މިއަދު ސަރުކާރު ހިންގަން ތިބި މީހުންނަކީ، ދިވެހިން އަޅުވެތި ކުރުވައި، މި ޤައުމު 300 މިލިއަން ޑޮލަރަށް ވިއްކާލުމަށްފަހު، ފިލަން އުޅޭ ބައެއް ކަމަށް، ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު، އަޙުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމުގެ ނަމުގައި ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިހާރު މިއޮތް ސަރުކާރަކީ ދިވެހި ރައްޔިތުންނަށް ހެޔޮ އެދިގެން އައިސްފައިވާ ސަރުކާރެއް ނޫން. އެމީހުންގެ އަމިއްލަ އެޖެންޑާ ދެތިން އަހަރުން ފުއްދާލައިގެން މިތަން ދޫކޮށް ފިލަން އައިސްފައި އޮތް ސަރުކާރެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ސަރުކާރު ސިފަ ވަނީ. އަޅުގަނޑުމެން އަޅުވެތި ކުރުވާފަ، ޤައުމު 300 ނޫނީ 400 މިލިއަން ޑޮލަރަށް ވިއްކާލާފަ، ޤައުމު ދޫކޮށްދާން އުޅޭބައެއް މިހާރު މިތިބީ." ޝިޔާމް ވިދާޅުވިއެވެ.

އިތުރަށް ޝިޔާމް ވިދާޅުވީ، އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަކީ ރައްޔިތުންނަށް ލިބޭނެ އެންމެ ފަހު ފުރުޞަތު ކަމަށާއި، ދެން އެފަދަ ފުރުޞަތެއް ނުލިބޭނެ ކަމަށެވެ.

"2020 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބަކީ މި ޤައުމު ސަލާމަތް ކުރުމަށް ލިބޭނެ އެންމެ ފަހު ފުރުޞަތު. ދެން ނާންނާނެ އިތުރު ފުރުޞަތެއް ސިޔާސީ ގޮތުންނެއް. ރައްޔިތުންގެ އަތަށް ބާރު ލިބޭނެ އެންމެ ފަހު ފުރުޞަތު އަންނަ އަހަރު މި އަންނަނީ. އޭގެ ފަހުން އެފަދަ އެހެން ފުރުޞަތެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ." ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުގައި ހިމެނޭ، ޕީޕީއެމްގެ ޓިކެޓުގައި، ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން މިހާރު ވަނީ ހުޅުވާލާފައެވެ. ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ 22:00 ގެ ކުރިން ފޯމު ހުށަހެޅުމަށްވެސް އެ ޕާޓީން ވަނީ އިޢުލާންކޮށްފައެވެ

ކައުންސިލް އިންތިހާާބާއި ގުޅިގެން އެ ޕާޓީން ބާއްވާ ޕްރައިމަރީ އޮންނަނީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. އަދި ޖެނުއަރީ17 ގެ ކުރިން ޕީޕީއެމް ގެ މެމްބަރަކަށް ވާ ކޮންމެ ބޭފުޅަކަށްވެސް ޕްރައިމަރީގައި ވޯޓު ދެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަންގު މަރު މަރު ކުޑޭ

    މި މީހުންނަށް އެކަތި ކޮޅު ވެސް އެތަނުން ނުލިބޭނެ!

    4
    6
  2. ވަގު

    ދެރަވޭދޯ މިހާރު އެހުރިހާ ނާޖައިސް ކަންތައްގެއްލުނީމަ އެއްވިސް މަސައްކަތެއްނުކޮއް ލިބުނުމަން ފާތައްބީވެދިޔައީމަ ހާދަ ތެލެކޭ ކަލޭމެން ވެރިކަމުގަތިބިއިރު އެސް ޓީ އޯ އިން ނަގާފަ ރަށު އިންޖީން ގެއައް ހަމަރަގަޅުވާނެދޯ އެސް ޓީ އޯ އިން އެތެޔޮރައްރަށައް ފޯރުކޮއްދިނަސް ކަލޭމެންގެ މަޖިލިސް މެންބަރަކު މެދުވެރިނުކޮއް މީ ނޫސްތަކުގަހުން ނަ ހަބަރު ސަރިޔަތެއް ކޮއްލީމަ އެގޭނީ ކިހާވަރެއްކަން ސިޔާމް އައްލިބުނީ ކބާމިހާރު ތެޔޮރިޔާޒް ބުނާތީއެހިން ކޮފީ އެޅުނިއްޔޭ ޔާމީން ހާދަ އަރާމް ގޮޅިއެއްގައޭދޯ ޓިނުއަދުރޭ ނުނިދަމޯ އެން މީހުންވެސް ނުނިދާށޯ މާލޭން ގޯތިގަނެ ފުލެޓް ގަނެ ކޮންތާކުން ހޯދި ތަނަވަސް ކަމެއްތޯ މުއީޒް ވިސް ތަރިކަ ބަހާއިގެން ނޯ ރޯހައުސްގަތީ

    3
    4
  3. ދަތްދޫނި

    ތަމެން ކައުންސިލް އިންތިހާބުންވެސް ދާނީ ޗޮކުން ކަން ޔަޤީން. ރައްޔިތުންގެ ޙަޒާނާ ތަކަށާއި ރައުސުލްމާލަށް ތަމެންވީ ހަރާންކޯރު ރައްޔިތުން އަދި ހަދާންނުން ނުނެތޭ.

    2
    5
  4. މަގޭ ގައުމް

    ސިޔާމް ކަލޭމޮޔަވީތަ

    1
    5