ބެހެއްޓޭނެ އިންތިޒާމު ތައް ހަމަޖެއްސުމަށްޓަަކައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ނަމަވެސް ޕާކު ކުރާނެ ޖާގަ ހުއްޓަސް، ފަސޭހަކޮށްލުމުގެ ގޮތުން، މީހުންނަށް އުނދަގޫ ވާ ގޮތަށް ސައިކަލް ބެހެއްޓޭތަން މަދުން ނަމަވެސް ފެންނަމުންދާ ކަމަށެވެ. އަދި މިއީ އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭ ކަމެއް ކަމަށާއި، ހުރިހާ ޒުވާނުންވެސް އެކަމަށް ޢަޒުމު ކަނޑައަޅަންޖެހޭ ކަމަށްވެސް ނައިބު ރައީސް ފައިޞަލް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި ބޭރުމީހުންނަށް ޢަމާޒު ކުރެވިގެންވެސް މިފަދަ ޕްރޮގްރާމް ތައް ހިންގުމުގެ ކަންކަން ކުރިއަށް އެބަ ގެންދަން. އެހެންނަމަވެސް އަޅުގަނޑު ދަންނަވަން އޮތީ ކޮންމެހެން އެ ޕްރޮގްރާމާއި ހަމައަށް މަޑުކުރާކަށްވެސް ނުޖެހޭ. އަޅުގަނޑު ހަމަ މިކަން އިންތިޒާމު ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. އަޅުގަނޑު އެންމެ ފަހު ބަހަކަށްވެސް ދަންނަވަން އޮތީ، އަނެކާގެ ފުރާނަ ސަލާމަތް ކުރަން އެހީވާ މީހަކަށް ވަމާތޯއޭ." ނައިބު ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢާސީ

    ކުރާނެ ކަމެއް ނެތީބާ މި އޮއ އްބޮޑު ހުކުރުދުވަހުހަވީރު މި އައްވުރެ މާ އައުލާކަން ބޮޑު ދުވަހެއްގަ އަދި ވަގިތެއްގަ ކުރުން ކީ އްތޯ

  2. Anonymous

    ތިޔަ ނާއިބު ތިގޮތަށް އަނގަބަހުން ވެރިކަންކޮއްކޮށްހުރެ ކިތަށްއަހަރު ހޭދަކުރަން ގަސްދުކުރަނީބާއޭ ހިތަށްއަރާ؟؟؟ ފިނި ސަރުކާރު ބަދަލުހިފާ ސަރުކާރު ގައުމުގައި ހުރިތަރައްގީޔެއްވެއްޖެއްޔާ އެތަރައްގީވެސް ކަލޭމެން ފަނާކުރަމުންމުންދާތަން މިފެންނަނީ، ހިތާމަހުރި، ﷲގެ ރަޙުމަތްފުޅުން މި ކަންޒުކަހަބުމެންގެ ވަކިތަކުން މިގައުމު އަވަސްގޮތެއްގާ ސަލާމަތްކުރާށި އާމީން،

  3. މުގައްދަރު

    ކައުންސިލަރު އިންތިހާބައް ޖަހާ ސްޓަންޓް ތައް މިފެންނަނީ ކުދިންނޭ މިގައުމުގައި އުޅޭނީ ހިމާޔައް ކޮއްފައި ތިބޭ ކުއްވެރިން ކުށުގެރިކޯޑް އޮންނަ ވޯލްޑް ރިކޯޑައް ވާދަކުރާ

  4. ޙަސަނު

    އަހުރެމެންގެ ޓެކްސްލާރިން މުސާރައާއި އެހެނިހެން ބޮޑެތި އިނާޔަތްތައް ދީފަ ބަހައްޓާފަ ހުންނަ ބޭކާރު މީހެއް

  5. ރޯނުއެދުެރު

    ކަލޭ ދައްކާވާހަކަ އަޑުއެހުމެކޭ މޮޔަނާސިރާގެ ވާހަކަ އެކޭ ކޮބާ ތަފާތަކީ، އޭނަވެސް ކަލެއަށްވެސް ލިބިފައިވާ ތައުލީމީ ސެޓްފިކެޓެއްނެތް. މީހުން ހައްދަން މޮޔަނުގޮވާށެވެ. ވޯޓް އޮޅުވާލައިގެން މަގާމަށް އާދެވުމަކީ ހައްގުގޮތުގައި ލިބުނު މަގާމެއްކަމުގައި ދިވެހިންގެ ގިނަ ބަޔަކު ގަބޫލެއް ނުކުރާނެއެވެ.