ޗައިނާއިން ދިވެހިރާއްޖެ ދަރަނިވެރި ކުރުވައިފި ކަމަށް ވިދާޅުވެ އިންޑިއާގައި ހުންނަވައިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޒާންގް ލިޒްހޯންގް ރައްދު ދެއްވައިފިއެވެ.

ނަޝީދުގެ ވާހަކަފުޅާ ގުޅުވައިގެން ޗައިނާގެ ސަފީރު ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ ވެރިޔަކު އަނެއްކާވެސް ޗައިނާއާ ގުޅުވައިގެން ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކައިފި ކަމަށެވެ. އަދި ޗައިނާއިން ރާއްޖޭގެ ބިމެއް އަތުލާފައި ނުވާނެ ކަމަށާއި އެގައުމުން ރާއްޖޭގައި އިންވެސްޓު ކުރީ އެހެން ގައުމަކުންވެސް ކުރާނެ ފަދައިން ކަމަށް ވިދާޅުވިއެވެ.

"މިހާތަނަށް ރާއްޖޭގައި ޓުއަރިޒަމް ރަށްތަކުގައި އިންވެސްޓުކޮށްފައިވާނީވެސް ޗައިނާގެ މަދު އަމިއްލަ ކުންފުނިތަކެއް. އަދި އެތަންތަން ހިންގަންވެސް ނުފަށާ. ދަރަނީގެ ވާހަކަ ދައްކާއިރު އަޅުގަނޑު ދަންނަވާނީ ވެފައިވާ އެއްބަސްވުންތަކަށް އިޙްތިރާމް ކުރާށޭ. ގައުމުގެ އިސްތިގުލާލް ދަމަހައްޓާށޭ،" ޗައިނާ ސަފީރު ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެން ނަޝީދު ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވަމުން ސަފީރު ވިދާޅުވީ އެ އެއްބަސްވުން ވުޖޫދަށް ގެނައުމަށްޓަކައިވެސް އެތައް އަހަރުތަކެއް ވަންދެން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މަޝްވަރާތަކުގައި ދެގައުމުގެ ޝާމިލުވުންވެސް އޮތީ ހަމަ އެއް ވަރަކަށް ކަމަށާއި، ސޮއި ކުރެވިފައި އޮތް އެ އެއްބަސްވުމާ ގުޅިގެން ސަރުކާރުން ގޮތެެއް ނިންމާވާ ނަމަ އެކަން ކުރައްވާނީ ވަރަށް ވިސްނާފައި އެންމެ ރަނގަޅު ގޮތަށް ކަމަށް އިތުބާރު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"ދަރަނީގެ ދަންތުރައެކޭ؟ ތިއީ ހިޔާލީ ވާހަކައެއް. ޗައިނާ އަކީ ކަންކަމުގައި އެހީތެރިވެދޭ ގައުމެއް. ދަލުގައި ޖައްސަން އުޅޭ ގައުމެއް ނޫން. ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ގާތް އެކުވެރިޔާ، އަދި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމު،" ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ރާއްޖޭގެ ސިޔާސީ އިސްވެރިން ޒިންމާދާރު ވާން ޖެހޭ ކަމަށެވެ. އަދި އުއްމީދަކީ ދެގައުމު ގުޅިގެން ވާސިލްވެފައިވާ ލަނޑުދަނޑިތައް ފާހަގަކޮށް މި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް އަދި މުހިއްމު ގުޅުން ހަރުދަނާ ގޮތެއްގައި ރަނގަޅު މަގުގައި އޮތުން ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އައިސް

    ސާބަހޭ ޗައިނާ ސަފީރަށް ނޫނޭވާ ގަަޓުހުރި ގޮލައެއް ދޯ ބުނެވޭނީ ހަމަ ރާއްޖޭގެތަރަށް ގީއަކީ ޗައިނާއާއި ގަޓުރައީސްޔާމީންއެވެ.ޔާﷲ ހުރިިހާގޮތަކުން ވެސްރައީސްޔާމީންއާއި ދިވެހި މިއުންމަތަށް ހެޔޮގޮތް މެދުވެރި ކުރަށްވާށިއެވެ. އާމީން

    33
  2. ބަކަރި

    ބުއްދި ރަންވާ ތޯއްޗެ. ދުނިޔޭގެ ޤައުމުތަކާ ތޮޅެންތޯއްޗެ މީނާ މިއުޅެނީ.

    24
  3. ބުޗް

    ތި ނުފުރޮއްޕާނަކާ ހުރެ ފުރޮއްޕާކަށް ނެތް!

