ޗައިނާގެ ރައީސް، ޝީ ޖިންޕިންގް އަކީ ދުނިޔޭގެ އެންމެ ދީލަތި ރައީސް ކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު، އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ދާދިފަހުން ޤާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތް ނިހާނު، މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝީ ޖިންޕިންގް އަކީ ދުނިޔޭގެ އެންމެ ދީލަތި އެއް ލީޑަރު ކަމަށާއި، އަދި ޗައިނާ އަކީ ދުނިޔޭގެ އެކިކަންކޮޅު ތަކުގެ ޤައުމުތަކަށް ތަރައްޤީއަށް އެންމެ ގިނަގުނަ އެހީވެދޭ ޤައުމު ކަމަށެވެ.

ނިހާން ޗައިނާ އަށް ތަޢުރީފްކޮށް ކުރެއްވި ޓްވީޓުގައި ވަނީ އެފްރިކާގެ ޤައުމެއް ކަމަށްވާ ކެންޔާ އަށް ޗައިނާގެ ފަރާތުން ދީފައިވާ އެހީގެ ދަށުން އެޤައުމުގައި ހުޅުވި ސޯލާ ޕެނަލުން ކަރަންޓު އުފައްދާ ދަނޑެއްގެ ޚަބަރު ހިމަނާފައެވެ. އެފްރިކާގެ ދަނޑުވެރިކަމަށް އީޖާދީ ބަދަލެއް ގެނެސްދޭނެ ކަމަށް ބެލެވޭ އެ ދަނޑަކީ އެފްރިކާގައި އެގޮތަށް ހުޅުވި އެންމެ ބޮޑު އެއް ދަނޑެވެ. އެ ދަނޑުން 50 މެގަވޮޓް ކަރަންޓު އުފައްދާނެ ސޯލާ ޕެނަލެއް އެކުލެވޭ ކަމަށް މަޢުލޫމާތު ލިބެއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުކަންވެސް ކުރެއްވި ނިހާނަކީ ރައީސް ޔާމީން ވެރިކަމުގެ ދުވަސްވަރު އެންމެ ބޮޑަށް އެ ސަރުކާރު ދިފާޢުކުރެއްވުމުގައި މަސައްކަތް ކުރެއްވި އެއް ބޭފުޅާއެވެ. ރައީސް ޔާމީންގެ ސަރުކާރު އުފެދުމަށްފަހު، އަހަރެއްވެސް ނުވަނީސް، ޗައިނާގެ ރައީސް، ޝީ ޖިންޕިންގް ވަނީ ރާއްޖެއަށް ޚާއްސަ ދަތުރުފުޅެއް، 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކުރައްވާފައެވެ. އެ ދަތުރުފުޅާއެކު، ރާއްޖެއަށް ޗައިނާގެ އިންވެސްޓުމެންޓުތައް "އޮހުނެވެ".

ޗައިނާގެ އެހީގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ ރާއްޖޭގައި ތަރައްޤީގެ ގިނަގުނަ މަޝްރޫޢުތަކެއް ހިންގާފައެވެ. އެގޮތުން "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަކީ ރާއްޖޭގެ ތާރީޙުގައިވެސް އެޅިގެން ދިޔަ އެފަދަ ފުރަތަމަ ބުރިޖެވެ. ބުރިޖުގެ އިތުރުން އައިޖީއެމްއެޗް ހޮސްޕިޓަލުގެ 25 ބުރީގެ އާ ޢިމާރާތަކީވެސް ޗައިނާގެ އެހީގައި ބިނާކުރެވިފައިވާ ތަނެކެވެ. މީގެ އިތުރުންވެސް މާލެ އާއި، ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުގައިވެސް އިތުރު މަޝްރޫޢުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޗައިނާގެ ދިފާޢުގައި ނިހާނު ތެދުވެފައި މިވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވަފްދެއް މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި، ރައީސް ނަޝީދު އިންޑިއާގެ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުތަކެއްގައި ޗައިނާއާ ބެހޭގޮތުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ނަޝީދުގެ ވާހަކަތަކާ ގުޅިގެން ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމް އަދި ސީދާ ވަކި އެއްޗެކޭ ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެޙާރާއި މިހާރު

    ފަހަރެއްގައި ޗައުނާއިން 9 ލައްކަ ރުފިޔާ ދައްކައި ދީފާނެ.

    8
    8
  2. ބޭބެ

    ކޮރަޕްޝަނާ އަމިއްލަ އެދުމުން ފޯވެފައި ހުރި މިނިކަމެތި މީހާ މިދައްކަނީ ކޮންވާހަކައެއް!! ހަމަ ލަދެއްވެސް ނުގަނޭތަ؟ އަނގަ ފުޅާ ބޯވައެއް!!

