ވަޑާންކުރުމަށް ބޭނުން ކުރާ ކަޓޯފެއް ވަގަށް ނަގައިގެން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާލުވީ އެދެމީހުން ހައްޔަރުކޮށްފައި ވަނީ މިއަދު ބުރުޒު މަގު ކެފޭއެއް ކައިރިން ކަަމަށެވެ. އަދި އެދެމީހުން ހަރަކާތްތައް ހުރިގޮތުން އެފަދަ ކަމެއް ޝްްކުވެގެން ބެލި އިރު އެމީހުންގެ އަތުން ކަޓީޯފެއް ފެނިފައިވާ ކަމަށާއި އެ ކަޓޯފް މިހާރު އޮތީ މާފަންނު ޕޮލިސް ސްޓޭޝަނުގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 38 އަހަރުގެ އަދި 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

ފުލުހުން ވިދާޅުވީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.

ކަޓޯފްގެ ވެރިފަރާތެއް މިހާތަނަށް ހޯދިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ދުވަސްކޮޅަކީ ސުޚުލް ބަންދު ދުވަސްކޮޅެއް ކަމުން ޗުއްޓީ އަށް ދިއުމުގައި އަދި އަގުބޮޑެތި މުދާ ގެންގުޅުމުގައި ސަމާލުވެ، އަގުބޮޑެތި މުދާ ބަހައްޓާފައި ހުންނަ ތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން އިތލްތިމާސް ކުރެއެވެ.

ފުލުހުން ވިދާލުވީ މި ފަހަކަށް އައިސް މާލެއިން ވައްކަމުގެ ކޭސްތައް ރިޕޯޓް ކުރެވެމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.