ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމަށް އިންޑިއާއިން ނުފޫޒު ފޯރުވިކަމަށް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުތިރާފު ވެއްޖެއެވެ.
އިންޑިއާ އިން ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް ނަޝީދު އިއުތިރާފުވީ މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ޓީވީ ޗެނަލްއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ނަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު އިދިކޮޅު އައިއިރު އިދިކޮޅުގައި ތިބި ފަރާތްތަކަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަށް އެއްވެސް ބަޔަކު ހީނުކުރާ ކަމަށެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އިންޑިއާ އިން ގަބޫލުކުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެކަކުވެސް ހީނުކުރޭ އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް. އެންމެން ހީކުރީ އިންތިހާބު އޮންނާނީ އޮޅުވާލާފައި ކަމަށް. އަޅުގަނޑުމެއްނަނސޤ ކާމިޔާބު ލިބޭނެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށް ހީކުރެވުނު." ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ އަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް އިންޑިއާ އޮފިޝަލުން އަދި ޑިޕްލޮމެޓުން ގަދަޔަށް މަސައްކަތް ކުރިކަމަށް ނަޝީދު ވިދާޅުވިއެވެ. "ކުޑަކުޑަ ފުރުސަތެއް ތަނަވަސް ކޮށްދީފި ކަމުގައި ވާނަމަ، އެމްޑީޕީއަށް އިންިތހާބު ކާމިޔާބު ކުރެވޭނެކަން އިންޑިއާ ސަރުކާރަށް އެނގޭ" ނަޝީދު ވިދާޅުވިއެވެ.
I wonder what the thoughts of President @ibusolih on this remark by his own party’s Leadership & the current Speaker of the Parliament? This is a serious allegation targeted to our closest neighbour & friend in the region @MEAIndia @abdulla_shahid @ElectionsMv pic.twitter.com/QStVQJLxSh
— Mohamed Saeed (@em_saeed) December 14, 2019
އެމްޑީޕީ އަށް ވެރިކަން ހޯދައި ދިނުމަށް އިންޑިއާ އިން މަސައްކަތް ކުރިކަމަށް މީގެ ކުރިން ވެސް އެތައް ބަޔަކު ތުހުމަތު ކޮށްފައި ވެއެވެ. މިދިޔަ އަހަރު ރާއްޖޭގެ ވެރިކަން ބަދަލު ކުރަން އެމްޑީޕީ އިން ބޭނުންވީ އޭރު ވެރިކަމުގައި ހުންނެވި އަބްދުﷲ ޔާމީނަކީ އިންޑިއާ ބޭނުންވާ ގޮތައް ކަންތައްތައް ކުރައްވާ ބޭފުޅަކަށް ނުވުމުންނެވެ. އަދި ޗައިނާ އާއި އެކު ހާއްސަ ގާތް ގުޅުމެއް ބާއްވަމުން ގެންދެވުމުންނެވެ.
ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އިންޑިއާ އާއި އެކު ގެންދަވަނީ ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ.
މިވެރިކަން މީ ގައިރު ގާނޫނީ ސަރުކާރެކޭތޯ ތި ވިދާޅުވަނީ
"ކުޑަކުޑަ ފުރުސަތެއް" ތަނަވަސްކޮށް ދިނުމުގެ އަގަކީ ގައުމާއި ރައްޔިތުން ނުއަގުގަ ނީލަމަށް ލުން ކަމުގައިވާނަމަ ތިވަރުގެ "ހެޔޮ" ވެރިން ގައުމަށް "ބޭނުންވަނީ". ތިދައްކަނީ ރީތި ވާހަކައެއްވެސް ނޫން. މޮޅު ވާހަކައެއްވެސް ނޫން. ލަދުވެތި ދެރަވަރު ނިކަމެތި ވާހަކަ މޮޅުވެފަ ތިދެއްކެނީ. ލަދުހަޔާތް ކެނޑުނީމާ ދެން ނުކުރާނެ ކަމެއް ނުދައްކާނެ ވާހަކައެއް ނޯންނާނެ.
އިލެކްޝަންގެ ތިބިކޮރަޕްޓް މީހުން ގަނެލާއިގެން ވޯޓުންވައްކަން ކުރީ .
