އައިޖީއެމްއެޗް އައިސީޔޫގެ ސީލިންގުން ބައެއް ވެއްޓި ކުއްޖަކަށް އަނިޔާ ވެއްޖެއެވެ.

މިކަން ހިނގި އިރު އެތަނުުގައި ހުރި މީހަކު "ވަގުތު" އަށް މައުލޫމާތު ދިން ގޮތުގައި ސީލިންގެ ވެއްޓިފައި ވަނީ ގާތްގަނޑަކަށް 11:20 ކަންހާއިރު އެވެ. އަދި ވެއްޓުނީ އައިސީޔޫގެ ވެއިޓިން އޭރިއާގެ ސީލިންގުގެ ބައެއް ކަމަށާއި އެވަގުތު އެތަނުގައި ގިނަ އަދަދެއްގެ މީހުން ތިބިކަމަށް އޭނާ މައުލޫމާތު ދިނެވެ.

އެ ސީލިންގުގެ ބައެއް ނައްޓާލައިގެން ވެއްޓިފައި ވަނީ ވާރޭ ވެހި ސީލިންގް ފޯވުމުން ކަމަށް ބެލެވޭ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ. އޭނާ ބުނީ، މިހާރުވެސް އެ ސީލިންގުގެ ބޮޑު ބައެއް ވަނީ ވާރޭ ވެހުމުގެ ސަބަބުން ފެންވަދެ ފޯވެފައި ކަމަށެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގެ ސީލިންގ ވެއްޓިފައި ؛ ފޮޓޯ: ކިޔުންތެރިއެއް

ސީލިންގް ވެއްޓި ޖެހުނީ އެވަގުތު އެތަނުގައި އިން އަންހެން ކުއްޖެއްގެ ބޮލުގައި ކަމަށް އޭނާ މައުލޫމާތު ދިނެވެ.

އެކުއްޖާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މިކަމާ ގުޅިގެން މިހާތަނަށް އައިޖީއެމްއެޗްގެ ބަހެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ސީލިންގް ވެއްޓޭ ގެރި ސަބާ

    ޢަވަސް ޝިފާއެއް މިންވަރު ކުރައްވާށި...މަތީ ފަޑި ބޭފުޅުން ދިއްލީގަ ސައިފޮދު ބޮއެގެން،ޕާން ކައިގެން ،ކަރޯކޭ ކުޅެން

    78
    6
    • ހާލަތު

      މިދިޔަ ސަރުކާރުން އެތަން ހަދާފަހުރިލެއް ފޭކުކަމުން.. ޗައިނާ އިން ފޭކު ގެނެސް ކަޓު ނަގައިގެން ހަދާފަ ހުރި ތަންތަންވީމަ ވާ ގޮތް.. ތިހުރޮހާތަނެއް އަލުން ބަލުން ހަދަންޖެހިފަ..
      ނޯޓ: މިކޮމެންޓު ފެނިފަ ތަރަތަރަ ލައިގެން ކެކިގަނެގެން އަންނަ ހަޖަމުނުވާ ކުދިންކޮޅިގެ ކޮމެންޓުތައް ކިޔާފަ ހޭން ރެޑީވެގެން މަ މިހުންނަނީ.. ޕުލީޒް ކޮމެންޓު

      13
      69
      • Anonymous

        މިދިޔަ ސަރުކާރު މިދިޔަ ސަރުކާރު މިދިޔަ ސަރުކާރު. ދެން ހީލާ ހީލާ. ބާރަށް އަތް ޖަހާފަ ހީލާ

        24
      • އެޑަމް

        އެހާވަރުގެ ކޮމެންޓެއް ނޫންތީކީ. ރޭޕިސްތާން އަކީ ސްޓޭންޑަޑް ކަލޭމެންގެ. ދެންތިބޭ ހޭން

        19
        2
      • ޑިމޮކްރަޓިސްޓް، ރ.ވާދޫ

        ހޭބައްޔާ 1 އަހަރުވީއިރުއްސުރެ ފެން ފައިބާ ޖިޕްސަމްބޯޑު ފީވިއިރު އެކަމަށް އަޅާނުލާތިބީ ރައީސް ޔާމީނުތަ؟ ކަލޯ ރައީސްޔާމީނު ކުރިކަމެއް ގޯސްވެސް ވާނީ ރަނގަޅުވެސްވާނީ ކުރި ތަރަށްގީއެއް ކުރީ ރައީސް ޔާމީނު. މިސަރުކާރުން ކަމެއްކޮށްގެން ކަމެއްގީސްވެސްވާނީ. މަގޭކައިރިއަށް މާހިނިއާދޭ ކަލޭކަހަލަ ވިސްނޭ ގޮލަޔަކު ތިހާ ގަޅި ކޮމެންޓެއްކުރީމަ.

