ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ވާން އުޅުނު ފިރިހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް އިމްގްރޭޝަނުން ވިދާޅުވީ، ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެ ވާން މަސައްކަތް ކުރި 31 އަހަރުގެ ބިދޭސީ ފިރިހެނަކު ހުއްޓުވާފައިވާ ކަމަށެވެ.

އޭނާ އާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ވަގު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާން އުޅުނު ގިނަ އަދަދެއްގެ ބަޔަކު އިމިގްރޭޝަނުން މިހާތަނަށް ވަނީ ހުއްޓުވާފައެވެ.

ވަގު ޕާސްޕޯޓް ނުވަތަ ސައްހަ ނޫން ލިޔުންތައް ބޭނުން ކޮށްގެން މީހުން ދަތުރު ކުރުމުގެ މައްސަލައަކީ 1960 ގެ ކުރީކޮޅުން ފެށިގެން ފެންމަތިވަމުން އަންނަ މައްސަލައެކެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަމަާ

    އެތެރެ ވާން އުޅޭނީ، އެތެރެ ވެވޭތީ !! ތިގޮތައް އެތެރެ ވެފަ ކިތައް މީހުން ހުންނާނެ ؟؟

    5
    1
  2. ދަތްދޫނި

    ތިވާނީ އައި އެސް އެސްގެ މީހަކަށް. މިތަނުގައި ލޭ އޮހޮރުވަން އަންނަ ބަޔަކަށް ވުން އެކަށީގެންވޭ.

    1
    1