މާލެ އާއި ތިލަފުއްޓާ ދެމެދު އަޅާ، "ގްރޭޓާ މާލެ ކަަނެކްޓިވިޓީ ބްރިޖު"ގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ، މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖާ ގުޅޭ ގޮތުން މިއަދު ދަރުބާރުގޭގައި ބޭއްވި މަހާސިންތާއަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

"ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ސަރުކާރުން ބާރަށް ކުރިއަށް އެބަ ގެންދަން. އަދި ސަރުކާރުން، އަމަލީ މަސައްކަތް ފަށައިގަންނާނީ، ބްރިޖް އެޅުމަށް ރާވަން ޖެހޭ އެންމެހާ ކަންކަން ރާވާ ނިންމުމަށް ފަހު." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، އަސްލަމް ވިދާޅުވީ، އުންމީދު ކުރަމުން މިދަނީ އަންނަ އަހަރުގެ ތެރޭގައި ބުރިޖުގެ މަސައްކަތް(ސައިޓުގެ މަސައްކަތް) އަމަލީ ގޮތުން ފެށުމަށް ކަމަށާއި، މިހާތަނަށް ބޭނުންވާ ޑިޒައިން މަސައްކަތާ އަދި ޓެންޑާ ކުރުމަށް ބޭނުންވާ ކަންތައްތަކަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި މި ބްރިޖް ވާނީ ކޮލަމް ޖަހައިގެން އަޅާ ބުރިޖަކަށް ކަމަށާއި، މާލޭން ފެށިގެން ގޮސް ވިލިނގިއްޔަށް ކަނެކްޓު ވާނެ އެލައިންމަންޓް އަދި ވިލިނގިލިން ގުޅިފަޅަށް، ގުޅިފަޅުން ތިލަފުށްޓަށް (ގުޅުވާލާ) އެލައިންމަންޓް މި ބުރިޖުގައި ހިމެނޭނެ ކަމަށެވެ.

މާލެ އާއި ވިލިނގިލި އަދި ގުޅީފަޅު ގުޅައިލާނެ ބުރިޖު އެޅުމުގެ މަސައްކަތް ފަށަން، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައިވެސް ވަނީ ހިމަނާފައެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، މަޖިލީހުގައި ބަޖެޓް ބަޔާން އިއްވަވަމުން ވިދާޅުވެފައިވަނީ މާލެއާއި ވިލިނގިލި އަދި ގުޅީފަޅު ބުރިޖަކުން ގުޅާލުމުގެ މަޝްރޫއު އަންނަ އަހަރު ފަށަން ނިންމާފައިވާ ކަމަށާއި އެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 411 މިލިއަން ރުފިޔާ ކަމަށެވެ. މީގެ އިތުރުން، މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅީފަޅު ބްރިޖަކުން ގުޅާލުމަށް ޔޫއޭއީގެ އަބޫދާބީ ފަންޑުން އެހީވާނެކަމުގެ ޔަޤީންކަން ދީފައިވާ ކަމަށް ސަރުކާރުން ކުރިން ވަނީ ވިދާޅުވެފައެވެ.

ޖޫން މަހު ސަރުކާރުން ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ގައި ސަރުކާރުން ވިދާޅުވީ ބްރިޖު އެޅުމުގެ އިތުރުން މާލެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށް 488 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.5 ބިލިއަން ރުފިޔާ) ބޭނުންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    އިންޑިޔާ މީހުން. ލައްވާ ތިބުރިޖު އަޅާފިނަމަ ތި ބުރިޖުން ދަތުރުކުރުން ރައްކާތެރިއެއްނޫން މިހާރުވެސް އިންޑިޔާގެއެތައް ބުރިޖެއް ވެއްޓިއްޖެ.

    31
    1
  2. ޕިންކީ

    ޕިންކީ ކުދިންކޮޅު ދެންފަހެ، ބުނާނެ ތިޔާ ބުރިޖު ހަދައިފިޔާ ތިމަން އެކޮޅުކޮޅުން އޮވެ ސެލުފީނަގާނަމޭ .... ހަހަހަ. ޔާމީނުގެ ހުކުމް ނިމޭއިރަށް އިބޫ ސާލިހު ލައްކަ ގިނަ އިންގިލާބު ގެނަސް ދޭނެ. އެކަމު އެއީ ޔާނު ހެދިހެން މާލިޔައްތު ދަރަނިވެރި ނުކޮށް.

