ރާއްޖޭގެ ހުރިހާ ރަށްރަށުގެ ވެރިންނާއި، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިޖެއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަތޮޅު ކައުންސިލް ތަކުގެ ރައީސުންނާއި، އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުން، ޑެޕިއުޓީ މޭޔަރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 އަދި 16 މި ދެދުވަހު، ކޮރޮސްރޯޑުގަ އެވެ.
ހުރިހާ ރަށްރަށުގެ ވެރިންނާއި ރައީސް ބައްދަލުކުރައްވަން ނިންމަވާފައި މި ވަނީ، 2020 ވަނަ އަހަރު ކައުންސިލްތަކަށް ފާސްކޮށްފައިވާ ބަޖެޓުގެ އިތުރުން، ދަޢުލަތުގެ ޢާމްދަނީ އިން ކައުންސިލް ތަކަށް ދިނުމަށް ހަމަޖެހިފައިވާ ފަސް އިންސައްތަ އާއި ގުޅޭގޮތުން އެ ކައުންސިލްތަކާއި މަޝްވަރާކުރެއްވުމުގެ ބޭނުމުގައެވެ. އަދި ބައްދަލުވުމުގައި، ކައުންސިލް ތަކަށް ޤަނޫނީ އިމުގެ ތެރެއިން ދިނުމަށް ހަމަޖެހިފައިވާ ބައެއް ބާރު ތަކާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދައުލަތުގެ ބަޖެޓުން 5 ޕަސެންޓާއި، ކައުންސިލްގެ އިޙްތިޞާޞްގައި ނުހިމެނޭ ބިމާއި، ފަޅާއި ފަޅުރައްރައް ފަދަ ތަންތަނުގެ ކުލިން 5 އިންސައްތަ ކައުންސިލްތަކަށް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33 އިންސައްތަ ޖާގަ އަންހެނުންނަށް ހާއްސަ ކުރުމަށްވެސް ވަނީ ނިންމާފައެވެ
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް މިސަރުކާރުން ނިންމާފައިވަނީ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދައުރުގައި ކައުންސިލްތަކަށް ދީފައިވާ ބާރުތައް އުނިކުރުމުން އެކަންކަން އަލުން އިޔާދަ ކުރުމަށްޓަކައެވެ. ކައުންސިލްތަކަށް ދޭ ބާރުތައް އުނިކުރުމުގެ ކުރީގައި ދީފައިވާ އުސޫލުން ބާރުތައް އަލުން އިޔާދަކޮށް، ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް އަލުން މަތިކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ކާރިވާވަރަކަށް ރައްޔިތުން ފެންނާނެ، އިންތިޚާބު ނިމޭއިރަށް ރައްޔިތުންމަތިން ހަނދާންނެތިދާނެ، މިހާރުވެސް ރައްޔިތުން ތިބޭކަމެއްވެސްނޭގެ.
މީނަ ގެ ކަމަކީ ސަރުކާރު މުވައްޒިފުން ނާ އެކު ސެލްފީ ނަގަމުން ދުވެ ރައްރަށުގެ އިސްވެރިން ބޮަލަށް ވަނުން. ޥައިލް ކެރަފާ ނަށީދު ދިވެހި ރައްޖޭގެ ބޮޑު ބައެއް ވިއްކާލުމުގެ އެއްބަސްވުންތަކާ ޑީލް ހަދަމުން ދުވަނީ
ރައްޔިތުންގެ ފައިސާ ލަގްޒަރީ ރިސޯޓްތަކަށް ތަޅާ ހުސްކޮށްލުމުގެ ބޮޅެއް.
އެއްވެސް ރަށްޔިތަކު އޭނަޔާ ބައްދަލު ނުކުރާތި އެމްޑީއެން އުވާލައި ރިޕޯރޓް ނެރުނު މީހުން ހައްޔަރު ނުކުރަނީސް. ސަރުކާރުން ގައުމު ވިއްކާލަން ކުރާ ތުހުމަތަކަށް ވެސް ޖަވާބެއްނުދޭ.!
ތިބުނާ ވެރިންގެ ތެރެއިން 90% ވެރިންނަކީ ރައްޔިތުން މިހާރު ބަލާގަންނަ ބައެއް ނޫން ރައްޔިތުންނައް ބަލާ މުސީބާތަކައް ވެފަ ތިބި ބައެއް އެއްވެސް އިލްމެއް ހިލްމެއް ތިބި ބައެއްނޫން އެހެންވީމާ ދައުލަތުގެ ފައިސާ ބޭކާރު ނުކުރުމައް ގޮވާލަން
ކެމްޕެއިން ހަ ރަކާތެއްތީ
ނުކިޔަވާ ތިބި އުޑެއް ބުޑެއް ނޭންގޭ ބައެއްގެ އަތައް ފައިސާ.އެކަހަލަ ބާރުތަކެއް ދިނީމާ ރަނގަޅެއްނުވާނެ ފުރަތަމަ ކައުން ސިލަރުކަމަށް ޤާބިލް ޑޮޕްލަމާ ނުވަތަ ޑިގްރީ ފެންވަރުމީހުން ހޮވާ އޭރުން ރަންގަގަޅު ގޮތަކަށް ތިކަން ދާނި ވެރިޔަކަށްހޮގވިފަމިހިރީ ރަނގަޅު ބޭފުޅެއް ހެހެ