    19
  4. ނަޒީރު

    ކޮބާ ނަޝީދު މުޅުވާހަކަ ދައްކަން ހަދައިގެން އަނެއްކާވެސް އަތައްގޮވާ ލުނބޯހުތު ބޮވިޖެއެެއްނުން. ކަލޭމެން ދޯ ޓަކޭއައް ބަޖާޖުލޭންޑައް ވިކުނަސް ރާއްޖޭގެ ރައްޔިތުން ދަނީ ޗައިނާއިން މިދިޔަ މަދުދުވަސްކޮޅުގައި ގެނެސްދިން ފެންވަރު ރަނގަޅު ތަރައްގީ އިހުސާސްކުރަމުން. ޖީއެމްއާރާއި ހަވާލުކޮއް 3 އަހަރުން ނުހެދުނު އެޔާޕޯޓު ސޮއިކުރިތާ އެއް އަހަރު ނުވަނީސް އެއޮތީ ބަދަލުކޮއްލި މިންވަރު ފެންނަން. ގޫގުލް އާތުން ބަލާބަލަ.

    25
  5. އަންކަލޯ

    ސަފީރޫ... އެއީ 24 އެއްފަހަރު ހަމައިންނެއްޓޭ ސޮރެއް، ހަމަޖެހި ލައްވާ

    21
  6. Anonymous

    ރައީސުކަން ކޮށްފައިވާ ބޭފުޅަކަށްވެފައި އަދި މިހާރު ޕާލަމެންޓްގެވެސް ރައީސަށް ވުމާއެކު ޗައިނާފަދަ އަވަށްޓެރި ގައުމުތަކާއި ގުޅުވައިގެން ރ.ނަޝީދު ތިހިންގާ ނާތަހުޒީބު މުޢާމަލާތަކީ ރ.ޔާމީނަށް އެއްވެސް ގެއްލުމެއް ލިބޭނެކަމެއްނޫން ނަމަވެސް ގައުމަށާއި ރައްޔިތުންނަށް އިގުތިސާދީ /އިޖުތިމާއީފަދަ ކިތައްމެ ގެއްލުންލިބޭނެ އަސަރުތައް ކުރާނެއެވެ. ޥީމާ މިގައުމަށާއި ރައްޔިތުންނަށް ހެޔޮއެދޭނަމަ ހަމައެކަނި މިސަރުކާރުގެ ފެވަރިޓް އިންޑިއާގެ މޯދީ ހިތްރުއްސަން ތިކުރާމަސައްކަތް ހުއްޓާލުމަށް ގޮވާލަން

    27
    1
  7. ފާހަގަ

    އަމިއްލަ ލޮލަށް ދަގަނޑު ހެރޭ ތޯ މިބެ މިއުޅެނީ

    19
    1
  8. ޓ

    ޗައިނާ މިނަން ރައީސް ނަސީދަށް ބައްޔަކަށް ވެޖެ. މަރުު ބަލީގައި ވެސް ގޮވާނީ ޗައިނާ ޗައިނާ... ލަދެއް ނުގަނޭ މީނަގެ ވެރި ކަމުގާ އިންޑިޔާ އަށް މާލެއިން ދިން ބިންތަކާމެދު...ރާޑަރު ބަހައްޓާ..އިންޑިޔާގެ އުނގަށް ވެޓިގަތީ

    24
    1
  9. އަޅު

    ނަޝީދަކީ އިންޑިޔާއަށް އަޅުވެތިވެފަ ހުރިމީހެއް. އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގަ ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިޤުލާލު ނަގާލާފި. ދިވެހި ރައްޔަތުންނާއި އަންނަން އޮތް ޖީލަތަކުގެ ދިވެހި ދަރިންވެސް ނަޝީދުއާ ސާލިހު އަކަށް މަޢާފެއްނުކުރާނެ. ﷲ ގެ ވާގިފުޅާއެކު ދިވެހި ޤައުމުގެ ޒުވާން އަދި ހުރިހާ ބަތަލުން ނުކުމެ މިސަރުކާރުގެ ކިބައިންނާއި އިންޑިޔާގެ އަޅުވެތިކަމުން ދިވެހި ޤައުމު ސަލާމަތްކުރާނެ. ކިތައްމެ ވަރުގަދަ މިލިޓަރީ އެއްގެ އެހީގަވެސް ދާއިމީގޮތެއްގަ ވެރިކަން ކުރާކަށް ސާލިހު އަކަށްވެސް ނަޝީދަކަށްވެސް ނުހުރެވޭނެ. ހެޓިލަރަށްވީގޮތްވެސް އެގޭދޯ؟ ޤައުމުގެ ހިންގުން ބަރުލަމާނީ އަށް ބަދަލުކޮށް 2023 ގަ ރިޔާސީ އިންތިޚާބު އަދި 2024 ގަ މަޖްލިސްއިންތިޙާބު ނުބާއްވަން ރާވާފަ ވާކަންވެސް ރައްޔަތުންނަށް އެގޭ. ޗައެނާގެ އެހީތެރިކަން އިންޑިޔާއަށްވުރެ އެތައްގުނަޔަކުން ރާއްޖެ އަށްފައިދާބޮޑު. މިހާރު ތިކުރާދަތުރުގެ ޚަރަދުވެސް ހަމަޖައްސަނީ އިންޑިޔާ ލޯނުންދޯ؟ ޔާމީނުގެ 5 އަހަރު ޗައެނާއިން ނެގިލޯނަށްވުރެ ބޮޑު ލޯނު 1 މަސްތެރޭ އިންޑިޔާއިން ސާލިހު ނަގާ އެފައިސާ އިންޑިޔާގެ މޯދީ ބޭނުންވާކުންފުނިތަކަށް ބިޑަކާނުލާބަހަނީ.

