ރައީސް ޢަބްދުﷲ ޔާމީން ޖަލުގައި އޮންނަވަނިކޮށް، ރައީސް ޔާމީނަށް ތާޢީދު ކުރައްވާ އެއްވެސް ބޭފުޅަކު އަރާމުގައި ނިދަން ނުތިއްބެވުމަށް، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފިއެވެ.

ޢަބްދުއްރަޙީމް މިފަދައިން ގޮވާލައްވާފައިވަނީ، ރައީސް ޔާމީން މިނިވަން ކުރުމުގެ ނަމުގައި ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ކުރިއަށް އޮތީ ވަރަށް މުޙިއްމު އިންތިޙާބެއް. މި އިންތިޙާބަކީ މި ޤައުމު ސަލާމަތް ކުރަން ލިބޭނެ އެންމެ ފަހު ފުރުޞަތު. އަޅުގަނޑު ދަންނަވާނީ އެއްވެސް ބޭފުޅަކު ގޭގަ ނުތިއްބަވާށޭ. ޙާއްސަކޮށް ހަމަ ދަންނަވާލަން ބޭނުންވޭ. ރައީސް ޔާމީން ޖަލުގައި އޮންނަ ވަނިކޮށް އެއްވެސް ބޭފުޅަކު އަރާމުގައި ނިދަން ނުތިއްބަވާށޭ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، ޕީޕީއެމް އާއި ޕީއެންސީ އާއި ދެމެދު މައްސަލަ ޖެހިގެން އުޅޭ ކަހަލަ އަޑުތަކެއް އިދިކޮޅު ފަރާތްތަކުން ފަތުރަމުން ދާ ކަމަށާއި، ނަމަވެސް އެއީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ.

"ސަރުކާރުގައި މިހާރު ތިއްބެވި ފަރާތްތަކުން އެބަ ބުނޭ ޕީޕީއެމް އާއި ޕީއެންސީ އުޅެނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތު ވެގެންނޭ. މިފަހަރުގެ ކައުންސިލް އިންތިހާބުގައިވެސް އެއްވެސް ފުރުޞަތެއް ޕީއެންސީ އަކަށް ނެތޭ. ނަމަވެސް ދަންނަވަންތޯ. އަޅުގަނޑުމެން ދެ ޕާޓީން ނިންމީ ޕީޕީއެމް ގެ ނަމުގައި ކެނޑިޑޭޓުން ނެރެން. އެއީ އެއްގޮތަކަށްވެސް ޚިޔާލުތަފާތުވެގެން ނިންމި ނިންމުމެއް ނޫން. ޕީޕީއެމް އަކީ ވެސް ރައީސް ޔާމީން. ޕީއެންސީ އަކީވެސް ރައީސް ޔާމީން. ދެން ކިހިނެއްތޯ މައްސަލަ ޖެހޭނީ." ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޓިކެޓުގައި، ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ޕީޕީއެމް އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފައި ވާކަމަށެވެ. އެހެން ކަމުން އެޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައ ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕާޓީގެ މައި އޮފީސް ހ.ހުރަފައަށް ނުވެތަ [email protected] އަށް މެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހެޅުމަށް އެދޭ ކަމަށް މިއަދު ނެރުނު އިއުލާންގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނެފައި ވަނީ ޕީޕީއެމްެ ޓިކެޓުގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅޭނެ އެންމެ ފަހު ވަގުތަކީ އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ 22:00 ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. އަލްޖިބްރާ

  އަމިއްލަ ނިދި ނަގާލާފަ ވަގަކު ސަލާމަތް ކުރަން ހަޅޭއްލަވަން ނިކުންނާނީވެސް އެކަހަލަމީހުން !

  20
  29
 2. ޢަންސާރު

  ސާބަހޭ އަދުރޭ .ނިދާކަށް ނެތިން ﷲ ގެ ހެޔޮ ރަހުމަތުން ދިވެހިންނަށް ހެޔޮ ވިސްނުން ދެއްވާނެ..އިން ޝާ ﷲ

  32
  6
  • ޞޯގަޅިބެ

   ނުނިދާ ވައްކަންކުރޭ

   5
   6
   • Anonymous

    ލޮލް. ހަޖަމެއް ނުވޭދޯ ރީނދޫ ކުދިންނަކަށް. ހެހެހެ

 3. ޥަގު

  އެއީ މިހާރު ކާކު ވަގެއް ދެން އަހަރުމެން ނުނިދަން ޖެހޭ ސަބަބެއް ނެތޭ

  12
  5
  • Anonymous

   ނިދާލާ. ވެރިކަން ވެއްޓޭއިރުވެސް ހިނދުކޮޅުގަ މި ފަހަރު ވެސް ތިބެެްޗޭ. ހޭލާނެކަމެއް ނެތޭ

   1
   6
 4. އިމާމް ރ

  ކަލޯ އަދުރޭ މަވެސް ސަޕޯޓް ކުރަނީ ކަލޭންނަށް .އެކަމު ޔާމީން ޖަލުގަ އަރާމުގައެންނު އެއޮތީ. އެހެންވީމަ މަވެސް ގޭގަ ނިދާލާފަ ދާން މި ވިސްނަނީ..އެއްޗެކޭހީނުކުރައްޗޭ.

