ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދުރަ މޯދީ ރާއްޖެ ވަޑައިނުގަތީ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ލޯކް ސަބާ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ. އެ ޓީވީގައި ނަޝީދު ވިދާޅުވީ މޯދީ އެކަން އެމަނިކުފާނާ ހިއްސާކުރެއްވީ އެމަނިކުފާނު ޖަލުގައި ހުންނެވި އިރު އެމަނިކުފާނުގެ އަނބިކަނބަލުންނަށް ފޮނުއްވި ސިޓީއެއް މެދުވެރިކޮށް ކަމަށެވެ.

"އަޅުގަނޑު ބޮޑުވަޒީރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ބޮޑުވަޒީރު އަޅުގަނޑުގެ އަންހެނުންނަށް ލިޔުއްވާފައި ވިދާޅުވި، އަޅުގަނޑު ޖަލުގައި ހުންނެވިހާ ހިނދަކު ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވިދާނެ ކަން ހީވެސް ނުކުރެވޭ ހާލުގައި އޮއްވައި އެ ކަށަވަރުކަން މޯދީ ހޯއްދަވައި ދެއްވި ކަމަށެވެ. އަދި އެކަމަށްޓަކާ އިންޑިއާގެ ރައްޔިތުންނާއި މޯދީ އަށް ނަޝީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އާ ސަރުކާރާއެކު އިންޑިއާ-ރާއްޖޭގެ ގުޅުން އަލުން ބަދަހިވާން ފަށާފައިވާކަމަށެވެ. އަދި ވެރިކަން ބަދަލުވިފަހުން މޯދީ ދެ ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ތިން ފަހަރެއްގެ މަތިން ބައްދަލުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނާ ހަތަރު ފަހަރެއްގެ މަތިން ބައްދަލުކުރައްވާފައިވާކަންވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މޯދީ ރާއްޖެ ވަޑައިގެންފައިނުވާއިރު، އެ ސަރުކާރުގައި އިންޑިއާ އެކަހެރި ކުރުމަށްފަހު ގުޅުން ބަދަހިކޮށްފައިވަނީ ޗައިނާއާއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އެލެކްސް

    އަހަރުމެންނަށް މޯޑީ އަކީ މާ މުހިންމު މީހެއްނޫން އެތަށް މުސްލިމުންނަކަށް އަނިޔާވެރިވެފައިވާ ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާ މުސްލިމުންގެ އަދުއްވެއް

    43
    2
  2. Anonymous

    މާރަނގަޅެއްނޫންތަ ރ.ނަޝީދު ބުނަން މޯދީ ރާޢްޖެ ނައައީ ތިމަންނަ ޢަބުދުﷲގާޒީ 3ހަފުތާވަންދެން ރަހީނުކުރީތީ އެކަމަށް ބިރުންނޭ، އޭނަ އައިސްފިއްޔާ އޭނަވެސް ރަހީނު ކޮށްފާނެތީވެ، ޔާމީނުގެ ވެރިކަމުގައި ގެރިންގެ ރައީސަކު ރާއްޖެއަށް ގެންނާކަށް އެމަނިކުފާނު ބޭނުމެއްވެސް ނުވާނެ، ރ.ޔާމީނަކީ އެކަހަލަ ޖަންގަލީ ހިންދޫއަކަށްވުރެ މާ ހައިބަތާއި އަގުމާތްވެގެންވީ ރައީސެއް، ކޮންމެ ރިޔާސީ އިންތިޚާބަކަށް މަކަރުހަދުވަން އީސީ ޢައްދާރުންނަށް ރިޝްވަތުފައިސާފުނި ހޯދަން ގެރި މޯދީގައިގަ ބައްދާއިގެން އެމްޑީޕީ ބުއްޅަބޭމެންތިބޭ

    34
  3. ރޮނޑާ

    އޭނަ ބައިސްގެން ދިވެހިންނެއް ނޫޅޭ. އެމީހުންގެ އަޅުންނަކީ ކަލޭމެން. ދިވެހިންނަށް ރަނގަޅީ މިހާރުވެސް އެބޭ ނައިއްޔާ. ނުބައިނުލަފާ މީހުން ދެކެ ދިވެހިން ރުޅިއާދޭ.

    36
  4. މަސީހު

    ތިމާވަރުގެ މީހަކުނެތިގެން ފާޑުފާޑުގެ އަނގަނުތަޅާހުރެވޭތީބަލާ ދޮގުހެދުމާ އިޅުވާލުމާ މަކަރުހެދުންނޫންކަމެ އްނުކުރޭ އަބަދުވެސް ތިޔަބަލަނީ މަކަރާޖަހައިގެން ދުނިޔެކެވޭތޯ.

    26
    1
  5. ޜ

    ރާއްޖެއިން އިނޑިޔާ އެކަހެރި ކުޜިކީ ނޫން އެމީހުން ދުރަށް ދިޔައީ....ޔާމިން 3 ފަހަރު އިންޑިޔާ އަށް ދިޔަ ކީއްވެ އެހީ ނުދިނީ...ފުރަތަމަ ދިޔައީ ވެސް އިންޑިޔާ އަށް ދިއުޅި ދިގުވެ އެންމެ ކުޑަމިނުން އެމް ޢާރު ޢައި މެޝިން ކަންތަކުގަ ވެސް ހެދީ ދޮގު....ރަޢިސް ސޯލިހު ކިއްވެ ޗައިނާ އަށް ނުދަނީ ...

