ބޭރުގެ އެއްވެސް ގައުމަކާ ޖައްސާލައިގެން ރާއްޖެއަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ރާއްޖެއާއި އެންމެ ގުޅުން ބަދަހިކޮށް އޮތް ޗައިނާ އާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން ހީނަރުވާފަދަ ވާހަކަތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާތީ އެކަމާއި ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދު ވަނީ ޗައިނާ އިން ބޮޑު އެހީތެރިކަމެއް ދީގެން ހުޅުމާލެ އާއި މާލެ ގުޅާލާ ސިނަމާލެ ބްރިޖު އަޅައިފައިވާ ގޮތުގެ އިތުރުން ޗައިނާ އަށް ރާއްޖެ އަރައި އޮތް މިންވަރާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ފަދަ ވާހަކަފުޅުތަކެއް އިންޑިއާގެ މީޑިއާތަކާއި ހިއްސާކުރައްވާފައެވެ.

އެކަމަށް ފާޑު ވިދާޅުވެ އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެއްވެސް ގައުމަކާއި ޖައްސާލައިގެން ނުވަތަ އެގައުމެއްގެ އުނގައް ވެއްޓިގެން ކުރާ ކަމަކުން ގައުމަށް ވާނެ ފައިދާ އަށްވުރެ ގެއްލުން ބޮޑު ކަަމަށެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތައް ވާންޖެހޭނީ ގައުމުގެ ސިޔާދަތަށް ގެއްލުން ނުވާނޭހެން ކަމަށާއި، އެހެން ގައުމުތަކާ ގުޅުން ބަދަހި ކުރަން ވާނީ ރާއްޖެއަށް ގެއްލުން ނުވާނޭ ހެން ކަަމަށެވެ.

އިންޑިއާގެ މީޑިއާތަކަށް ދެއްވި ބަސްތީގަތުމުގައި ރައީސް ނަޝީދު ވަނީ މީގެ ކުރިން ސަރުކާރުން އޮތީ ވަރަށް ބޮޑަށް ޗައިނާ އަށް ވިކި ހުސްވެފައި ކަމަށް އިންޑިއާގެ މީޑިއާތަކާއި ބައްދަލުކުރައްވައި ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ރާއްޖެ ސަރުކާރުން އެގައުމަށް ދައްކަން ޖެހެނީ ހަމައެކަނި 1.5 ބިލިއަން ޑޮލަރުކަމަށް ބުނަމުން ދިޔަ ކަމުގައި ވީނަމަވެސް ޕްރައިވެޓް ލޯނު ތަކާއި ސްވޮރިން ގެރެންޓީ ފަދަ ލޯންތައް އެކޮށްގެން 3.5 ބިލިއަނަށް އަރާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޗައިނާ އިން ނަގާފައި ހުރި ލޯންތައް ދެއްކުން ނޫން އެހެން ގޮތެއް ނެތް ކަމަށާއި، ސަބަބަކީ ޗައިނާއިން ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓުވޭނެތީ ކަމަށެވެ.

ރައީސް ނަޝީދު ވަނީ މީގެ ކުރިން ރައީސް ޔާމީނުގެ ސަރުކާރުގައި ރާއްޖެއާއި އެކު ވެފައިވާ ޕްރީ ޓްރޭޑް އެއްބަސްވުން ވެސް ކުރިއަށް ނުދާ ކަމަށާއި އެކަންވެސް އޮތީ "މަރުވެފައި" ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަނަމަނަ

    ދިވެހިންނައްވިސްނޭއިރު ރ ނަޝީދު އިންނާނީދިވެހިން ވިއްކާނިންމާފަ

    6
    1
  2. ގުދޯގުދޯ

    ގުދޯގުދޯ ނުގޮވާ ދެފައިދޮވެގެން އަރާ ނިދާބަލަ...

  3. ނަރެލް

    ގަތަރުވެސް އެއއީ ގައުމެއްކަމަށް މަހީކުރީ އެކަމަކު މިހާރުއެނގިއްޖެ އެއީ ކުންފުންޏެއްކަން