ޕީޕީއެމް އާއި ޕީއެންސީ އާއި ދެމެދު ޚިޔާލު ތަފާތުވުން ތަކެއް އުފެދިގެން އުޅޭކަމަށް، ސަރުކާރު ހިންގާ، މައި ޕާޓީ، އެމްޑީޕީން ބުނަމުން ދަނީ، ރައީސް ޔާމީނަށް ތާޢީދު ކުރައްވާ ފަރާތްތަކުގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް ކަމަށާއި، ޕީޕީއެމް އަކީވެސް، ޕީއެންސީ އަކީވެސް ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ހިންގަމުން އަންނަ ދެ ޕާޓީ ކަމަށް، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަަބްދުއްރަޙީމް މިހެން ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމުގެ ނަމުގައި ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިހާރަކަށް އައިސް އެމްޑީޕީން ވަރަށް ގިނައިން އެބަ ދައްކާ މި ވާހަކަ. ރައީސް ޔާމީންގެ ޕީޕީއެމް އާއި، ޢަބްދުއްރަޙީމްގެ ޕީއެންސީ އާއި އުޅެނީ މައްސަަލަ ޖެހިގެންނޭ. އެހެންވެ، މިފަހަރުގެ ކައުންސިލް އިންތިޚާބަށް ޕީއެންސީން ނިކުންނާނެ ފުރުޞަތުވެސް ނުލިބުނޭ. ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެއީ އެއްވެސް ވަރެއްގެ ހަޤީޤަތެއް އެކުލެވޭ ވާހަކަތަކެއް ނޫނޭ. ޕީޕީއެމް އަކީވެސް ރައީސް ޔާމީނޭ. ޕީއެންސީ އަކީވެސް ރައީސް ޔާމީނޭ." އަބްދުއްރަޙީމް ވިދާޅުވިއެވެ.

ހަމަ އެހެންމެ ޢަބްދުއްރަޙީމް ވިދާޅުވީ، ކުރިއަށް އޮތީ ވަރަށް މުޙިއްމު އިންތިޙާބެއް ކަމަށާއި، މި އިންތިޙާބަކީ މި ޤައުމު ސަލާމަތް ކުރަން ލިބޭނެ އެންމެ ފަހު ފުރުޞަތު ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި އޮންނަ ވަނިކޮށް އެއްވެސް ބޭފުޅަކު އަރާމުގައި ނިދަން ނުތިއްބެވުމަށްވެސް އަދުރޭ ވަނީ ގޮވާލައްވާފައެވެ.

ޕީޕީއެމްގެ ޓިކެޓުގައި، ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެކަމާއި ގުޅޭގޮތުން އެ ޕާޓީން ކޮށްފައިވާ އިޢުލާނގައި ބުނެފައި ވަނީ ޕީޕީއެމް ޓިކެޓުގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅޭނެ އެންމެ ފަހު ވަގުތަކީ އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ 22:00 ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ބޮކި

  ޕޕއެމް ޔާމީންނަށް ލިބުނީ ކޯޓް މެދުވެރިކޮށް ޖަހާގަނެގެން ؟

  13
  10
  • Anonymous

   އެހެންތަ. ދެން ނަޝީދު އަށް އިބްރާ މޑޕ ހިބަ ކޮށްދިނީ ދޯ

   1
   9
 2. ސަހާދެއް

  ކަދުރޭ ނުބުންޏަކަސް އިނގެޔޭ މިރާއްޖޭގެ އެންމެހައި ފަސާދައެއްގެ އަސްލަކީ، ދީނާދުރު ޤައުމިއްޔަތެއްގެއުފެދި އަދި ވައްކަމާއި ފަސާދައިގެ އިސްމޭސްތިރިއަކީ ތިޔަ ފަރާތް ( ކާމީން ) އާއި ހިތާރޫޚުން އޭނާއަށް ތާއީދުކުރާ ތިކަހަލަފާސިޤުންކަން....

  14
  10
 3. ކުމާރު

  ތިޔަތާ ގަ 7 ޕާޓީ ހަދައިގެން ކަލޭ އެއްނު ތި އުޅެނީ އެކަން އޮޅިގެން ބަލަ އަހަރެމެންނަށް އެނގޭ ތިޔަތާގަ ޕާޓީތަށްހަދައިގެން އުލޭނީ އެއްބައެއްކަން އިތުރަށް ވަގުން ނަށް ތާޢީދު ކުރާނެ ބައެއް ނުހުން ނާނެކަންވެސް

  14
  6
 4. ހައްވަ

  ޓިނަކީވެސް އަދުރޭ. އަދުރޭއަކީ ޓިނު.

  15
  5
 5. ބޯ ހަލާކު ހަަސަން ބެ

  ކަލޭ މެން ތިޔަ ކަހަލަ ހުވަފެން ގޭގައި ތިބެ ރ ޔާމިނަށް ދައްކަ ދައްކާ އުޅޭ އަބަދު! މިހާރު ހުރިހާ ޕާޓީ އަށް ޔާމިނށް ! އެކަމަކު އެފަކީރު ޖަލުގައި ! މިމީހުން ރޭގަ ވެސް ތިބީ ނިދާފައި! އެހެން މީހުން ރ ޔާމިނު މިނިވަންދެން ނުނިދާ ތިބެންވީ!

  15
  6
 6. ކަދުރޭ

  އެހާވަރުން ޔާމީނަށް ފުދޭނެ. 2 ސިޔާސީ ޕާރޓީ އޭނަައަށް އަދުރޭވެސް އޭނައަށް އަހަރުމެންނަށް މިގައުމުގަ ހަމަޖެހިލައިގެން އުޅުނަދީބަލަ. ހެޔޮނުވާނެ !!!

  14
  6
  • Anonymous

   ހަމަޖެހިލާގެންނޭ ތިބުނަނީ ބޮއެގެންނޭ ދޯ. ލާހިކެއް ނޫން

   3
   11
 7. ވަގު

  އެފައިސާ މިފައިސާ އެޖާޑީގަހުރި މަގޭފައިސާ އެދޯނީގަހުރި އޭނަގެފައިސާ ފައިސާ ފައިސާ ހުސް ވަގުން

  13
 8. 🐠ރޮނޑާ

  އަދުރޭ ދެޕާޓީ ވީމަ ތަންކޮޅެއް މަދެއް ނުންތަ؟ ފަސް ޕާޓީ ހަދާލާ. ދުލައް ފަސޭހަ ކަލޭ މެންނާއި ބޮޑައް ގުޅޭ ނަމެއް ޕާޓީ ތަކައްދީ.* ފަސްވަގުންގެ ޕާޓީ * ގުޅޭ ރީތި ނަމެއް ނުންތަ!؟

 9. 🐠ރޮނޑާ

  އަދުރޭ ކަލޭގެ މޫނު މަތިން ތި ފެންނަ އުފާވެރި ކަމައް ބަލާލިޔަސް އެގޭ ކަލޭ ފަސްއަހަރުވަން ދެން ހުންނާނީ ނުކައި ނުބޯ ނުނިދާ ހޭލާ. ނޫނޭ ކަލޭ ތީ ފައްކާ ހިޔަޅެއް. މަގޭ ހިތައް އަރާ މީއްޗަކު ޖަލައް ވައްދަނީ ކޮން ދުވަހަކުން ބާވައޭ. ހިޔާނަތާ ވައްކަން ކޮއްގެން ހޯދައިފަ ހުރި ފައިސާ މީއްޗަކުގެ އަތައް ނައަރައެއް ނުހުންނާނެ