    13
    10
  3. ކިޔުންތެރިޔާ

    ނިހާނަކީ ކުރިން އަޅުގަނޑު ވަަރަށް ތާއީދުކުރި ބޭފުޅެއް. މަހޭމެން ބަތާ ހަރާމްވެގެން ޕާޓީ ބަދަލުކުރަމުން ދުވިއިރުވެސް ނިހާނު ދެއްކި ހިއްވަރަށް ވަރަށް ތައުރީފުކުރިން. ނަމަވެސް ބޫންބޫން އަލީ ވަހީދެކޭ، މަހޭ އެކޭ، އަލްހާން ފަހުމީއެކޭ، އީސީ ޝަރީފެކޭ ނިހާނު ނެތް އެއްވެސް ތަފާތެއް. ރ.ޔާމީންގެ އަރިހުގަ އެންމެ އަރިސްކޮށް އުޅެފަ، އެ މަނިކުފާނަށް ނިހާނުމެންގެ އެހީ އެންމެ ބޮޑަށް ބޭނުންވި ދުވަހު، ކޮޅުފައިންޖަހާ އެމަނިކުފާނަށް ކަލޯމެން ތިދިން އަނިޔާ ހިތަކުން ފިލައިގެން ނުދާނެ. ނިހާނުވެސް ތީ މަގޭ ނަޒަރުގަ ގައްދާރެއް. ނިހާނު ކޮންމެހެން ގައުމަށް ހެޔޮއެދޭ މީހަކަށްހެދިގެން ޓުވީޓުތަކާއި ޕޯސްޓުތައް ކުރާނެ ކަމެއްނެތް. ނިހާނު އެންމެ ރަނގަޅީ ބުރުމާ ގާސިމް ދޭ ލާރި ފޮތީގަ ހިފާ ގާސިމްގެ ފަސްބައިގަ އެލިގަނެގެން އޮތުން. ނިހާނުވެސް ހަނދާންކުރާށެވެ. ދެރައާއި މޮޅު ދެއްވަނީ މާތް ﷲ އެވެ. ކޮންމެ ކަމެއްވެސް ކުރިމަތިވަނީ އެކަމެއްގެ ފަހަތުގަ ފޮރުވިފަވާ އެތައް ކަމެއް ހުރުމުންނެވެ. ރ.ޔާމީނަށް މި މިންވަރުކުރެއްވި ގޮތަކީ ފަހަރުގަ ނިހާންމެން ކަހަލަ ގައްދާރުން ފާޅުވެ ބޭޒާރުވާން ﷲ ދެއްކެވި އިމްތިހާނެއް ކަމަށްވެސް ވެދާނެއެވެ. ނިހާނުގެ ހަމްދަރުދީއެއް މި ގައުމަކަށް ބޭނުމެއް ނެތެވެ. މިހާރު ތިޔަ ހުންނެވީ ލާދީނީ ފަޅީގައެވެ.

    29
  4. ?ރޮނޑާ

    އިތުރު ތަފްސީލެއް ބޭނުމެއް ނުވޭ. އެހެންވީމަތާ ރޮލެކްސް ގަޑި އާއި ބެންޒް ކާރާއި ލަގްޒަރީ ފުލެޓްތައް ވާރޭ ވެހޭހެން އޮހުނީ. ވަރައްސަލާމް.

    16
    1
  5. ކެޔޮޅު

    ނަސީދުގެ ސިކުނޑީގެ މައްސަލައެއް އުޅޭހެން ހީވަނީ އޭނާއަވަހައް ގުރައިދުވައް ފޮނުވާދެއްވާ!

    15
    2
  6. ބޭބެ

    ކުރީގެ ނިހާން މިހާރު ނެތް، އެއީ އެހެންމީހެއް ކުދިންނޭ! ތިޔަ އުޅުއްވަނީ މޮޔަފުޅުވެގެން!

    15
  7. ބޮލިކަލޯ

    ގަންނާނެއްބާ އަނގަހަލުވި ދޫހަލުވި ފަސާދައުފައްދަން އެގޭ ދަހިކުއްޖެއް ގަންނާނެއްބާ އެންމެ ބޮޑު އަގެއް ހުށައަޅާ ފަރާތަކަށް، ވެމްކޯ ކުނިބާޖު ގެ ތެރޭ ހުރި ދަހި ކުއްޖާ ނީލަމަށް ލަނީ ގަންނާނީ ކާކު އާބިދާ ސޮރު ބުނީ މަކަރު ގޮތެއްހުރީމަ ކަޑައޯ ދޫނި ބުނީ ކުޑަކޮންސަޅި އޯ ޔާއްކަޅޭ ބުނީ ނަމަނަމަ ނުގަންނަށްޗޯ ދެން ކަންނެލި އޮޑިން ބުނީ މަދަންނަމޭ ދުއާ ކޮށްދެން އެކަމަކު ކަޓެއް ދޭންވާނެޔޭ ބޮޑުގުޅަ ގަންނާނެއްބާ

    5
    1
  8. ދޮންކަމަނަ

    ނިހާނު ވިދާޅުވިއަސް ތެދެއްވާނީ ތެދަކަށް ޗައިނާއަކީ މިރާއްޖެއަށްވެސް އެންމެ ބޮޑެތި އެހީތެރިކަމެއް ވެދެއްވި ޤައުމަކީ އުފަލުން ރާއްޖެގެ މީހުން ނަށާލި (ބުރިޖު) މިސަރުކާރުން އެކަން ޤަބޫލުނުކުރަނީ ކެންޕޭނު ކުރަން ލާރިގަނޑު ނުދޭތީ ކަމަށްބުނެ

  9. ނޯކޮމެންޓް

    ނިހާން ދައްކާ ވާހަކަ އަޑުއަހާކަށް މިހާރު ބޭނުމެއްނޫން. ރައީސް ޔާމީނަށް އެހެން ހަދާލާފަ މާ މޮޅުތަކެއްވާނެއޭ ހީވެ ގޮސް ތިހުރީ. ދެން އިންޑިއާއަށް ސަނާ ކިއީމަ ރަގަޅުވާނެ.