އެހެންވީމާ މިވެރިކަމަކީ މަކަރާ ހީލްތުން އްއިވެރިކަމެއް.
ރިޔާސީ އިންތިޚާބަށް އިންޑިއާ އިން ނުފޫޒު ފޯރުވިކަމަށް ނަޝީދު އިއުތިރާފުވެއްޖެ. މިސަރަހައްދުގެ ގިނަ ގައުމުތަކުގެ އިންތިޚާބުތަކަށް އަތްބާނަނީ ނިއުދިއްލީ އިން.
ރާއްޖޭގައި ހުރި ހުރިހާ ވޯޓް ފޮށި ތަކުގެ އޮފިޝަލުންގެ ގޮތުގައި ތިބީ ޕީޕީއެމް ގެ އެކްޓިވިސްޓުން. ރައިއްޔަތުން ވަރައް ހެދުނު ހެދުނާ ނިކުމެ ވޯޓު އަޅާ ފޮށިތައް ފުރާލީމަ ވޯޓު އޮޅުވާލުމާ އެކަކު އެކި ނަން ނަމުގައި ފޮށިތަކައް ވޯޓުލުމުގެ ޗާންސް ގެއްލުނީ..
ޙަރާމް ވެރިކަމެއް ތިޔަ ކުރަނީ.... އިންޝާ ﷲ ވަރަށް އަވަހަށް ނިމިދާނެ..
ރޮޑުގެ ހަންދަމާ ފިހެލާ ދުވަސް އެބައާދޭ...ލޮނުމުރުސް ތައްޔާ ރު ކު ރުމުގަ މިހާ ރު ރައްޔިތުންތިބީ...ވަގު ވޯޓު ސަ ރުކާ ރު ވަގު ސަ ރުކާ ރު....ލަދުގަތަސް ފޭ ރިގެން ތިތިބީ ރައްޔިތުންގެ ވޯޓު...އޮޅުވާލި ސަ ރުކާ ރު...
މިވެ ރިންކޮއްފަހު ރިކަންކަން ފަޅާއަ ރާނީވެސް މިވެ ރިންގެ އަންގައިން ގައުމެއްގެ މިނިވަންކަންމިޔައްވު ރެބޮޑަކައް ނުގެއްލޭނެ.
ﷲގެ ކުޅަދުންވަންތަ ކަމާއެވެ. ނުޙައްގުން ފޭރިގެންފައިވާ ވެރިކަމުގެ ޙަގީގަތް މިކަލޭގެމެން އަމިއްލަދުލުން ފާޅުކުރަމުން އެދަނީ، ﷲ ކޯފާ ފާޅުކުރައްވަނީ އެކިސިފަސިފައަށް. އިންޑިޔާގެ ހިންދޫ ގެރިލުއްޗާއިންނާއި ގުޅިގެން އީސީގައިތިބި ޢައްދާރުންނަށް ރިޝްވަތުފައިސާގތަކެއް ދީގެން މިގައުމުގެ އެތައް ރައްޔިތުންގެ ޙައްޤު ނުގުޅައިގަނެގެން ވެރިކަން ފޭރިގެންހުރެ ރ.އިބޫސާލިޙުގެ ދެކަނބަލުންނަށް ތަޙުތުގައި ރޭގަނޑުގެ ހަމަނިނިދި ހަމަޖެހިލައިގެން ނިދިކުރެއްވޭބާއޭ ހިތަށްއަރާ؟؟؟ އެހެންވީމަތާ މިފަހަރު ކުރި ހަދިޔާގެ އިނާމަކަށް ދީިފައިވަނީ މުޅި އައްޑު އަތޮޅު، ކުރީފަހަރު ޖީއެމްއާރ.
