ދީނީ ހަރުކަށި ފިކުރު ފަތުރާކަމަށާއި، ބޭރުގެ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާކަމުގެ ތުހުމަތު ކުރެވޭ މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އަމީން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ މ. ވޯލްނަޓްގެ އިންނެވެ. އޭނާ ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ދިޔައި އިތުރު ކުރަމުންނެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އެވެ.

އަމީން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ ދައުލަތުން އެގޮތަށް އެދުމުންނެވެ.

ފުލުހުން ވިދާޅުވީ، އަމީނާއަކީ ގިނަ ދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް ހަަނގުރާމައަށް މީހުން ފޮނުވަައި، އެކަމަށް ހިތްތަރުދީ އެކަމުގައި އަމަލީގޮތުން ހަރަކާތްތެރިވަމުން އަންނަ މީހެއް ކަމަށެވެ.

އަދި މީގެ އިތުރުން، އޭނާއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖީ ސަޕޯޓް ދިނުމާއި، ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސް ފަރާތްތަކާއި ގާތް ގުޅުމެއް ބާއްްވާ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަމީންއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިސިސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.

މިއީ ޓެރަރިޒަމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކާއެކު ޓެރަރިޒަމްގެ ދައުވާއެއް މިޤާނޫނުގެ ދަށުން މީހެއްގެ މައްޗަށް ކުރެވޭ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސޭފް

    ވާނުވާ އޯކޭ މިހާރު؟

    3
    1
    • އަމްޖޭ

      ކަލޯ އާރާއި ބާރު ލިބުމުން ކުރިން ދެއްކި ވާހަކަތައް ހަނދާން ނައްތާލައިފި. މި ތިބަ ލާދީނީންތައް.

      1
      1
  2. މޭނާ

    ނިރުބަވެރި ޖަހާއިރު ސާބިތު ވެސް ނުވޭ...ވަގު ޔާމީނު، ޑުރަގު މުައާ، ނޫނީ ރާބޯ ޖާބިރު ޖަހަން ވީ ނުން ދޯ...އަމީނު ނިކަމެތި މީހެއްގެ ދަރި ވީ މަ، އަޑުގަދަ ކުރާނެ މީހެއް ނެތީ މަ ދޯ.މިދުވަސް ދަކަވާނެ މިލިޔާމީހާއަަށް

    7
    2
    • އަސްމަދު

      ނިކަމެތިންގެ ޙައްޤުތައް މައްޗަށް ފައިން އަރާ ސަރުކާރު މި.

      1
      1
  3. ޙަސަނު

    ޚކޮބާތިކިޔާމަޒީދު

    1
    1