    23
    3
  6. ހަސަނު

    މޯދީ ދުވަހަކު ނަޔަސް އެންމެ ރަނގަޅު. ނަސީދުވެސް އިންޑިއާ އަށް ގެންގޮސް އެތާނގައި ވަޒަންވެރިވެ މޯދީ އާ އެކު ގެރި ހުއި ހިއްޕަން އުޅޭށެވެ.

    32
  7. މޯދީ

    ތިވަރު މީހެއްނަމަ އޭރު އިންޑިއާގަތިބި ތިވެހިންވެސް ބޭރު ނުކުރާނެ
    4ލައްކަ މީހުން އުޅަެތަނަކުން މޯދީ ބޭނުންވަނީ ހަމައެކަނި މަނިކުފާނުތޯ؟

    28
  8. މުހައްމަދު

    މިމީހުން ވެރިކަމުގެ ދަހިވެތިކަމުގާ އިންޑިޔާކާ މާގުޅުން ބޮޑުކޮށްގެން މި އުޅެނީ މިގަ އުމު ހަލާކުކުރަންވެގެން.
    މިމީހުންނަށްވެސް އެގެންވާނެ ވޯރާވިޔަފާރިވެރިންނޭ ކިޔާބަޔަކު މާލެޔަށް އަރާ ރާ އްޖެ އަށް ހަދާލިގޮތް.
    އަދި މިހާރު އެހެރަ ކަޝްމީރުގެ މުސްލިމް އަޚުންނާ ދޭތެރޭގާވެސް ކަންތަށް ކުރަމުންދާގޮތް..
    އަދިވެސް މި މީހުންނާދެތެރޭ ރަ އްޔިތުން ހޭ އރާކަ ށްނުވޭތަ؟.

    26
  9. ބޯގަޅި

    ޗައިނާ އަކީ ރާއްޖޭގެ އެތެރޭގެ ކަންކަމާ ބެހޭ ބައެއްނޫން. އިންޑިޔާ އަކީ ރާއްޖެ އަޅުވެތި ކުރުމަށް އުޅޭ ތޔަނަކަށް ވީމަ ރ. ޔާމީން އިންޑިޔާ އާ ގުޅުން އެހާ ބަދަހި ނުކުރީ. މިހާރުވެސް ރާއްޖޭގެ ރައްޔިތުންނަށް އެކަން ފެންނާނެ. މިހާރު ރާއްޖެއަކީ އިންޑިޔާ ގެ އަވަށެއް.މޯދީ އައްނި ޖަލަށް ލީމަ ރާއްޖެ ނައައީ މީއައްނީގެ ރާއްޖެއެއްތަ؟ މިއީ ދިވެހިރާއްޖެ. ހުރިހާ ދިވެހީންގެ ރާއްޖެއެއް. އައްނިއަކީ ރާއްޖޭގައި ހުރި އިނގިރޭސި ވިލާތުގެ މީހެއް. ކަލޭ ޖަލަށް ލީ ރާއްޖޭ ޤާނޫނު އަސާސީ ޚިލާފްވެގެން. ކަމެއް ސާބިތުވެގެން. އެހެން ވެއްޖެއްޔާ މޯދީ އަކަށްވެސް ރަނގަޅަކަށް ކަމެއް ނުވިެއެއްނު. ފުރަތަމަވެސް ޤާނޫނު މުގުރާލާފަ ފިލައިގެން ހުރި މީހަކުހިމާޔަތް ކުރަން ތިއުޅުނީ. ރ. ޔާމީނަކީ އެކަހަލަ މީހުންނާ ގުޅޭނެ މީހެއްނޫން. އެކަހަލަ މީހުންނާ ގުޅޭނީ އައްނި. އިންޑިޔާއިން ރުފިޔާ ދީގެން ރާއްޖޭ އިންތިޚާބަށް ނުފޫޒް ފޯރުވައިގެން އައީމަ އެއީ ރާއްޖޭގެ ރައްޔިތުންގެ ލޯބި ލިބުނީތަ؟އައްނި އަކީ ނަމުން ޑިމްކޮރެޓިކް މީހެއް. ކަމަކުން ޑިމޮކްރެޓިކް މީހެއްނޫން. ވާހަކަ ޔާ ޢަމަލާ ދިމާނުވާމީހެއް.އިންޑިޔާ އަކީ ލާދީނީ ފިކުރުގެ ހުރިހާ މީހުންނާ ގުޅުން އޮންނަ ބައެއް. އިންޑިޔާގެ ރަޖީވް ގާނދީގެ ދުވަސްވަރަކީ އަވައްޓެރި ޤައުމަކަށް ބަލާފަ ކަނަކަން ކޮށްދެއްވާފަ ހުރިބޭފުޅެއް. މޯދީއަކީ ކަންކަން ޙާސިލް ކުރަން ރާއްޖެއާ ގުޅުން ބަދަހި ކޮށްގެން އުޅޭ މީހެއް.ޢައިރު މުސްލިމަކު މުސްލިމެއްގެ މިންގަނޑުންއެއްވެސް ކަމެއް ނުބަލާނެ.

