އައްޑޫގައި ތަރައްޤީ ކޮށްފައިވާ އީކުއެޓޯރިއަލް ހޮސްޕިޓަލް ހުޅުވުން އަނެއްކާވެސް ފަސްކޮށްފިއެވެ.

ކުރިން ނިންމާފައި އޮތީ މިއަދު ހޮސްޕިޓަލްގެ ޚިދުމަތްތައް ފަށާށެވެ. ނަމަވެސް މިހާރު ވަނީ ހޮސްޕިޓަލްގެ ޚިދުމަތްތައް ފެށުން ފަސްކޮށްފައެވެ. ހޮސްޕިޓަލްގެ ޚިދުމަތްތައް ދެން ފަށާނެ ދުވަހެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

ހޮސްޕިޓަލްގެ މަސައްކަތް އެލިއާއާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 14، 2016 ގަ އެވެ.

ޔާމީންގެ ވެރިކަން ނިމުނު އިރުވެސް ހޮސްޕިޓަލްގެ ބޮޑެތި ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ. ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ މިއަހަރުގެ ފެބްރުއަރީ މަހު ހޮސްޕިޓަލް ހުޅުވާށެވެ. ނަމަވެސް ސަރުކާރު ބަދަލުވެ އާސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް ހޮސްޕިޓަލްގެ ހިދުމަތް ފަށާފައި ނުވާތީ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އައްޑޫ އާ ހޮސްޕިޓަލް ހުޅުވުމަށް އެހެން އަތޮޅުތަކުގެ މީހުން ހިމެނޭ ޓީމެއް އެ ހޮސްޕިޓަލަށް ގޮސް ތަނަށް ބަދަލުތައް ގެންނާތީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރާ މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިއީ ޖުމްލަ 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ ލޯނެއްގެ އެހީގައި ހިންގި މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. އދ

  ހޮސްޕިޓަލްގެ މަސައްކަތް އެލިއާއާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 14، 2016 ގަ އެވެ.

  އެންޑިޕީ މީހުން މިތަން ކޮޅު ކިޔާލަބަލަ
  ބުދެނދީބަލަ އެެއްވެސް ހަރު ކަމެއް އިބޫ ފަށައިގެން ކުރިޔަށް ދެތޯ
  ދެން ހުރި މީހާ އާއި ބައިވެރިވެގެން މާ ނޭގޭކަމަށް ހެދިން ދީނަށް ފުރައްސާރަ ކުރުން ކުރިޔަށް ދާކަން އެންެމެނަށްވެސް އެގޭ ..

  34
 2. ާަާަަައަސްލު

  ﷲއަށް ހަމްދުކުރަން
  އަފިރިންގެ ރޔާމިންއަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން..

  41
  1
 3. ކޮތަރުބިސް

  އިންތިހާބާ ވީހާވެސްކާރިކޮށްފަ ހުޅުވަންވެގެން މަޑުޖައްސަނީ އޭރުންތާ ގޫބައްޑާމެން ބޮލައް ޗިޕެއް ލޯޑުކޮށްލެވޭނީ

  39
  71
  • ވަނަން

   ގޫބައްޑާ ޔޯ އޭސް

   65
 4. ކޮތަރުބިސް

  ދުރުވިސްނޭ ސިއާސީ ލީޑަރެއްގެމަސައްކަތް ހުރިހާ މެށިނަރީޒް ހޯދާދީފަ ތަނުގެ މަސައްކަތުގެ ބޮދުބައި ނިންމާފައޮއްވާ ހަވާލުމީހުންނައް އެތަކެތި އަތުރާނުލެވިގެންއުޅެނިކޮށް ދައްދިއްލައިގެން ދެކުމަށޯ ގަޔައް ފޮތިކޯޅެއް އަރުވަނީ ލަދުންބާއޭ ހިތައް އަރާ

  28
  1
  • ޢައިސާ

   ކޮތަރު ބިހައް އެނގޭތަ މެށިނަރީޒް ގެނައީ އިބޫ ސޯލިހުގެ ސަރުކާރުގަ ޗާޓަރު ފުލައިޓަކުން ކަން.
   މކޮމެންޓު ޖަހާނެ ކަމާމެދު ޝައްކު

 5. Anonymous

  ﷲގެ ކުޅަދުންވަންތަ ކަމާއެވެ. ނުޙައްގުން ފޭރިގެންފައިވާ ވެރިކަމުގެ ޙަގީގަތް މިކަލޭގެމެން އަމިއްލަދުލުން ފާޅުކުރަމުން އެދަނީ، ﷲ ކޯފާ ފާޅުކުރައްވަނީ އެކިސިފަސިފައަށް. އިންޑިޔާގެ ހިންދޫ ގެރިލުއްޗާއިންނާއި ގުޅިގެން އީސީގައިތިބި ޢައްދާރުންނަށް ރިޝްވަތުފައިސާގތަކެއް ދީގެން މިގައުމުގެ އެތައް ރައްޔިތުންގެ ޙައްޤު ނުގުޅައިގަނެގެން ވެރިކަން ފޭރިގެންހުރެ ރ.އިބޫސާލިޙުގެ ދެކަނބަލުންނަށް ތަޙުތުގައި ރޭގަނޑުގެ ހަމަނިނިދި ހަމަޖެހިލައިގެން ނިދިކުރެއްވޭބާއޭ ހިތަށްއަރާ؟؟؟ އެހެންވީމަތާ މިފަހަރު ކުރި ހަދިޔާގެ އިނާމަކަށް ދީިފައިވަނީ މުޅި އައްޑު އަތޮޅު، ކުރީފަހަރު ޖީއެމްއާރ.