  10
  5
 5. ކަދުރޭ

  ހަމަ ނިދާނީ އަރާމުގަ އި ، ކަލޭވެސް ނިދަނީނު އަރާމުގަ އި ބޮޑެތި ފްލެޓް ގަނެގެން . ޔާނު ބާ އްވާ ޖަލުގަ އި. ބަ އިތުލް މާލް ދިރުވާލާފަ އި ތަރަ އްގީ ކުރީ އަކަސް ބަލަ އެ އްނުގަނެވޭނެ. ކުރި ހުވަޔާ ހިލާފް ވީ!

  12
  6
  • Anonymous

   މިހާރު ތަރައްޤީ ކޮށް ދެއްވި ކަމަށް ކަލޭމެން މޮޔައިންވެސް އެއްބަސްވަން ދޯ؟ އެހެންތާ ވާނީ. ހަމަ ގަބޫލުކުރަންތާ ޖެހޭނީ މުރުތަެްދުތަކަށްވެސް

   1
   5
 6. 🐠ރޮނޑާ

  މި އުޅެނީ ވަގުންގެ ބަލާވެރި ކަމުން ގައުމު ސަލާމަތް ނުވެވިގެން. ގޭގެ ކޮޓަރި ގަޑުގެ ދޮރުފަތް ހަލާކު ކޮއް ކޮޓަރި އައް ވަގައް ވަދެ ކޮޓަރީގައި ބާއްވާފަ އޮންނަ ފައިސާކޮޅާއި ގަނެފައި ތިންމަސް ދުވަސް ނުވެ އިންނަ ފޯނާއި ލެޕްޓޮޕް ވަގައް ގެންގޮސްފި.ދެރެ އިން އެއްރޭ ގެއައް ވަގައް ވަދޭ. އެހެންތާ ވާނީވެސް.އެންތާވާނީވެސް.ގައުމުގެ އިސް ވެރި އަކައް ހުރިމީ ހާ ވައްކަން ކޮއްގެން ވަނީ ޖަލައްލާފައި.

  7
  5
 7. މޮޔަބެ

  އަދުރޭ ވާހަކަ ރަގަޅު، ދަގަޑުކެޑޭނީ ދަގަޑުންނޭ ބުނާބީދައިން މިބީރު ސަރުކާރަށް އަޑުއިއްވޭނީ ތިއަށްވުރެފުޅާކޮށް ވިސްނާ މުޒާހަރާކޮށް މަދަނީ ބަސްނެހުމަށްގޮސްގެން... އޮފީސްތެރޭ ތިބެގެންލަވާ ހަޅޭްއަކީ ވަގުތު ބޭކާރުކޮށްލުން... އަދުރޭ އަށް ކެރޭނެ، ލީޑަރޝިޕްގައި ގަދަ ކުޅުން ތެރިން...ގޯލެއް ޖަހަންކުޅެންވީ.... ރ. ޔާމިން މިނިވަންކުރަން ސަޕޯޓަރުންގެ ބަޑުހައި ހޫނުކަމުގެ ހަޅުތާލު މުޅިރާއްޖޭގައި ކުރަންވީ....

  6
  8
 8. ލަލަލާ

  ޢަދުރޭ އޮންނަންވީނު 5 އަހަރު ވަންދެން ނުނިދާ ހެހެ ހޭ

  10
  3
 9. މޮހަދު

  މީހުނާ ވަގުކިޔާނީ ސީދާ ވަގުން އެޢީ ތިމާ ވައްކަން ކުރާހެން ހީވާނީ އަނެއްމީހާ ވެސް ކުރާނެހެން

  5
  2
  • ވަގުވަގު

   ވަގު ވަގު ވަގު ޔާމީން ރައްޔިތުންގެ 3.3 ބިލއަން ކައްވާލި ބޮޑު ވަގު

   4
   5
   • Anonymous

    މީ މިހާރު ކޮންތާކުން ޖަހައިގެން އުޅޭ ހިސާބެއް؟ ނަޝީދު ފޫކޮޅުންތަ 3.3 ނެރުނީ؟

    2
    1
 10. ލޮލް

  ހޫ ކެއާސް ގެޓް ލޮސްޓް

  4
  5
 11. 🐠ރޮނޑާ

  ކަލޭ މެން އެއްގޮތަކައްވެސް ކާނެ ކަމެއް ނެތް. ފަސް އަހަރު ވަންދެން ނުކައި ހިފަގައްޓާލާ. ޔާމީނައްވެސް އަންގާ ނުކާ އޮންނަން.

 12. ޒަރީނާ

  އަދުރޭ ނުނިދާ ޖަލު ބޭރުގަ ހޭލާ ހުންނަންވީނުން.އަހަރުމެން ކީއްކުރަން ތިބެންވީ.ކަލެމެން ގައުމު ދިރުވާލީ ޔާމިން އެހާލަތަށްވެއްޓުނީވެސް ކަލޭމެންގެ ސަބަބުން.އަދުރޭމެން ރަނގަޅު ޖަލު ހުކުމް ނިމެންދެންވެސް ހޭލާ ތިބެން.