    29
  10. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    އަހަރެމެންނަކީ ނަސީދު އާއ މޯދީގެ ގެރިކަލާގެ ފޮނުވާފަތިބި އަޅުންނެނޫން މީﷲތާލާގެ އަޅުން ނަޝީދު މޯދީގެ ގެރިކަލާންގެ ކުޑަކަމުދާނަޖިސް ބޮ އިގެން އުޅުމަކުން އަހަރެމެން ހެ އްދެވިﷲތާލާ އަށް ނު އުރެދޭނަން

    25
  11. ރައްޔިތުމީހާ

    އަންނިއަށް ހައްގީހަމަ ޖަލު.... އިންޑިއާއަކީ އަމިއްލަ އެދުމަށް އުޅޭ ބައިގަނޑެއް... އިންޑިއާއިން ގައުމަކަށް އެހީޔެއްނުވާނެ..... އަންނިކަހަލަ އަމިއްލަ އެދުމަށް އުޅޭ ގައުމެއް އިންޑިޢާ އަކީ..... އެމްޑީޕީ ވެރިކަމުގަ ރައްޔިތަކަށް ކަމެއް ކޮށްދިންތަށް

    18
  12. ހުސޭނުބޭ

    ވެދާނެ ތެދަކަށްވެސް! ޔާމީނު ނޫޅޭނެ ކަލޭ އުޅޭހެނެއް މޯދީ ކިހިލަޖަހައިގެންނެއް! ކަލޭތާ މޯދީގެ ދެފައިގައިވެސް ދޫލަނީ!

    17
  13. ޢިޒޫ

    މަހިތުން އޭރު ޗައިނާއާ އޮތް ގުޅުން ބޮޑު ކަމުން ތޯއްޗެ މޯދީ ނައީ އަދި އެހީވެސް ނުދިނީ ޗައިނާއާ ގުޅުން ކަނޑާފާ މިބޭއަށް ސަޖިދަ ޖަހާފާނެ ކަމަށް ހީ ކޮށް ކަށް ނޭގެ އެ ކަމަ ކު ޗައިނާ އިން ދޭ ކަހަލަ އެހީއެއް ދޭން މިބައިމީހުނަށް ނުލިބޭނެތީ ޔާމީނު ޗައިނާއާ ގުޅުން ބޮޑަށް ބަދަހި ކުރީ ތޯއްޗެ

  14. ޓްރޫސްޓޯރީ

    އެހެންތަވަނީ؟ ޔާމީން އޭރުވެސް ހިތަށް އަރައަރާ ހުންނާނީ ކީއްވެބާއޭ އަޅެ މޯދީ ނައީ. ނަޝީދު ޖަލުން ދޫކޮށްލަދިނީސް ތި ސިޓީގަ އޮތް ވާހަކަ އެނގުންނަމަ. ކީއްކުރާނީ އެކަމު ނަޝީދު ޖަލުން މިނިވަންވާން އޭރު ނެތީމަ ލައިލާވެސް ހިތަށް ނޭރީ އެ ސިޓީ ޝެއަރކޮށްލާނަމޭ. މިނިވަންކަން ލިބެން އޮއްވާ ހާދަހާވާ ބޭކާރު ދުވަސްތަކެކޭ އެދިޔައީ ޖަލުގައި ހުންނަންޖެހިގެން.

    1
    1
  15. އިއްބެގެ ބޭބެ

    އެހެން ނޫނަސް ތިގެރިމޯދީ ތީކާކު. ތީ ބާތިލު ދީނެއްގެންގުޅޭމީހެއް. ތިކެނެރީގޭ ލާދީނީ އަންނި އެލެކްސް. މީނަމީ މޯދީ އައް އަދި އަޅުކަން ކުރާނެމީހެއް. އަދި މިކަލޭގެ މިރާއްޖޭގަ މިގެރިމޯދީއާ ވެގެން ފައްޅިއަޅާނެ. ތިބޭބަލަން. އެހާވެސް ނުލަފާާ ނުބައި މީހެއް މިއަން ނިއަކީ.

  16. ކެޔޮޅު

    އޭނާ ރާއްޖެނއީއެއްނޫން މަފުމޯލާ ޔާމީނު އެސުންޕާމީހާ އަޔަނުދިނީ ސާފުތަ؟

  17. ސަޓޯ

    އަންނި މިއީ އަބަދުވެސް ހިޔާލީ ދުނިޔެއެއްގައި އުޅޭ ގޮލައެއްދޯ.. ސޮރީ ނުބައިކޮއް މިބުނެވުނީ، ހިނދުކޮޅުގަ ދޯ ؟؟

  18. ސަންތި

    ޔޫ ޑޯންޓް ސޭ ?‍♀️