މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބަށް އިންޑިއާއިން ނުފޫޒު ފޯރިވިކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅު އެމަނިކުފާނު އަމިއްލަ ފުޅަށް ތަރުޖަމާ ކުރައްވައިފިއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުގައި ދެއްކެވި ވާހަކަތަކުގެ މާނަ އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ.

އެމަނިކުފާނު އިންޑިއާގެ ޓީވީ ޗެނަލަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު އިދިކޮޅު އައިއިރު އިދިކޮޅުގައި ތިބި ފަރާތްތަކަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަށް އެއްވެސް ބަޔަކު ހީނުކުރާ ކަމަށެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އިންޑިއާ އިން ގަބޫލުކުރި ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީ އަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް އިންޑިއާ އޮފިޝަލުން އަދި ޑިޕްލޮމެޓުން ގަދަޔަށް މަސައްކަތް ކުރިކަމަށް ނަޝީދު ވިދާޅުވިއެވެ. "ކުޑަކުޑަ ފުރުސަތެއް ތަނަވަސް ކޮށްދީފި ކަމުގައި ވާނަމަ، އެމްޑީޕީއަށް އިންިތހާބު ކާމިޔާބު ކުރެވޭނެކަން އިންޑިއާ ސަރުކާރަށް އެނގޭ" ނަޝީދު ވިދާޅުވިއެވެ.


އެވާހަކަތައް ތަރުޖަމާ ކުރައްވައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ އެއްވެސް އިންތިޚާބަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ. އަދި 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބަކީ މިނިވަން އިންތިޚާބެއްގެ ގޮތުގައި ބޭއްވުމަށް އިންޑިއާވެސް ހިމެނޭ ގޮތަށް މުޅި ބައިނަލްއަގުވާމީ މުޖުތަމައު ގޮވާލި އިންތިޚާބެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ޝުކުރުވެރިވަން ބައިނަލް އަގުވާމީ ގޮތުން ރާއްޖެއަށް ދިމާކުރުވި ޕްރެޝަރަށް. އޭގެ ސަބަބުން ރާއްޖޭގައި ބޭއްވިގެން ދިޔަ އިންތިޚާބުގައި ވޯޓު ލާފައިވަނީ މިނަވަންކަމާއެކު،" ނަޝީދު ވިދާޅުވެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސެން

    އެއްކަލަ މާނަ އޮޅުވާލީ އިންޑިއަން ޑިޕޮލެމެޓްސް ވާ އިން އިިޓު؟ވަޓު އިޒު އިޓު؟އޯ ޔޫ މީން އީޓު ޑޮލަރު އިޒި އިޓު؟

    18
  2. Anonymous

    ކޮންތަރުޖަމާއެއް ކުރާކަށްތޯ، ތަރުޖަމާއިންވެސް ދޭހަވަނީ އިންތިޚާބު ޔަހީނުންވެސް ކާމިޔާބުކުރަން އިންޑިއާގެ ގެރިއާލާތުން އެބުނި ކުޑަފުރުސަތެއް ފަހިކޮށްދީފިއްުާޔާއޭ އެބުނި ފުރުސަތަކީ އީސީ ގުރޫޕުގެބަނޑަށް ރިޝްބަތު ޑޮލަރތަކެއް އަޅަން އެމީހުން އެއްބަސްކުރުވުން ކަން މުޖައްރިބު

    27
    1
  3. ވިސްނާލުމަށް އެދެމޭ

    އިންޑިޔާއަށް ކީއްތަ އިދިކޮޅަށް އިންތިހާބު ކާމިޔާބު ނު ވިނަމަ...އެމީހުން ވިސްނަންޖެހޭތަ އިދިކޮޅަށް އިންތިހާބު ކާމިޔާބު ކުރެ ވޭނެގޮތެ..އެހެން ވީމަ ނުފޫޒެ ނުފޯރު ވާތާ....ވައްކަންކޮއްގެން މިސަރުކާރު ގެނެއްސަމިއޮތީ...އިސްތިއުފާދީފަ އަލުން އިންތިހާބު ބާއް ވަން އިބުރާހިމުއަށް މަޖުބޫރުވޭ...ރޔާމީންގެ ހައްގުތަކަށް އަރައިގެން ތިތިބީ...ރައްޔިތުންގެ ނިންމުން ސާފުވާންޖެހޭ...ވަހުމުގެ ސަރުކާރެއްގަ ރައްޔިތުންނަ އިންސާފެނެތް....ﷲއަށް ބިރު ވެތި ވާކަމަށް ވަންޏާ އިބުރާހިމު އަމިއްލަޔަށް އިސްނަގައި މިކަންކުރަންޖެހޭ...ޑިމޮކުރަސީއޭ ބުނުމަކުން ޑިމޮކުރަސީއެއް ނު ވޭ...ކުރިޔަށް އޮތްދު ވަސްތަކަށް ގައުމު ސަލާމަތްކުރުމަށް ގައުމުގެ ވެރިކަން އަދުލު އިންސާފުން ނިންމަން ބާރުއަޅާދޭން ރާއްޖޭގެ މުއައްސަސާތަ ތެދު ވޭ....ރައްޔިތުންގެ ހައްގުތަ ކަށަ ވަރުކޮއްދޭންޖެހޭ....އިންސާނީ ހައްގުތަކާ ކަރާމާތަށް މަސައްކަތްކުރާ ޖަމިއްޔާތަ ތެދު ވެ އިންތިހާބަށް ސަރުކާރަށް ބާރުއަޅާދީ...