ލައްކަރީތިވާހަކައެއް ތިދައްކަނީ ވޯޓްވަގުން ވާނީހަމަ ވަގުންނަށް
ރިޝްވަތު ނަގައިގެންތިބި އީސީ ޢައްދަރުން ހިންގި ޖަރީމާއިގެ ތެރޭގައި ތިންފަހަރު ރީރަޖިސްޓްރީ ކުރުމުގެ ރޯލުހިންގި ބޭނުމަކީ އެއްމެގިނައިން ޕީޕީއެމް މެމްބަރުންގެ ފޯމް ހުށަހެޅިފައިވާ ރަށްރަށުން ފޯމް އުނިކުރަމުންދިޔުން، އެގޮތަށް ގާތްގަޑަކަށް 15ހާސް ފޯމް އުނިކުރި، އެފަދަ ރަށްރަށުން ވޯޓްލާންދިޔަ ރައްޔިތުންނަށް ވޯޓްނުލެވުނު، މިފަދަ މައްސަލަތަށް ރިޕޯޓްކުރަންޖެހޭ މާލޭގައިހުރި އިލެކްޝަންގެ ޝަކުވާ ސެންޓަރުގެ މުޢާމަލާތް ކަނޑާފައިވުން، އެސެކްޝަން އެއްވެސް ފޯނު ޚިދުމަތެއް ނެތްތަނަކަށް ދަރުބާރުގެއަށް ބަދަލުކުރީ، އެނެއްމަކަރަކީ ވޯޓްގެ އަދަދު އިޢުލާންކުރާނެގޮތް އަދަދާއިއެކު ލިސްޓްކޮށް ކުރީއްސުރެން ސެޓްކޮށް ބަހައްޓާފަ އެއްނޭވޭއިން އިޢުލާންކުރީ އެތައްސަތޭކަ ރަށުގެވޯޓް އެރޭގަ 11:30އަށް ކިޔާ ނިންމާލީ، އެއްމެފަހުގެ ބަހަކީ އެހެން ފަހަރުތަކާއަޅާބަލާއިރު މިފަހަރު ވޯޓްނުލާ މީހުންގެ އަދަދު ނިސްބަތު މަތްޗެވެ. ޚަލާސް.
ރާއްޖޭގައި އޮތް މޑޕ ވެރިކަން 2023 ގައި ނިމުމާއެކު
ޗައިނާ- ރާއްޖޭގެ ގުޅުން ހަރުދަނާ ވެގެންދާނެއެވެ އަމިއްލަ
ވެރިކަމާއި ސާނާ ސައުކަތު ދާއިމީކުރުމަށް ރުކުރުވާލާފައިވާ
އެގްރީމެންޓްތައް އުވާލެވޭނެއެވެ އަދި ރާއްޖޭގެ މިނިވަންކަން
އަނބުރާ އިއާދަކުރެވޭނެއެވެ. ނަސީދު ޖަލަށްލެވި ތަހްގީގު
ހިންގޭނެއެވެ.
މޑޕ އަދި ކުރިއަށް އޮތް 30 އަހަރު ވެރިކަން ކުރާނެ ކަމަށް ސިޔާސީ މަސްރަޙު ދިރާސާ ކުރާ މީހުން ބުނާ އަޑު އަހަނމު.
މިކަލޭގެ މި ދައްކާވާހަކަތަށް ތަހުގީގުކޮށް ދައުވާކުރަންޖެހޭނެ.
އިންޑިޔާ އިން އަވައްޓެރި ގައުމު ތަކުގެ ދާޚިލީ ކަންކަމަށް އަތްބާނާކަމށް އަބަދުވެސް ބެލެވޭ. މިހާރު ހެކިވެސް ލިބުނީ. ދެން އަންނަ ސަރުކާރެއްގައި މިކަން ތަހުގީގު ކުރަން ޖެހޭ.
ﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. މިބާއި މީހުންގެ ދުލުން މިބާއި މީހުން ކުރިކަންތަކުގެ ވާހަކަ މުޅިދުނިޔެ ކުރިމަތީގަ އަމިއްލަޔަށް ކިޔާދީ ނިއްމާލަނީ. އަދިވެސް އިންޑިޔާ މީހުންބުނާނީ ތިމަންނަމެންގެ އެއްވެސް ދައުރެއް ނޯއްނާޔޭތަ. އީސީ ޝަރީފައް ވަރަށް ސަލާމް.
އެމްޑީޕީގެ ލޮބުވެތި މެންބަރުން ހޭއަރާކަށް ނުވޭތޯ. މިކަލޭގެ މީ ހަމަމީހެއްތޯ ބަލަންވެއްޖެ ނޫންތޯ؟
ބޮޑުވަޒީރު ސަރުބަތު ހިއްޕަވާއިގެން ބާ އިއްނެވީ.
