ފާއިތުވި ދެހަފްތާއެއްހާ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކުންނާއި، ކުރައްވާފައިވާ ކަންތައްތަކުގެ ސަބަބުން އެތައް ފަހަރަކު އެމަނިކުފާނު "ހޫނުފެނަށް ވެއްޓި" ފާޑުކިޔުން އަމާޒުވެފައިވެއެވެ. އަދި ހާއްސަކޮށް މިހާރު އިންޑިއާ އަށް ނަޝީދާއި ބައެއް މަޖިލިސް މެންބަރުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނަޝީދު ކުރައްވާފައިވާ ކަންތައްތަކާއި ވިދާޅުވެފައިވާ ވާހަކަފުޅުތަކަކަށް ކުރިމަތިވެފައިވާ ފާޑުކިޔުން ބޮޑެވެ. މިފަހަރު ވެސް މިއޮތީ އެފަދަ މައްސަލައެކެވެ.

ކުޑަކުއްޖަކު ލައްވައި އިންޑިއާ މީހުން ކިޔާ ގޮތުންނަމަ "ޗައި" ތައްޔާރު ކޮށްގެން، ނަޝީދާއި އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުން ޗައި ބެއްލެވުމުން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ފާޑުކިޔަމުންނެވެ.

މިކަން ބޮޑު މައްސަލަކަށް ވެފައި ވަނީ ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމަކީ ޤާނޫނު މަނާކުރާ ކަމަކަށް ވާއިރު ކުޑަކުދިން ލައްވައި މަސައްކަތް ކުރުވަމުން ގެންދިޔަ ތަނަކުން ނަޝީދާއި އެމަނިކުފާނުގެ ވަފްދުގެ ބޭފުޅުން ޚިދުމަތް ހޯއްދެވުމެވެ.

ކުޑަކުދިން ކުދިން ލައްވައި އިންޑިއާގައި އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރުވުމަކީ 1986 ވަނަ އަހަރުން ފެށިގެން އެގައުމުގައި ވަރަށް ބޮޑަށް މަނާކޮށްފައި އޮންނަ ކަމެކެވެ. ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުން ޤާނޫނުގައި މަނާކޮށްފައި އޮތް ނަމަވެސް ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމަކީ އިންޑިއާގައި ވަރަށް ބޮޑު މައްސަލައެކެވެ.

ކުޑަކުދިން ލައްވައި މަސައްކަތް ކުރުވާ މީހުންނާއި އަދި އެއީ ކުޑަކުއްޖެއްކަން އެނގިހުރެ އެކުއްޖެއްގެ ކިބައިން ހިދުމަތެއް ހޯދާ މީހުންނަށް އަދަބު ދިނުމަށް އިންޑިއާގައި 2015 ވަނަ އަހަރު ހާއްސަ ޤާނޫނެއް ވެސް ފާސްކޮށްފައި ވެއެވެ.

އިންޑިއާގައި 2011 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުން ދައްކާ ގޮތުގައި އިންޑިއާގައި 5.6 މިލިއަން ފިރިހެން ކުދިންނާއި، 4.5 މިލިއަން އަންހެން ކުދިން ލައްވައި ތަފާތު މަސައްކަތްތައް ކުރުވައެވެ.

އިންޑިއާގައި ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުން ހުއްޓުވަން ޔުނިސެފް އިން ވެސް ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޢަބްދުއްލާ

    މިފަހަރު މައްސަލައަކަށްވީ ކުޑަކުއްޖަކު އަތުން ނަޝީދު ސައި ބެއްލެވުން

    14 މިނެޓް ކުރިން ( ޑިސެމްބަރު 14, 2019 )

    ތިކަހަލަ މީހުނަށް ދިވެހިން ކިޔާއުޅޭ ބީތާއިންނޭވެސް. މީއްޗަކު ގޮނޑިއަށް ހޮވިބަޔަކީ މިފަދަ

    ހާލަތުގައި ތިބިބައެއް. ކުއްވެރިންގެ ޓީމެއް މިފަހަރު އިންޑިޔާއަށް ގޮސްމިއުޅެނީ ދޯ؟

    70
    10
    • ނަރެލް

      ކުށްވެރިންގެ ޓީމު މިހާރުތިބޭނެ ޖަލުގަ

      7
      22
  2. މުހައްމަދު

    މީނާޔަށް މަރުހަބާ ދަންނަވަން ޖެހެނީ މިފަހަރު ނާށިފަތިން ދެއްތޯ.

