އިންޑިއާއިން ރާއްޖެއަށް 39 ސްކޮލާޝިޕެއް ދޭން ނިންމައިފިއެވެ.

އިންޑިއާއިން ރާއްޖެއަށް ސްކޯލާޝިޕް ދޭން ނިންމާފައި ވަނީ އިންޑިއަން ކައުންސިލް އޮފް ކަލްޗަރަލް ރިރޭޝަންގެ ދަށުންނެވެ. އިންޑިއަން އެމްބަސީ އިން ބުނީ މި ސްކޯލާޝިޕްތަކުގެ ތެރޭގައި ހިމެނެނީ 15 ޖެނެރަލް ސްކޮލަޝިޕަކާއި، ކޮމަންވެލްތުގެ ސްކީމްގެ ދަށުން ހަތަރު ސްކޮލަޝިޕަކާއި، ރާއްޖެ އެއިޑްގެ ދަށުންދޭން ހަމަޖެހިފައިވާ 20 ސްކޯލާޝިޕް ކަމަށެވެ.

މި ސްކޮލާޝިޕްތަކުގެ ތެރޭގައި ހިމެނެނީ އަންޑަރ ގްރެޖުއޭޓް، މާސްޓަރ އޮފް ފިލޮސޮފީ، ޕޯސްޓް ގްރެޖުއޭޓް، ސައިންސް، އިންޖނިއަރިން، މެނޭޖްމެންޓް، ޓޫރިޒަމްގެ އިތުރުން ޝަރުއީ ދާއިރާގެ ކޯސްތައް ހިމެނެއެވެ.

މި ސްކޯލާޝިޕްތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިން ކޮށް ފޯމް ހުށަހަޅައި، އެ ފޯމުގެ ހާޑް ކޮޕީ މާލޭގައި ހުންނަ އިންޑިއަން ކަލްޗަރ ސެންޓަރަށް ފޯމް ހުށަހެޅުމަށް އިންޑިއަން ކައުންސިލް އޮފް ކަލްޗަރަލް ރިރޭޝަންގެ އިން ކޮށްފައިވާ އިއުލާންގައި ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޖަމީލާ

  މަށަށް ލާހިކެއްނޫން މަގޭ އަންހެން ދަރިފުޅު އިންޑިޔާއަށް ފޮނުވަން. އިންޑިޔާއަކީ ރޭޕްކުރުމުގެ 1 ވަނާއިގައި އޮތް ޤައުމެއް.

  11
 2. ހުސޭނުބޭ

  ހާދަ ބައިވަރެއް! އަހަރަކު 8000 ކުދިން އޯލެވެލް ހަދައި 3000 ކުދިން އޭލެވެލް ހަދާއިރު ތިއީ ދެން ހާދަ ބައިވަރެކޭދޯ!

 3. މޯރުޖީ

  ހާދަހާ ބައިވަރު ކޯހެކޭ. މިހާގިނަ ސްކޮލަޝިޕެއް އެއްވެސް ގައުމަކުން މިހާތަނަށް ރާއްޖެއަށް ދީފައިނުވެއެވެ. މިކަމުން އެގެނީ ރާއްޖޭގެ ތައުލީމީ މަންހަޖަކީ އިންޑިޔާއިން ފުރިހަމަޔަށް ބަލައިގެންފާ މަންހަޖެއްކަމެވެ.

 4. ސްކޯލަރޝިޕް.

  މި ސްކޯލާރޝިޕްތަކަށްވެސް ޚަރަދުކުރާނީ 1.4 ބިލިޔަން ޑޮލަރގެ ލޯންގެ ތެރެއިން ކަމަށްވަރަށްބޮޑަށް ބެލެވޭ. މިސަރުކާރުގެ އިސްވެރިން އިންޑިޔާގެ ރަގަޅުކަން ދިވެހިންނަށް ދެއްކުމަށްޓަކާ ލޯނުގެ ފައިސާއިން ކުރާޚަރަދުތައްވެސް އިންޑިޔާގެ އެހީކަމަށް ހަދާގެން ޚަބަރުފަތުރާނީ.