ހދ. ކުޅުދުއްފުށީ ފާޅު ބޯޓުގައި މާލެ ދަތުރު ކުރަމުންދަނިކޮށް ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯދުމުން ދިޔަ މީހާ ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ ހދ.ކުޅުދުއްފުށި، ރީގަލް، ޔޫސުފް މޫސާ(55) އެވެ. އެ މީހާއަށް ފަރުވާ ދެމުން ދިޔައީ ހޮޅުދޫ ސިއްހީ މަރުކަޒުގަ އެވެ.

އޭނާ ނިޔާވީ އިތުރު ފަރުވާ އަށް ސީއެމްބިއުލަންސްގައި މާލެ ގެންނަނިކޮށެވެ.

އެބޯޓަކީ ކުޅުދެއްފުށިން ފުރައގެން މާލެ އައި ބޯޓެއް ކަމަށާއި، އޭނާ ސްޓްރޯކް ޖެހިފައި ވަނީ ނ. ހޮޅުދޫ ކައިރީގައި އޮއްވައި ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ހޮޅުދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުގެން ހުންނަވާ އަހުމަދު ފާރިޝް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޔޫސުފް މޫސާ އެރަށަށް ގެނެސް ފަރުވާ ދޭމުން ދިޔައިރުވެސް ހާލު ސީރިއަސް ކަމަށާއި އެވަގުތު ދެން ނިންމީ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް މާލެ ގެނައުމަށް ކަމަށެވެ. އަދި ސީއެމްބިއުލާންސްގައި މާލެ ގެންދަނިކޮށް 1:30 ހާއިރު އެމްބިއުލާންސްގައި ތިބި މީހުން ގުޅައި އޭނާގެ ހާލު ސީރިއަސް ކަމަށް ބުނެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އޭރު އެމްބިއުލާންސް އޮތީ ޅ. ނައިފައރު ކައިރީގައި ކަަމަށާއި އެވަގުތު ޅ. ނައިފަރަށް ވަނުމަށް އިރުޝާދު ދީފައިވާނޭ ކަމަށާއި، އޭގެ އިރުކޮޅެއް ފަހުން އޭނާ ނިޔާވި ކަމުގެ ހަބަރު ދީފި ކަމަށް ފާރިޝް ވިދާޅުވިއެވެ.

ފާރިޝް ވިދާޅުވި ގޮތުގައި އެރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދިޔަ އިރުވެސް އެމީހާގެ ހާލު ވަރަށް ސީރއަސް އެވެ.

ޔޫޞުފް މޫސާ ވަޅުލުމަށް ހަމަޖެހިފައިވަނީ މިއަދުގެ ޢަޞްރު ނަމާދަށް ފަހުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޯދުޔޫސުބު

    ރާއްޖޭގެ ސިއްޚީ ނިޒާމު މުޅިން ފެއިލް ވެއްޖެ

    30
    6
    • އާދަނު

      ސިއްހީ ނިޒާމުވެސް ރަނގަޅެއް ނޫން. އެހެން ނަމަވެސް ސްޓްރޯކަކީ އާދައިގެ ކަމެއް ނޫން. ދުޅަހެޔޮކޮށް ދިރިއުޅެވޭ ވެއްޓެއް ނޫން މިހާރު މިއޮތީކީ.

  2. އަހުމަދު

    ސްތރޯކު ޖެހުމަކީ ސިއްހީ ނިޒާމުގެ މައްސަލައެއްތަ؟

  3. ހިތާމަ

    މަރު ސަރު ކާ ރު

  4. އެދުރު

    އެއީ ބޯޓު ފަޅުވެރިއެއްނޫން ދަތުރު ކުރި ފައިސަންޖޯރެއް

  5. ދޮންބެ

    ކޮބާ ބާ އިންޑިޔާގެ ހެލިކޮޕްޓަތު

  6. ާަޕޮގުބާ

    ރާއްޖޭ ގެ ނުބައިޖާހިލު ވެ ރިކަމެއްމީ

  7. އައިޝާ

    މަރުހޫމްގެ ފުރާނައަށް ހެޔޮރަޙްމަތްލައްވައި ސުވަރުގޭގެވ މަތިވެރި ނިއުމަތް މިންވަރުކުރައްވާދޭވެ. އާއިލާއަށް ކެތްތެރިކަންވ ދެއްވާނދޭވެ.

    4
    1
  8. މީހާ

    ބޮޑެތި ބަލިތަކައް ފަރުވާހޯދަން މާލެއައް...މިނޫންގޮތެއް ނެތީތޯ...މީ ވަރަށް ދެރވަރުގެ ކަންކަން...ކޮންމެ އަތޮޅެއްގަ އައިޖީއެމްއެޗު ފެންވަރުގަ ހިދުމަތްދޭ ތަނެއް ހަދާދީބަލަ...ވެރިކަމައްއައިސް މީހުން ޖަލައްލީމަ ނިމުނީކީ ނޫން...
    މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި..ޢަދި އާއިލާއަށް ކެއްތެރިކަން މިނވަރުކުރައްވާށި..އާމީން..

  9. އަޙުމަދު

    ޞިއްޙީ ނިޒާމް ފެއިލްވެފައިވަނީ އެކްޓިވިސްޓުންލައިގެން ޞިއްޙީ ނިޒާމް ހިންގަންއުޅޭތީ !

  10. ދަންސޫރަ

    ގުންގުޑާ ސަ ރުކާ ރު މުޅިގައުމް ބިކަވެއްޖެ