    65
    8
  3. ވެރިން

    ބޮލުގަ އެއްވެސް ތެއްކަމެއްހުރި މީހެއްނޫން.ގެރިއެއްްގެ ސިކުޑިއެއްވުރެންވެސް ކަމީނާ ސިކުޑިއެއް އޮއްނަނީ.

    74
    9
  4. މާމިގިލީ މީހާ

    ބައްލަވާ އެއީ އެކުއްޖާ ދޭ ހިދުމަތެކޭ. ދިވެހިން މޮޔަވާކަށް.

    23
    91
    • ދޮން ބަބުރު ސޮރު

      ރޯނު އެދު ރުން އެގޭނީ ކަމެއް ކު ރަން ޖެހުނީމަ، ބަލަގަ ކުޑަކިދީން ލައްވާ ޚިދުމަތް ކު ރުވުމަކީ ތަހޮޒީބު މުޖުތަމަޢު ތަކުގަ މަނާކަމެއް އަދި ތަހޮޒީބު މީހަކު ބަލާގަންނާނެ ކަމެއްވެސް ނޫން، އެކަމަކު ހިންދުސްތާނަކީ ފުނިޔޭގެ ތަހޮޒީބު ދަންނަ ބައެއްބޫން، އެމަނިކުފާނައްވެސް އެގޭނީ ހިންދުސްތާންގެ ސްޓައިލް.

  5. މީނަ

    މީނާޔަކީ އަބަދުވެސް މިކަހަލަ ލާއިންސާނީ އަމަލުހިންގުމަށް ވާގިދީ އެފަދަކަންކަމުގަ އަމަލީގޮތުން ބާވެރިވާމީހެއް

    71
    9
  6. މޯޑީސްޑާންސްޕާރޓނަރއަންނި

    ހިތްތިރިކަމަށް ދައްކަން އުޅެނިކޮށް ރީތި ބޮނޑިޔެއް ބޮވިއްޖޭނުން ، ޗައިލްޑް ލޭބާ އެންޑް އެކްސްޕލޮއިޓޭޝަން މީނަޔަށް މައްސަލައަކަށް ނުވާކަން މިއެނގެނީ ، ބައިނަލްއަގުވާމީ ސަމާލު ކަމަށްއައްޔާ ރަނގަޅު މި މައްސަލަ.

    72
    8
  7. Anonymous

    އެމީހުން ކުރީމަ ހުރިހާ ކަމެއްވެސްއ ހުއްދަވާނެ.

    64
    8
  8. ކުރަފި

    މިފަހަރު އައިސް މިއިންރަށަކު ސައިފެކްޓަރީއެއް ހުޅުވަންކަންނެ ދިމާކުރާނީ.

  9. ޢާދަމް

    ތީކުޑަކުދިންނާ ބެހުން..ޑިމެކްރަސީގެ އައްޕަ ޔޯ.

  10. Anonymous

    ކަލޭމެން ރޔާމީން ރަށްރަށަށް ދިޔާމަވެސް ކުޑަކިދިންލައްވާ ކުރުބާ އަރުވަނީވެސް

  11. އެތިފޮދު

    ކާޓޫނު ކުރެހީމަ ކަޑަ. އެކަމް އާލަމް ތަކަށް ރަހުމަތެއްކަމަށް ފޮނުއްވި ނަބިއްޔާއަށް ފުރައްސާރަ ކުރީމާ އޯކޭވާ ޝައިތާނުންނަކީ ތިޔައީ.

  12. ފަރިހި

    ވަގުތު މީހުން ހާދަ މޭކަރައޭ

    4
    18
  13. ވާއޮ

    އެހެރަ ދޫބޮއެލާގޮތެއް! ހީވަނީ ރަތް ހާލެއްހެން

  14. ދޮން ބަބުރު ސޮރު

    އެމަނިކުފާނު ގެ ރިގޮ ރު ހިއްޕެވި ނަމަ އިންޑިއާ މީހުން ވަ ރަށް ލޯބިވާނެ، އެކަން ނުކު ރެއްވި ކަން ވ ދެ ރަ.

    13
  15. މއާޒު

    ސަމްވަން ފައިޓްސް ފޮރ ރައިޓްސް ހާ

  16. ނާށި

    މީނާއާ މީނާގެ ޓީމަކީ ކަންދެއްކުމުގެ ލާމަސީލް ޓީމެއް މާހިތްހެޔޮކަމަށް ދެއްކެންވެގެން އުޅޭ ޓީމެއް މުޅިން ފޫހިވެއްޖެ