        31
        1
      • Anonymous

        ތިބޭފުޅާއާއި އެއްގޮތަކަށްވެސް ޖަދަލު ކުރާކަށް ނެތިން، އެކަމަކުވެސް މިހިނގާދިޔަ ހާދިސާއާއި ގުޅޭގޮތުން އެއްޗެއް ބުނެލާނަން، ރައީސްޔާމީން ވެރިކަމުގަ ހުރިނަމަ މިހާރު ސީލިންގ ރަނގަޅުކޮށްފަހުންނާނީ،

        27
        1
    • ޙައްގުބަސް

      އައިޖީއެމްއެޗްގެ ޙާލަތު ދުވަހުން ދުވަހެއް ދަށްވެ އެންމެ ފަހުން އައިސީޔޫގެ ސީލިންގ އެތާ އެޑްމިޓްކޮށްފައި ތިބި ބަލި މީހުންގެ ބޮލަށް މިވެއްޓުނީ!! އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެން!! ކޮބާ ރޯނުއެދުރު ހެލްތު މިނިސްޓަރު؟ ހެލްތުގެ ހުރިހާ ދާއިރާއެއް ސޭލް އަޅުވާލައިގެން އިންޑިޔާއަށް މިރާއްޖޭގެ ހެލްތު ސެކްޓަރުގެ ހުރިހާ ފައިސާއެއް ލިބޭގޮތަށް ބައްޓަން ކުރަމުން ދަނީ!! އަދި މިރާއްޖޭގެ ރައްޔިތުން އިންޑިޔާއަށް ބޭސް ފަރުވާއަށް އަބަދު ސަލާން ޖަހަމުން އައި އައުމަށް ނިމުމަކަށް ގެނައުމަށް ކުރަމުން އައި މަސައްކަތް ހުއްޓުވާ އަނެއްކާވެސް އެފައިސާކޮޅުވެސް އެމީހުން ދަމައި ގަންނަނީ!! ދެން ތަރައްގީކޮށްދެނީއޭ ބުނެ އިންޑިޔާއިން މިގައުމުގެ ފައިސާކޮޅު ދަމައިގަންފަ ކުރާ ތަރައްގީ އޮތީ މުޅިން ތިފެންވަރުގަ!! މަސައްކަތުގެ ކޮލެޓީ ދަށްވާނެ!! ތި އައިޖީއެމްއެޗްވެސް އެންމެފަހުން މަރާމާތުކުރީ އެމީހުން!! ބޮޑު ސަކަރާތެއް މިއޮތީ ލައިގަނެފަ!! ތައްޕާހަށް ވެއްޓުނަސް ފުކެއް ބޮޑުވަރު!! މިރާއްޖޭގެ ވެރިކަމަށް އަންނަ މީހުން މިހަދާ ގޮތަކީ ރައްޔިތުން ގުނބޯ ހައްދާފަ ގައުމުގެ ޚަޒާނާ ލޫޓުވާލަނީ!! ރައްޔިތުން ދައްކާ ޓެކްސް ފައިސާކޮޅުވެސް ލޫޓުވާ ލަނީ!! އެކި މީހުން އެކިގޮތަށް!! ވައްކަން ކުރުމާ ކޮރަޕްޝަނާ ބަދަލު ދިނުމުގެ ނަމުގަޔާ ނާޖާއިޒު އެތައްގޮތަކުން!! ރައްޔިތުން އެބަޖެހޭ މިހެން މިކަންވިޔަނުދޭން މިފަދަ މީހުން ވެރިން ޖަވާބުދާރީ ކުރުވަން!! އިހްތިޖާޖުކުރުން ގާނޫނުން ހުއްދަކުރޭ!! މަދަނީ ބަސްނޭހުން ގާނޫނުން ހުއްދަކުރޭ!! މަސައްކަތް ހުއްޓާލުން ގާނޫނުން ހުއްދަކުރޭ!! އެހެންވީމަ ގާނޫނުން ރައްޔިތުންނަށް ލިބިދީފައިވާ ބާރުގެ ބޭނުން ރައްޔިތުން ފުރިހަމަޔަށް ހިފަންޖެހޭ!!