  26
 6. Anonymous

  ލޯކަލް އިންތިޚާބު ނިމެންދެން ހޮސްޕިޓަލް ހުޅުވެނީ ހުޅުވެނީއޭ ކިޔާލަކިޔާލާތިބޭ، ބޯގަޅި އައްޑޫމީހުން ދެކުމުން ވެދުންކުރަމުންދާނެތާ

  32
 7. ޥނނ

  ބަލަ މުޅި ރާއްޖޭގެ ގިނަމީހުން ރީނދޫ ޕާޓީއަށް ސަޕޯޓްކުރޭ! ބަލާބަލަ މާލޭމީހުންނަށް އެހާގިނަ ކަންތައްތައްކޮއްދީ ބުރިޖުއަޅާދީ ހެދީމަވެސް ރީނދުލަށްވޯޓުދިނީ!އައްޑޫ މީހުންނާދިމާއަށް ގޫބައްޑާއޭތިކިޔަނީ ތީއައްޑޫބަހެއްނަމަވެސް ރީތިވީސް!މިއައްޑޫގަ މަދެއްނުވާނެ އެއްވެސް ޕާޓިއަކަށްސަޕޯޓްނުކުރާމީހުންވެސް.ތަންދޮރުނުފިލާ ގަމާރުންއިނގޭތޯ މީހުންނަށް ވަނަންކިޔަނީވެސް. ފާޑުކިޔަންޔާ ރީތިގޮތުގަ ފާޑުކިޔާށޭ އެހެންނޫނީ އެހެންމީހުންގެ އަގެއްނޫނޭވެއްޓޭނީ ތަމެންގެ އަގޭ ވެއްޓޭނީ!

  108
  2
 8. ހުސެން

  އައްޗި ލަދުން ބޯ ހަލާކި،މިއީ ސަރުކާރުގެ ފެންވަރަ.ކަޑަ ސަރުކާރެއް.އައްޑޫ މީހުން އަތުން އެމްޑީޕީ އަށް ވޯޓު ހޯދާވެގެން ކޮޅަނަ ގޭމަށް ،އައްޑޫ މީހުނޭ ތެވެރިޔަ ވިސްނައު.ދެކުމާއު ކޭފައި މި އެމްޑީޕީ އިން މިކޮޅަނަ ސިޔާސީ ދަންތަރާ ނިޖެހެއު.

 9. ޢައްޗި

  ޢައްޑޫ ތަރައްޤީ ނުވަނީ އައްޑޫމީހުންގެ ސަބަބުން، ކިރިޔާ ފައިސާކޮޅެއްހުރި އައްޑޫ މީހެއްވިއްޔާ ބޭނުންވަނީ މާލޭގައި އުޅެން، އަމިއްލަ އުމްރާނީ ތަރައްޤީއެއް އައްޑޫއަކުން ނުފެނޭ ، އޮތީވެސް އިނގިރޭސިން ކުރިމަސައްކަތެއް، ކަތްނެއް ބައެއް

  1
  1
 10. ސީނުކަރަ

  އައްޑޫ މީހުން އެމީހުންގެ ބޮޑާކަންމަތީ ތިބޭ
  ކޮންމެ ވޯޓެއް ކާރިވީމަ އައްޑޫ މީހުންނައް ލިބޭނެ އަނދުން ހެނދުނު އަނދުން ލޮލުގައަޅައިގެން ދާނީ ވޯޓުލާން ނިމިގެން ގެއައްގޮސް ފެންވަރާއިރައް އެދިޔައީ އެކަން ދެން ލާލަލާ

 11. ޢަލީ

  ބަލަން ތިބޭ. ދެން ތިޔަ ތަަން ހުޅުވާނީ ލޯކަލް ކައުންސިލް އިންތިޚާބަށް

 12. އައްޑޫ މީހާ

  ތިޔަ ހޮސްޕިޓަލަށް ޔާމީންގެ ދަރުކާރުގަ ގެނެސްފައިވާ ތަރައްގީފެނި އާޝޯޚްވީ މީހުން އެބަތިބި މިހާރުގެ ސަރުކާރުން ބޭނުންވަނީ ތިތަން ނުހުޅުވާ ތިތަން ފަނާވާން ދޫކޮށްލަން ސަބަބަކީ ތިތަނުން ލިބޭ ޙިދުމަތް ރަނގަޅުވެއްޖެ ނަމަ ހުވަދޫއިން ފެށިގެން މީހުން އައްޑޫއަށް އަންނަން ފަށާނެ އޭރުން މާލެއަށް މީހުން ދިއުން މަދުވެދާނެތީ ޖަހާމަޅި ދެވަނަކަމަކަަށް މިސަރުކާރުގެ ރޭވުމަކީ ތިތަނުގައި ބަހައްޓަން ގެނެސްހުރި މެޝިނަރީސްތައް ގެއްލުވާލުން އައްޑޫގެ ރައްޔިތުންނަށް ފައިދާ ވާގޮތަކަށް އެއްވެސްކަމެއް ޔާމީނުގެ ސަރުކާރުން ނޫނީ އަދި ކޮށްދީފައި ނުވޭ އެހެންވެ އެކަމާ ހަސަދަވެރިވަނީ އެމް.ޑީ.ޕީ މީހުން ތިބޭނެ އަތްޖަހަން ހެޔޮ އެއްވެސް ކަމެއް ކޮަަށްނުދިނަސް