    10
    55
    • އަބުލޯ

      ނު ވާ ނެ ތީ ސައުން ސިލް އިންތިޙާބުގެ ކެމްޕޭން ނު ވާނެ

    • އައިޝާ

      މަ ހިތައް އަރާ މިިިިިިިިރީންދޫ ބައިގަނޑު ހިއްސުތައް ހަމަ ބާ ވައޭޭޭޭޭ

      11
    • އަބުލޯ

      ދިވެހިރާއްޖެ މާލިއްޔަތު ގާ މިހާރު އޮތީ ތޮށިގަނޑު ،

    • އަންމަކަޅޭ

      އާނ! ތިއޮއް އިންޤިލާބުތައް ގެންނަނީ! 32 ބިލިއަން ރުފިޔާގެ އެއްކޮށް ދިރުވާލިއިރުވެސް ރައްޔިތުންނަށް ކޮށްދިން ކަމެއްނެތް! މި ނެގޭ އަހަރު 37 ބިލިއަން ކައިލުމަކީ ހާދަހައިވާ ބޮޑު އިންޤިލާބެކޭ! ކަލޭމެންނަށް ތި ހީވަނީ ބުރިޖެއް އެޅުމަކީ ކުޅޭކުޅޭ ކަމެކޭ! 400 މިލިއަނަށް ތިކަމެއް ނުވާނެކަން ޔަޤީން!

      10
      1
  3. ޤަމަރު

    ތިޔައީ ރައީސް ޔާމީން ، ޕްލޭންކޮށް ކުރެހުންތައްވެސް ނިންމާ ފަންޑުލިބޭނޭގޮތްވެސް ހަމަޖައްސަވާފަ އޮތް މަސައްކަތެއް! ރައީސް ޔާމީން މިއަދު ވެރިކަމުގައި ހުންނެވިނަމަ މިހާރު ތިމަސައްކަތް އޮތީހީ ފެށިފަ! މި ސަރުކާރަކަށް ތިކަން ވާނެޔެކޭ ހިޔެއް ނުވޭ!

    42
    2
  4. ޠ

    ތިޔަ ބްރިޖައް ޚަރަދުވަނީ 432 މިލިއަން ޑޮލަރު ތިޔަ ބްރިޖުގެ ކުރެހުމާއި ޚަރަދުގެ ތަފްސީލް 2018 ސެޕްޓެމްބަރ ގައި ވަނީ އާންމު ކޮއްފަ ޢޭ އައި ޑީބީގެ އެހީގައިއެކަން ކުރީ އަދިފަހުން ޗައިނާ މީހުން ވަނީކަނޑުގެ ދިރާސާ ކޮށްފައި އެމީހުން ތިބީ ތިޔަކަން ކޮށްދޭ ގޮތަށް ނަމަވެސް މިހާރު ނޭގެ ވާނެ ގޮތެއް

    29
    1
  5. ޯޮޮތތތތ

    ޢިންތިހާބާއި ކައިރިވާ މަންޒަރު ތިފެންނަނީ. ތިޔަބުލަކަށް ވާނެ ކަމެއް ނެތް ކުޅިބެލުން ނޫން،

  6. ކާފަ

    ކަރޯ ÷ޕިންކީ ލާރި ކޮބައިތޯ، އިނޖިނޭރިންގ ކޮބައިތޯ،

  7. ރާޅު ބޯއީ

    ރައީސް ޔާމީންގެ މާސްޓަރ ޕްލޭނެއްތީ. ތިކަން ކުރުމުގެ ހުރިހާ ކަމެއް ނިމި ބަޖެޓްވެސް ހަމަޖެހިފަ އޮތް ކަމެއްތީ. މީހުންނަށް އޮޅުވާލަން ނޫލޭއްޗޭ

  8. ކާފަ

    ތިކަން ދެންވެސް ވާނީ ޗައިނާގެ ސުއިސުއިސުއިސީއަށް..

  9. އަޒޫ

    މެކުނު ފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނެ.