މާލޭގައި އިމާރާތް ކުރެވެމުންދާ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތައް ނުނިމި ލަސްވަމުންދާތީ އެކަން ބެލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށާއިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މާލޭގައި އިމާރާތް ކުރަމުންދާ އެ މިސްކިތްތަކާއި ގުޅޭގޮތުން މިސްކިތް އިމާރާތްކުރާ ފަރާތްތަކާ ވާހަކަ ދައްކައިގެން މިކަން ހައްލުކުރުމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އަދި މިހާރުމާލޭގާއި އިމާރާތް ކުރަމުންދާ މިސްތަކުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބަލާފައިވާކަމަށްވެސް އެ މިނިސްްޓްރީން ވިދާޅުވިއެވެ. އެ ގޮތަށް ބަލާއިރު، މާފަންނު އާމިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތްވަނީ ނިމިފައިވާ ކަމަށާއި،އަދި މިހާރު ކުރިއަށްދަނީ އެމިސްކިތުގެ ތަނބުތައް ޖެހުމުގެ މަސައްކަތްކަން ވަނީ އެނގިފައެވެ.

އަދި މާވެޔޮމިސްކިތުގައި މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްތައް ކަންވެސް ވަނީ އެނގިގެން ގޮސްފައެވެ. އެގޮތުން މިހާރު މިސައްކަތްތަކުގެ ތެރޭގައި ގްލާސް ޕެނަލްތައް ހަރުކުރުމާއި ކަރަންޓް ސްވިޗްތަކާއި ސެޓްތައް ހަރުކުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކުލަލާނުނިމި ހުރި ތަންތަނުގައި ކުލަލުމާއި، ކާޕެޓް އެޅުމާއި ކެލިގްރަފީގެ މަސައްކަތްތައްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިއަދު

    ތިއީ އިތުރަށް ބަލަންޖެހޭނެވެސްކަމެއްނޫނެއްނު މިސަރުކާރުއައިފަހުން މިސްކިތްތަކުގެ މަސައްކަތްވަނީ ވ ބޮޑުތަނުން މަޑުޖައްސާލަފައި މިސްކިތެއް އަޅަން ހަވާލުކުރިއަސް ދައުންޕޭމަންޓެއް ނުދޭ ކޮންޓެކުޓަރ މަސައްކަތްހުއްޓާލުމުން ރަޢިއްޔަތުމީހާއަށް ފެންނަނީ މަސައްކަތް ހުއްޓިފަހުންނަތަން އަދި ކޮންޓެކުޓަރ މަސައްކަތް ނުކުރާތަން އެއިގެ އަސްލާހަމަޔަށް ދާކަށް ރަޢިއްޔަތުމީހާ ބޭނުމެއްނުވޭ އެފަދަ ކިތައްކިތައް މަސައްކަތްތޯ މިދިޔަ ސަރުކާރުން ބާރުސްޕީޑުގައިކޮށް މިހާރު ފިނިހަކަ ދުވެއްޔަށްގޮއްސަމިހުރީ މިރަށުގައިވެސް އެފަދަ 3 ޕްރަޖެކުޓު

  2. ައަބުއާ

    އަހަުންމީ މާވެޔޮ މިސްކިތް ބުޑުގަ ދިރިއުޅޭމީހެއް. ޢެމިސްކިތުގަ އެއްވެސް މަސައްކަތެއް ނުކުރޭ. މިދިޔަ ރޯދަމަހުވެސް މިސްކިތް ހުޅުވާނެޔޭ މިނިސްޓަރު ވިދާޅުވި. ރަނގަޅަށް ބަލާފަ މައުލޫމާތު ދޭންވެއްޖެނު. ބަލަ މީހުން މިހާރަކު ތިޔަ ހީކުރާހާ ގަމާރެއް ނޫނޭ.