      16
      2
  2. ޢާދަނު

    ޢިންޑިއާ ގެ އެހީގައި މޮޅަށް މަރާމާތު ކޮށްފަ.؟؟؟؟؟؟؟؟؟

    58
    3
    • ޒަކް

      ކޮއްކޯ މިއީ އަދި އިންޑިއާއިން ދިން އެހީގަ ކުރި މަރާމާތެއް ނޫން އެއީ އެހެން ސަރަހަށްދެއް.. މިއީ ޗައިނާ ސީލިންގ ކަޓުނަގައިގެން ޑީފެކުސަނު ކުދިން ހެދި ސަރަހަށްދު

      6
      47
      • Anonymous

        އެހެންތަ. ދެން ކީއްވެޔޯ ކުރީ ސަރުކާރުގަ މިނުވެއްޓުނީ؟

        20
  3. މަތީ ފަޑި

    ބައްލަވާ، މީ ޖަލުގަ އޮންނެވި މަނިކުފާނު ގެނައި ތަރައްގީ. މަންމަ ބުނީމަ ފަރަށް ދާ އުސޫލުން ތަރައްގީ އައީ

    11
    77
    • Anonymous

      ބައްލަވާ. މި ސަރުކާރުން ނުބެލެހެއްޓޭތީތާ ތިފޯވެގެން ވެއްޓުނީ. ނޫނީ އެއީވެސް ޖަލުގަ އޮންނެވި މަނިކުފާނުގެ ޒިންމާއެއްތަ؟

      18
  4. ލޮލާލޯ

    އޭނާ ބުނީ، މިހާރުވެސް އެ ސީލިންގުގެ ބޮޑު ބައެއް ވަނީ ވާރޭ ވެހުމުގެ ސަބަބުން ފެންވަދެ ފޯވެފައި ކަމަށެވެ.

    36
    1
  5. މޯދީ

    ރައިސް ސާލިހް އިސްތިއުފާ ދެއްވާފަ ގެއަށް ވަޑައިގަންނަވާ. ދިވެހި ރައްޔތުންނަށް ފުދިއްޖެ މިހާރު.

    49
    4
  6. Anonymous

    ރ..ޔާމީނުގެ ވެރިކަމުގަ ވަރަށް ކަމާއިގުޅޭގޮތަށް ހަދާފައިވާ އައިސީޔޫ އެއް އެއިރު ތިކަހަލަ އެއްވެސް މައްސަލައެއް ކުރިމަތިނުވީ ރަނގަޅަށް ސުޕަރވައިޒު ކުރެވުނީމަތާ، ވާރޭވެހުނީމަ ފެންފައިބާކަން އެގޭއިރު މަރާމާތުކޮށްލަންޖެހޭ ނޫންތޯ؟؟ ޢިހާދިސާއިން އެނގިގެންދިޔައީ ފަހަކަށްއައިސް ސުޕަވައިޒަރުންގެ ފަރުވާކުޑަކަމާއި މެނޭޖުމެންޓުގެ ދޯދިޔާކަމެވެ. ފަހަކަށްއައިސް ތިހޮސްޕިޓަލްގެ ފާޚާނާއަކަށްވެސް ވަދެވޭވަރެއްނޫން ހަޑިމުޑުތާރުކަމުން، އިނގޭ އެއްގޮތަކަށްވެސް ސުޕަރވައިޒު ނުކުރެވޭކަން ކުރިޔާއަޅާ ބަލާފަ

    45
    2
  7. ާައަސްލަމް

    ސަރު ކާރުގެ ގަޅި ކަން ހާމަވޭ

    41
  8. އެންދެރި

    ފެންވަރު ދަށީއެވެ.

