މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވި މައްސަލަ ދައުލަތުގެ ކަމާބެހޭ ވުޒާރާތަކުން ތަހުގީގު ކުރަން ޖެހޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ނައިބުކަމަށް ކުރިމަތިލެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލަ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ އިންޑިއާ އަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް، ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ މީޑިއާތަކާއި ބައްދަލުކުރައްވައި ދެއްވި ބަސްތީގަތުމެއްގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް އެގައުމުން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށް ވިދާޅުވުމާއި ގުޅިގެންނެެވެ.

އިންޑިއާ އިން ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް ނަޝީދު އިއުތިރާފުވީ މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ޓީވީ ޗެނަލްއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

ނަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު އިދިކޮޅު އައިއިރު އިދިކޮޅުގައި ތިބި ފަރާތްތަކަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަށް އެއްވެސް ބަޔަކު ހީނުކުރާ ކަމަށެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އިންޑިއާ އިން ގަބޫލުކުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެކަކުވެސް ހީނުކުރޭ އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް. އެންމެން ހީކުރީ އިންތިހާބު އޮންނާނީ އޮޅުވާލާފައި ކަމަށް. އަޅުގަނޑުމެއްނަނސޤ ކާމިޔާބު ލިބޭނެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށް ހީކުރެވުނު." ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް އިންޑިއާ އޮފިޝަލުން އަދި ޑިޕްލޮމެޓުން ގަދަޔަށް މަސައްކަތް ކުރިކަމަށް ނަޝީދު ވިދާޅުވިއެވެ. "ކުޑަކުޑަ ފުރުސަތެއް ތަނަވަސް ކޮށްދީފި ކަމުގައި ވާނަމަ، އެމްޑީޕީއަށް އިންިތހާބު ކާމިޔާބު ކުރެވޭނެކަން އިންޑިއާ ސަރުކާރަށް އެނގޭ" ނަޝީދު ވިދާޅުވިއެވެ.

މިމައްސަލަ އާއި ގުޅިގެން ގިނަ ބަޔަކު ދަނީ އިންޑިއާ އަދި ރައީސް ނަޝީދަށް ފާޑުކިޔަމުންނެވެ. އެގޮތުން އިދިކޮޅުގެ ގިނަ ބަޔަކު ވަނީ މި މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަރީމް

    ހަރާން ވެރިކަމެކޭ ފެށުނީއްސުރެ މިކިޔަނީ އެހެންވެ. ވޯޓުން ވައްކަންކުރި ވާހަކަޔާއި ، އިންތިހާބުގެ މައްސަލަތަށް ހިފައިގެން ދިޔާމަ ކަންވެގެން ދިޔަގޮތްވެސް އަދި އެނގޭނެ. އެކަންކަމުން ބަރީއަވެގެން ތިބެވިދާނެކަމަށް ބުއްޅަބެ ހީވެދާނެ.

    20
    1
  2. ހޯރަ ބޭ

    ފުރަތަމަބަލަންވީ ޔާމީން ކޯޓަންގޮސް ގެން ހޯދިވެރިކަން ވޯޓްއޮޅުވާލި މައްސަލަ ހެހެހެހެ

    1
    27
  3. ބޮނަ

    ސިޔާސީ އުރައްޕެއް ނެތް ނަމެއްގައި ދީނީ ތާކިހާ އަޅާގެން އުޅޭ މީހުން ބުނާހާ މައްސަލައެއް ބަލާކަށް ނުޖެހޭނެ.

  4. ސލ

    ނިމިދިއަ ރިޔާސީސީ އިންތިޚާބު ގަޑުބަޑުކޮށް އޮޅުވާލުމުގައި
    އިންޑިއާގެ އެހީ ލިބިފައިވާނަމަ އެކަންތަހްގީގުކުރުމަށް ދިވެހި
    ސަރުކާރަށް ގޮވާލަމެވެ. އަދި އަވަސް އިންތިޚާބެއް ބޭއްވުމަށާއި މިހާރުގެ ސަރުކާރަކީ ޣައިރުޤާނޫނީ ސަރުކާރެއް
    ކަމަށް ކަނޑައަޅައި އެކަން އިއުލާން ކުރުމަށް ގޮވާލަމެވެ.

    7
    1
  5. އަހުމަދު

    މިސަރުކާރަކުން ތިޔަކަމެއް ނުބެލޭނެ އެއީ މިހާރު މިތާ މިހިނގަނީ އިނޑިޔާގެ ވެރިކަމެއް އެއުޅޭ ބުއްޅަބެ ބުންޏެއްނު މޯދީގެ ލޮލާ ބުއްޅަބެގެ ލޮލާ ދިމާވީމަ ހުރިހާ ކަމެއްވެސް ވެޔޭ ދެން ކިހިނެއް ތިކަންތައް ބަލާނީ ان شاء الله އަދި މިނޫން ދުވަހެއް ދައްކަވާނެ އެދުވަކުން ތިކަން ވެދާނެ ޔާ الله މި މުސްލިމް ދިވެހިރާއްޖެ މި ލާދީނީ ބައިގަނޑުގެ ކިބައިން މިރާއްޖެ ސަލާމަތް ކުރައްވާ އަޅމެނައް މިރާއްޖޭގާ ހަމަމަޖެހުމާ އަމާންކަން މިންވަރުކޮއްދެއްވާދޭނވެ اَمِين يَا رَبَّ الْعَالَمِيْن

  6. ?ރޮނޑާ

    ކޮސްނުގޮވާތި. ރައިއްޔަތުންގެ ފުރިހަމަ ތާއީދާއި ލޯބި ލިބި ގެން ހިންގާ މޫރިތި ސަރުކާރެއް. ވަގުން ތިބޭނީ ޖަލުގައި . ޓެރަރިސްޓު ހަރަކާތް ހިންގާ މީހުން ތިބެން ޖެހޭނީ އަރުވާލެވިގެން ނޫންނަމަ ޖަލުގައި. ބެނުންހާ ސަކަރާތެއް ދެނެއް ނުޖެހޭނެ.