އަނެއްކާ ބޮލުހެ ބަޑިޖައްސާފަ ބުނުވި އެއްޗެއް ނޫންބާ.
މައްސަލަ ބަލަންޖެހޭ
ދެބަންދިހާރަކީ އެސޮރުދޯ ކެރަފާ ދޮންބެ އަލަތު ކައިވެނި ކުރިރޭ ބިސްމި ކިޔުމުގެ ބަދަލު ގައި ވެރިކަން ވެރިކަން ކީލެއް ގިނަކަމުން މުޅި ދަރިފަސްކޮޅުގައި ގިނައީ ވެރިކަން ހޯދަން ތެޅިފޮޅޭ މީހުން އިބިލިސް ދެން އަތްޖަހާ
ބުޅާ ގޯނިން ބޭރުވަނީ އަމިއްލައަށް ފަޟީޙަތްވެ ނިމިއްޖެ.އަދިވެސް އިތުރަށް ބޭޒާރުވާނެ.އިންޝާﷲ
ގައުމީ މަސްލަހަތަށް ހުރި ނުރައްކަލެއް އިންިޑިއާ އަކީ.... މިމައްސަލަ ތަހުގީގު ކުރަން ޖެހޭނެ
ކޮމެންޓްސް ތަކުން އެގޭ މި ކިޔަނީ ކޮންކަހަލަ ބައެއްކަން. ކެތެއްނުވާނެ މި ސަރުކާރުގެ ރަންގަޅު ބަހެއް އަޑު އަހާކަށެއް. ހަޖަމު ކުރެވޭނީ ތަސައްރަފު ފުދިގެން.
މިހާރުން މިހާ ރަށް މި ބޮޑު ޖަ ރީމާ ތަޙްޤީޤް ކުރުމަށް ކަމާބެހޭ ހު ރިހާ ފަ ރާތްތަކަށް ގޮވައިލަން.
ބޭރުގެ ނުފޫޒު ރާއްޖެއައް ވައްދައި ދިވެހީންނައް ހަރާމްކޯރުވެގެން ކޯލިޝަން ހަދައިގެން ވެރިކަމައް އައީކަމައް އިއުތިރާފުވީމަ މިހާރު މިހިނގަނީ ޣައިރުގާނޫނީ ވެރިކަމެއްކަން ޔަގީންވެއްޖެ.
މިހާރު މިސަރުކާރު މިއީ ބާޠިލު އެއްޗެއް ކަމަށް ސްޕްރީމު ކޯޓުން ކަނޑައަޅަންވެއްޖެ. އައު ސަރުކާރެއް ހޮވުމަށް އެލެކްޝަނަށް ގޮވާލަން.
ތިޔަ ކުރިކަމެއްވިއްޔާ ކުރީ ޕީޕީ އެމްގެ މީހުން އެމީހުން ބޭނުންނުވާ އެކްކުވެސް ފޮޓެއްކައިރީ ނުހުންނާނެ
كنت
ކައްޒާބު ބިން ކެރަފާ ނަސީދު
ކުރި ކަންތައް ފަޅާއަރަނީ
ކަންތައްތައް ކުރިގޮތް ފަޅާއަރަނީ
މޯދީގެ ވެއްޓުމަކީ ކައުންސިލް އިންތިހާބުން މިވަގު ސަރުކާރު ވެއްޓުންކަމުގައި ލައްވާށިއެވެ އިންޝާﷲ
ތިކަން ސާފުކޮށް ކިޔާދޭން ނޭގޭ މީހަކު މިގައުމަކުނެތް. ތިކަމުގަ އަޅުވެތިވީ މިންވަރުން އަގު އަދާކުރަމުންދަނީ ސިއްރު އެއްބަސްވުންތަކުގެ ދަށުން ގައުމު ވިއްކައިގެން. ތިޔަ މޯދީއާނުލާ މިމީހުން އަރަށް ފެންތިއްކެއްވެސް ނުދޭ. ދެދުވަހުން އެއްދުވަހު އޭނާގެ އުނގަށް ވެއްޓި ތިބެގެން ކިޔޭނުކިޔޭ އެއް ނޭނގި ކޮސްގޮވަމުން ގޮސް ތިކުރި ކަންތައް ފަޅާ އަރުވާލާނެ. ބާޠިލްގެ މައްޗަށް ޙައްގު އަރައިގަންނައިރު ލަހެއް ފަހެއް ނުވާނެ. ވިސްނާބަޔަކަށް އިބްރަތެއް.