    18
    4
  9. ޛ

    ތިޔަ ވާނީ ޔާމީނު ހެއްދެވި ސިހުރަކަށް.

    7
    23
    • Anonymous

      އާނ. އޮޅިގެންވެސް މި މީހުންނަކަށް ޒިންމާ ނަގާ ކަށް ނޭނގޭނެ ވިއްޔާ

      12
  10. މިމީހުން

    ޢަދިވެސް ދަރިން އަތުލަންވަަނެ

  11. ނަސްރު

    ހެލްތު މިނިސްޓަރ އިސްތިއުފާ ދީބަލަ އާދޭސްކޮށްފަ ބުނަން.މިހާރު މިހިރަ މީހަކު މިނިސްޓަރ ކަމަށް އައިފަހުން މުޅި ހެލްތު ނިޒާމް ފުޑުފުޑު ވެއްޖެ.އައިޖީއެމްއެޗް އެމެޖެންސީގައި ތިބޭ ބަޔަކާ އަޅާލާނެ ބަޔަކު ނުތިބޭ ޒިންމާ ނަގާނެމީހަކު ނުހުރޭ.

    16
  12. މިއަދު

    ތިއީ ރައިސްޔާމީނުގެ މަނީލޯންޑްރީގެ ޗައިނާ ކަޓް ގެ ސީލިންގއެއް އެކަންކުރީ ޗައިނާގެ ގޮޑުންގެނައިތަކެތި ބޭނުންކޮށްގެން 25 މިލިއަންރުފިއަށްނޫންކަމެއްވެސް ނޭންގެ

    1
    12
  13. މިއަދު

    އެތަން މަރާމާތުކުރަން 75 މިލިއަން ރުފިޔާއަށް ބައިގޮލަޔަކަށްދީ

    10
  14. Anonymous

    ކޮމެންޓްކޮށްފައިވާ ބައެއްފަރާތްތަކަށް ބުނެލެވޭނީ ރ.ޔާމީންގެ ދައުރުގަ އައިޖީއެމް ހޮސްޕިޓަލުގެ އެފަދަ ހުރިހާ މަސައްކަތެއްކުރީ މިސަރުކާރަށް އެއްމެ ބެސްޓް ގައުމު އިންޑިއާގެ ކުންފުންޏެއްކަމަށްވާ ރެނާޓަސް ކޮމްޕެނީންނެވެ. ވީމާ ތިޔަޒިންމާ އެމަނިކުފާނު ބޮލުގަވެސް އަދި ޗައިނާގެ ބޮލުގަވެސް އެޅުވޭނެގޮތެއްނެތް، ތިޔަހާދިސާއިން ދޭހަވަނީ ފަހަކަށްއައިސް ރަނގަޅަށް ސުޕަރވައިޒު ނުކުރެވޭކަމާއި މެނޭޖުމެންޓްގެ ދޯދިޔާކަމެވެ.

    17
  15. Anonymous

    ކުރީ ސަރުކާރު ކުރީ ސަރުކާރު. މި ނޫން ލަވައެއް ކިޔާކަށް ނޭނގޭވިއްޔާ. ތީ ޔާމީން ސަރުކާރު ނިމުނު އިރު މަރާމާތު ނުކުރެވި ހުރި ބައެއް ތަންނަން. އެއް އަހަރު ވީއިރުވެސް ތިތަން މަރާމާތެއް ނުކުރެވުނު ރީދޫ ސަރުކާރަކަށް . މި އަހަރުވެސް މީ ތިކަހަލަ ހާދިސާއެއް އައި ސީ ޔޫ ގެ ވެއިޓިންގ އޭރިޔާގަ ހިނގި ދެވަނަ ފަހަރު. އެދުވަހުވެސް ފެންލީކު ވެގެން ވެއްޓުނު ސީލިންގް ގެ ވެއްޓުނުބައި ހަދާލީ. ކީއްކުރާނީ. މި ކަހަލަ ކުދިކުދި ކަންތައް ކޮއްލަން ބަޖެޓެއް ނެއްވިއްޔާ. އެކަމަކު ދެއިރު ދެދަޅައަށް ބޭރަށް ހިންގާހެން ބޭރަށް ދާން ބަޖެޓުހުރޭ.