    16
    1
  4. މާހިރު

    ނަސީދު ވިދާޅުވާ އެއްޗެއްވެސް ސާފު ނުވެއްޖެ ކަމަށްވާނަމަ ތަރުޖަމާ ކޮށްލަދެއްވުން އޯކޭ މަރުހަބާ ނަސީދު ތިޔައޭ ޒައީމޭ އޭރުވެސް މިހާރުވެސް ގައުމު ފަހުރުވެރިވާ

    3
    32
    • ހިތައްއެރި އެތި

      ތި އަންނި ތީ ބޮޑު މުސީބާތެއް

  5. މުފައްކިރު

    ތަރުޖަމާ ކުރީއެއް ނޫން.ދެއްކި ވާ ހަކާގެ އަސްލު އޮޅުވާލީ.

  6. ޖަޒީރާ

    ތިވަރުކަމެއްވެދާނެ 2008 ޑިސެންބާރް 27 ގަ މުޅިމީޑިއާގަ ސޫލާޝިރާޒް ފުޅިއެއް ފެއެނިގެން ދިއަ އެދަތުރުގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކުން މީއީވެސް ޑިސެންބަރް މަހެއްވީމަ ތަރުޖަމާ ކޮއްދޭނެ މެދުތެރެއިން އިންޑިއާމީހުން ނިދީމަ އެމީހުން ހޭލާއިރައް ދެއައްމައްޗައްނަގާނެ ބޭރުބަލާފަނެގޭނެބަޔަކައް އެތޭރޭގަހުރިއެއްޗެއް ލޮލުގައަދުންއެޅީމަ ހުއްނާނީވަހެއް

  7. އަބޯ

    ކުރިންދެއްކިވާހަކަ ދެއްކި އިރު ވިލާތު ސަރުބަތުގެ ރަހަ އަރުތެރޭގަ ހުރުމުން ވިދާޅުވެވުނު އެއްޗެއްނޭގުނު . ފަހުން ނޫސްތަކުގާ ވިދާޅުވި ވާހަކަތައް ލިއުމުން ފެނުމުން ސަރުބަތުގެ ރަހަ ކެނޑިފާހުރި ވަގުތަކާ ދިމާވެގެން ތަރުޖަމާ ކޮށްދެއްވައިފި އެޭގެފަހުން ސަރުބަތުގެ ރަހަ ޖެހިއްޖެ ނަމަ 3 ވަނަގޮތަކަށް ވިދާޅުވެދާނެ . މިއީ މިމީހާގެ ހާލު ހުރިގޮތް.

  8. ?ރޮނޑާ

    ނޭގެނީ އެއްވެސް ނޫން ހުރިހާ ވޯޓް ފޮށިތަކުގެ ކާރީ ގައި ތިބީ ޕީޕީ އެމް އެކްޓް ވިސްޓުން. އިންޑިއާ މީހަކު އެއިން ފޮއްޓަކައް ވޯޓެއް ނުލެވޭނެ ކަން ރަގަޅައް ވެސް އެގޭނެ. ރައިއްޔަތުން ވޯޓުންތަޅާ ބަލިކުރީ ޔާމީން އައް ހައްގު އަދަބު ދިނުމުގެ ފުރުސަތު ފަހި ކުރުމައް. އަދިވެސް އުޅެނީ ބަލި ގަބޫލު ނުކޮއް ރައިއްޔަތުންގެ ނިންމުން ބަލައި ނުގަނެ ވޭތޯ.ދެން ވެސް ކަލޭމެން ހޮވުމުގެ ބޭނުމެއް ނެތް. ކަލޭމެން ބަލާބަލަ އިބޫ ވެރި ކަން ކުރާލެއް ސަޅިކަން. ދެންހުރީ ނަޝީދު. މަޖްލިސް ހިންގަނީ އެހާމެ ސަޅިކޮއް ކަލޭމެންގެ ކޮސްގޮވާ ތިން މެމްބަރުން ކިހިލި ފައްދޮށައްޖަހައިގެން. މިހާ ސަޅިކޮއް ގައުމު ހިންގާތީ ތި އުޅެނީ އަސަރު ކޮއްގެން

  9. ސައިއްޓޭ ރ އުނގޫފާރު

    ތި ތަރުޖަމާއެއް ބޭނުމެއްނޫން ގަޓު ހުރިއްޔާމް ޑރއަފްރާސީމް އަވަހާރަ ކޮއްލި މީހުނާ ބެހޭގޮތުން ކަލޭ ދެއްކި ވާހަކަ ތަރުޖަމާ ކޮއްލަބަ

  10. އޮޅުވާލީ

    ކޯންޗެއްތަރުޖަމާކުރާކައް އަމިއްލަޔައް އިޢުތިރާފްވެފައެއޮތީ ވޯޓުއޮޅުވާލައިގެން ވެރިކަމައް އައިކަމައް ދެންއިތުރުތަޖަމާއެއްބޭނުމެއްނޫން

  11. ބިޖޫ

    ތިނަސީދަކީ ދެއުަލިއެއްނުވާ ބުރާސްފައްޗެއް އަބަދުވެސް ހުންނާނީ ދެވަންދިހާރުވެފަ ބޯފިތާލާފަ އޮންނަ މުގުރާމަކާ އެންމެވައްތަރުވާނީ އެކޮޅެއް މިކޮޅެއް އެޔެއް މިއެއް ނޭގޭނެ.

  12. އަދި ސާފެއްނުވޭ

    "ކުޑަކުޑަ ފުރުސަތެއް ތަނަވަސް ކޮށްދީފި ކަމުގައި ވާނަމަ، އެމްޑީޕީއަށް އިންިތހާބު ކާމިޔާބު ކުރެވޭނެކަން އިންޑިއާ ސަރުކާރަށް އެނގޭ" މިތަންކޮޅުގެ ތަރުޖަމާ އަކީ ކޮބާ؟