އިންޑިއާގައި ދިރިއުޅެ މައިނޯރިޓީ މުޖުތަމައުތަކުގެ ޙައްގުގައި ބަސް ވިދާޅުނުވާތީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރަައީސް، މުހައްމަދު ނަޝީދު ލަދުވެތިވެވަޑައިގަންނަވަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ވޮޗުގެ އެސޯޝިއޭޓެޑް އޭޝިޔާ ޑައިރެކްޓަރ ޕެޓްރިޝިޔާ ގޮސްމަން ވިދާޅުވެއްޖެއެވެ.
ޕެޓްރިޝިޔާ ގޮސްމަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިޔާގެ މައިނޯރިޓީ ދީންތަކުގެ ޙައްޤުގައި ބަސްފުޅެއް ވިދާޅުނުވުމަކީ އެމަނިކުފާނު ލަދުވެތިވަޑައިގަންނަވަންޖެހޭ ކަމެއް ކަމުގައެވެ. އޭނާ މިހެން ވިދާޅުވީ އިންޑިއާ އަކީ އެގައުމުގެ މައިނޯރިޓީ ދީންތަކުގެ މީހުންނަށް ރައްކާތެރި މާހައުލެއް ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
A champion of democracy in the Maldives, @MohamedNasheed should be ashamed of not standing up for minorities in India. https://t.co/IBWLwolQJt
— Patricia Gossman (@pagossman) December 14, 2019
ރައްޔިތުންގެ މަޖިލީހުގެ ވަފްދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ނަޝީދު އަންނަނީ އިންޑިއާ ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވަމުންނެވެ. އެގޮތުން އިންޑިއާ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ވަފްދާއި ބައްދަލުކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަފްދު އިންޑިޔާއަށް ކުރައްވަމުން މި ގެންދަވާ މި ދަތުރުފުޅުގައި ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ "ލޮކްސަބާ" އާއި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ރަނގަޅު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
މި ހިއުމަން ރައިޓްސް ވޮޗް ވަންނާނެ ކޮންމެ ފަދަ ދިމާއަކަށް ވެސް. އެހެންވިޔަސް އިންޑިޔާގެ މައިނޯރިޓީގެ ހައްގުގަ މީހަކު އެއްޗެއް ބުނަން އެއީ ކޮންބައެކޭތަ؟، މީހުން މަރަމުން އަންހެނުން ރޭޕް ކުރާ އިރު ހިއުމަން ރައިޓްސް ވޮޗް އަކަށް އަނގަ ނުހުޅުވުނު އިރު އަދި ކިރިޔާ ހިރުވައިގަނެވުނީ މައިނޯރިޓީ ދީނޭ ކިޔައިގެން. މިހާރު އެބަ ފެނެއެއް ނުން މި ހުޅަނގުގެ ހިއުމަން ރައިޓްސް އަކީ ކޮން އެއްޗެއް ކަން.
މީހުން ރޭޕް ކޮށް އަންދާ މީހުންނަށް އެހާ އަނިޔާ ވެރި ކޮށް ކަންތައްތައް ކުރާ ތަނަކަށް ގޮސް އެމީހުންގެ ވެރިންނާ މައްލަވަ ކޮށް ސަކަރާތް ޖަހާ ގަޔާވެ ލޮލާ ލޮލާ ދިމާ ކޮށް ހައްދުން ނައްޓާ ވަރުވާ އިރު ވެސްހަދާ އެއްވެސް ކަމެއް ކުއްވެރި އެއް ނުކުރޭ އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދާކަށް ނުބުނޭ. ލަދު ވެސް ގަންނަން ނުޖެހޭބާ.
އަދިވެސްބުނާނެ ތިމަންނައަކީ ޑިމޮކުރަސީގެއައްޕައޭ ދެންމިވަރުމީހުން ކިހިނެއްތަ ބަޔަކައް ޑިމޮކުރަސީ ގެނެސްދޭނީ މީ މިޤައުމުގެހަލާކު
އޭނަ ލަދުގަންނާނީ ހަމައިގަ ހުންނަނަމަތާ...މިގައުމުގެ އިދިކޮޅުލީޑަ ރުވެސް އެއޮތީ ނުހައްގުން ޖަލުގަ ..އަނިޔާވެ ރި ވެ ރިކަމެކު ރަނީ ނަޝީދު ބޭނުންވާގޮތަށް...އިންޑިޔާއިން ބޭނުންވާގޮތަށް އަހ ރެމެންގެ ގައުމުވެސްމިއޮތީ ހިލާލާފަ...ކު ރާނެ ކަމެ ކު ރެވޭނެ ކަމެނެތި ރައްޔިތުން މިތިބީ ކަސްތޮޅު އެޅިފަ...މި މުސީބާތުން ނަޖާވާނެ ގޮތެނެތިފަ...އިލްމުވެ ރިންގެ އަޑުކެޑިއްޖެ..ސިޔާސީ ލީޑަ ރުންކަމަށް ހެދިގެންއުޅޭ ހީލަތްތެ ރިން އެތިބީ ގައްދާ ރުވެ އަނގަނުހުޅުވޭވަ ރަށް ބަދެވިފަ....
ޔަހޫދީންނަށް ވެސް އެނގޭ އެމީހުންނަށް ވުރެންވެސް މިކަލޭގެ މާބޮޑަށްވެސް ޔަހޫދީކަން.
ދިވެހި ޤައުމު އިންޑިޔާއަށް ވިއްކާލާ.
ނަޝީދު ޖެހޭހޭ ދުނިޔޭގެ އެންމެންނަށް ހައްޤުހޯދައިދޭން އަޑުއުފުލަން.. އދ ގެ ސަފީރެއްތަ ނޫނީ މަތިން އެކަމަށް އައިސް ހުރި މީހެއްތައެ؟؟
އަންނި އަތުގަ ލަދު ގަންނާަން ބަހައްޓާފަ ހުރި އެއްވެސް ފައިސާއެއް ނުހުންނާނެ. ފައިސާ ހުއްޓަސް ދުވަހަކުވެސް ނުގަންނާނެ އެއްޗެއް ލަދަކީ.