    26
    1
  10. Anonymous

    އަނގަފުޅާކޮށް ޗޭކުރަންހަދައިގެން ވަރަށް މޮޅުތަކެ އް އެބަވެ އެއ އްނު؟
    ހިތްތަކުގެ ރަ އީސޯ؟ ކެކެކް. މިގޮލާމިދަނީ ހަމަ އެ އއްދުވަހުން އަނެ އްދުވަހަ އް ފޭލިވަމުން ބޭޒާރުވަމުން ނުވިތާކަށް ސޯޓުވެސްބޭލެމުން . . ހެހެހް.

    14
  11. 🐠ރޮނޑާ

    ވަގުންނާއި ގުޅިގެން ގައުމު ވާނެ ތަރައްގީ އެއް ނެތް. އެއްޑޮލަރ ރައިއްޔަތުންގެ ކަންކަމައް ހަރަދު ކުރާ އިރު އަނެއް ދެޑޮލަރ ލާނީ އަމިއްލަ ޖީބައް.ވާ ތަރައްގީ އާއި ނުބައްދަލު ދަރަނި އެތައްޒަމާނަކައްދާނީ ދެމިގެން.

    5
    7
    • Anonymous

      އެހެންވެދޯ 100 މިލިޔަން އެސްކްރޯ ެަެައަކަ ލައިގެން އުޅުނީ. ކަލޭމެންގެ މީހުން ހެން އެދިރުވާލިނަމަ ރަނގަޅުވީސް. އެކަކުވެސް މިހާރު ގަބޫލެއްނުކުރޭ ވަގެއް ކަމަކަށް މުޅި ޝަރީއަތް ކަލޭމެންގެ އަތަށް ގޮވި ފަހުން.

  12. ޙިޔަޅު

    ޗައިނާ ސަފީރަށް ދަންނަވާލަން ގ.ކެނެރީގެ އާބިދާގެ.މުހައްމަދު ނަޝީދަކީ އެއްވެސް ގޮތަކުން ސިޔާސީ ގޮތުން ރޯ ނުފިލާހުރި ރަނުއެދުރެއް ކަމާއި .މުޅި އޭޝިޔާ ސަރަހައްދައް ހުރި ނުރައްކާތެރި ފްރޮޕަގެންޑާ މެޝިނެއް ކަމަށް...ޗައިނާ ކަންބޮޑު ނުވާނެ...އޭނަ ކޮސް ގޮވަ ގޮވާ ހުންނާނީ....

  13. ބޮޑުބެ

    ނަޝީދަކީ 100% ބޯހަމަޖެހޭ މީހެއްނޫން. ހަމަފައްކާ ގަމާރެއް. ދެއުޅިއެއްނުވާ ބޯބުރަންޗެއް.
    ވާހަކައެއް ދައްކާއިރު އޭގެންވާނެ ގެއްލުމަކަށް ނުވިސްނާނެ.
    ދެލައްއައިހައި އެޗެއްގޮވާނެ.
    މަވަރުގެ މީހަކުނެތްކަމަށް މިގޮތަށް މީގެކުރިންވެސް އުޅުނު. އެކަމު ކިހިނެއްބާވީ؟ މީނަގެ ނުބައި ޖާހިލުކަމުން ޞާލިޙުވެސް މިވަނީ މަޅީގައި ޖައްސާފައި.

    8
    1
  14. ޢަބްދުއްލާ

    ޗައިނާއާ ގުޅުވައިގެން ނަޝީދު ދެއްކެވި ވާހަކަފުޅަށް ޗައިނާ ސަފީރު ރައްދު ދެއްވައިފި

    11 ގަޑިއިރު ކުރިން ( ޑިސެމްބަރު 13, 2019 )

    الحمد لله و الشكر لله الحمد لله و الشكر لله الحمد لله و الشكر لله

    އެބަ ރަނގަޅުވޭ ކައްންކޮށް ކުއްސާބިތުވެ ފައިހުރި މީހާއަށް އިއްޒަތާ ގަދަރު ދީގެން

    އުޅޭ މީނުން ބޯންއުޅޭ ބޮނޑި މާލަސްތަކެއްނުވެ ބޮއިފާނެ ކަމުގެ އަލާމާތް ތައް މިހިރަ

    ފެންނަނީ. ވަރައް ބޮޑައް ޝުކުރިއްޔާ

  15. ސިންޓު

    މީމޮޔަ ކެނެރީގޭ ބޮއްޅަބެ