    15
  16. ހެލްތު އަމީން.

    ދެން ސޭކުސްތާނުގައި މިހެންވާނެ. އެއީ މައްސަލައެއް ނުން.

    10
  17. މޫސާ

    ރާއްޖޭ ގައި އިންފުލުއެންޒާ އައުޓް ބްރޭކް އުލޭވާހަކަ ސަރުކާރުންވެސް މީޑިއާ އަކުން ވެސް ހާމައެއް ނުކުރޭ، ރާއްޖޭގައި އިންފްލުއެންޒާ ޓެސްތު ހަދާ ކިޓު އަދި ބޭސް ވެސް ވަނީ ސްޓޮކު ވަރަށް ދަށް ވެފައި، ރައްއިތުންގެ ސަލަމަތާއި ރައްކަލަށް ޓަކައި ސަރުކާރުން މިކަން ބަލާ ފިއަފަޅު އަޅައި، ރައްކާތެރި ވުމުގެ ގޮތުން ކުރަން ޖެހޭ ކަންތައް ކުރުމަށް ރައްއިތުން ނަށް އަންގަން ޖެހޭ،

    15
  18. ޗޮކްލެޓް

    ތި އައިޖީއެމްއެޗް އައިސީޔޫގަ އިހައްދުވަހު ހޭނެތިފައިއޮތް ކުޑަ ކުއްޖަކު ހޭ އެރިއިރު އެތާ މީހަކު ނެތި އެކުއްޖާ އެނދުން ވެއްޓި އެކިވަރުގެ އަނިޔާ ލިބި ރޯ އަޑަށް މީހަކު އައީ. ދެރަކަންކަން

    15
  19. ހިތާމަ

    ކިތަތަމެ ފެންވަރު މޮޅުކޮށް ހަދާފަހުއްޓަސް ﷲގެ މުސީބާތެއް ނުހުއްޓުވޭނެ އެވެސް ފިރުއައުނާއި ހާމާނުގެ ލަސްކަރުފަދަ މިރާއްޖޭގައި ރީދޫކުލަ ޖެހިފަތިބި އެމްޑީޕީގެ ލާދީނީ ސަރުކާރު ގެންނަށް މަސައްކަތް ކުރި ނުބައި ނިުލަފާ ޖައްބާރުންގެ ޖާހިލު ކަމުގެ ސަބަބުން އަންނަ މުސީބާތެވެ ﷲގެނިއުމަތުންތިލާދީނީ ބައިގަނޑުތާއަބަދަށް ފަނާކޮށް ނެތިކުރަށްވާށިއެވެ އާމީން

    18
  20. މަރީ

    ހަމައެކަނި އައިސީޔޫ އެއް ނޫން. ކުޑަކުދިންގެ ވޯޑްގެ ވެެސް ހުރޭ ވާރޭވެހުނީމަ ސީލިންގ ފޯވެފަ.

    12
  21. ޖައުފަރު

    ކޮންމެ އެއްޗެކޭ ކިޔަސް ލާދީނީ އެމް ޑީ ޕީ ސަރުކާރާއި އެއަށް ތާއީދު ކުރި އެންމެން ދީނީ / ޤައުމީ ގޮތުން އޮތީ ފެއިލްވެފަ

    16
  22. ދޯ

    ކޮބާތަ އެވަރުވެގެން ދާއިރު ތަނުގައި ކަންކަން ރަނގަޅު ކުރަން ތިބޭ ބޮޑެތި މީހުން ނިދާފަތަ ތިބެނީ ރަނގަޅަށް ޒިންމާ އަދާ ނުކުރެވެންޔާ ވަޒިފާ އަދާ ނުކޮށް ގޭގައި ތިބެބަލަ.

    11
  23. ސަލީމް

    ވެއްޓުނީ އަލަށް އިމަރާތްކުރި 25 ބުރީގެ އިމާރާތަކުން ނޫން- ކޮންމެ ކަމއް ޔާމިން ބޮލަށް ބަލަ ޔާމީން ގޯސްވީމަ އިބޫ އައީ ދެން ކީކޭ މިކިޔަނީ