އިންޑިއާ އިން ލޮބީކުރިކަން އެއިއުތިރާފުވީ.އެހެންވީމާ މިނިވަން ތަހުޤީގެއް ހިންގަންއެބަޖެހޭ
މަށަކީ އެމްޑީޕީ މެންބަރެއް. ދެންދުވަހަކު ކޮޅުންވެސް އެމްޑީޕީ ކެންޑިޑޭޓަކަށް ވޯޓެއް ނުދޭނަން!!!! ހުސްވަގުން. ރައްޔިތަކަށް ހެވެއް އެދޭ އެކަކުވެސް ނެތް!
ސުބްޙާނަﷲ! ﷲސވ. ގެ ކުޅަދުންވަންތަ ކަން .ފިކުރުކުރާ ބަޔަކަށް ލިބޭނެ ޢިބްރަތްތެރި ފިލާވަޅެއްމީ...ސިއްރުތައް ފަޅާއަރާނީ ހަމަ އެބައިމީހުންގެ ދުލުން. އީސީ ކުރި ކަންތައް އަދި އެމީހުންގެ ދުލުން ކިޔާދޭނެ ދުވަސް ފެންނާނެ. ބާޠިލްގެ މައްޗަށް ޙައްޤު އަރައިގަންނަނީ.
މިސަރުކާރުކުރި ވައްކަން ތަހުގީގު ކުރަން ރަޔަތުން ނިކުންނަން ޖެހޭނީ ވަގުންނެއް ނުނިކުން ނާނެދޯ ވަގުން ނަކީ ކޯލިޝަންގެވެރިން އެމީހުންގެ މަށްޗަށް އެމިހުން ތަހުގީގު ނުކުރާނެދޯ ދެންއޮތީ ރަށްޔަތުންގެ ނިންމެވުން ވަގުތުފާއި ނުވަނީސް ރަސްޔަތުން ގޮތެއްނިންމުން ވަރަށް މުހިއްމު ނޫނީ މުޅިމިދިވެހި ގައުމު ރޯންޖެހިދާނެއެވެ.
ޢިލެކްސަން ސް ކޮމިޝަން ގާ އެތިބީ ވަރަށް އަނިޔާވެރި މުޑުދާރު ބައެއް ކަން ތީގެން އެހާމަ ވަނީ! ޢެމީހުންގެ ފަސްބައި ތާހިރުނޫންކަން އެގި ތިބެ އެފަދަ ބަޔަކު އެމަގާމަށް ގެނެވުނު ކަން އެއީ ވެސް އެޅުއްވި ޅައެއްޗެއް،
މިހާރު މިއޮތީ ވަގުވޯޓްސަރުކާރުބާލަން މަގުމައްޗައްނިކުންނަ ހިސާބައްކަންތައްގޮއްސަ ދިވެހިރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކުންނާއި ސަލާމަތީބާރުތަކުން މިކަންތަޙުޤީޤުވެސްކުރަންޖެހޭ ސާބިތުވާކަމައްވަންޏާ ރައީސްޔާމީނާ ގޮނޑިހަވާލުކޮއް މިކަންކުރިއެންމެންހިފާހައްޔަރުކޮއްޖަލައްލާންޖެހޭ
މިނަސީދުމުޅިގައުމުހަލާކުކޮށްފި
ދައުލަތުގެ ބަންޑާރަނާއިބު މިމައްސަލަ ވަގުތުން ތަހުގީގުކޮށް ފިޔަވަުއަޅަންޖެހޭ. އެހެންނޫނިއްޔާ ރަޔިތުން ނިކުމެ މިކަންތަހުގީގުކުރާނެ. ބަޖާޖު ކިބައިން ގަައުމު ސަލާމަތްކުރަން އެބަޖެހޭ.
ކުރިންވެސް އަހަރެން ބުނިން މިސޮރުގެ އަގައިން މިވާހަކަ ދައްކާނެއޭ! މިސޮރު އަދި ޝަރީފް ވެސް އޮރިޔާން ކުރާނެ!