ލޯކަލް ކައުންސިލްތަކަށް މާލީ ބާރުތައް ދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްފައިވާ ބިލް ތަސްދީގު ކުރެއްވުމަށް ބޭނުންކުރެއްވި ގަލަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަރުވައިފިއެވެ.

އެމަނިކުފާނު ރައީސް ނަޝީދަށް އެ ގަލަން އެރުއްވީ ކައުންސިލަރުންނަށް ޚާއްޞަކޮށްގެން، ރައީސް އޮފީހުން އިންތިޒާމުކޮށްގެން މިއަދުފެށި ''ވިއަވަތި ރާއްޖެ'' ކޮންފަރެންސްގައެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ގޮތުން އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެސް ވަނީ މިދިޔަ ސަރުކާރުގައި ސިޓީ ކައުންސިލްތަކުން ނަގާފައިވާ ބައެއް ބާރުތައް އަލުން އެ ކައުންސިލްތަކަށް ދޫކޮށްލާފަ އެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމުގެ ގޮތުން ގާނޫނަށް ގެނައި ބަދަލުގެ ތެރޭގައި ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ. މަޖިލީހުން ފާސް ކުރި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ވެސް ވަނީ އެ ބަދަލާ އެއް ގޮތަށް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ހިމަނައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢައްޗި

    ވާއަތް އިސްކުރުމަކީ ކޮންކަހަލަ ކަމެއް

    • ކިނބޫ

      އެވެރިންނަށް ވަރަށް ސަޅި ކަމެއް. މުސްލިމުންނަށް ސަޅި ކަމެއް ނޫން.

    • ކިނބޫ

      އެވެރިންނަށް ވަރަށް ސަޅި ކަމެއް. މުސްލިމުންނަށް ސަޅި ކަމެއް ނޫން

  2. އަހުމަދު

    ކިހާތާހިރު މުސްލިމަކު އަނެއް މުސްލިމަކައް އެއްޗެއް ދޭއިރު ދެނީ ކަނާއއަތުން އެކަމަކު މިފެންނަނީ ދިމާ އިދިކޮޅައް މިހެންވެގެން މިކިޔެނީ ތީ ލާދީނީ ކަންތައް އާލާކޮއް ދިރުވަން މަސައްކަޔް ކުރާ ލާދީނީ ބައިގަނޑެކޭ

  3. ހޯރަ ބޭ

    އެއީ ކުށެއްނޫން ބައެއްފަހަރު ހަދާންނެތުންވެސް އެއީ ވާކަމެއް އިސްކުރަންޖެހޭނީ ކަނާތް

  4. އެންދެރި

    މާކުރީން އެބޭނުންވެގެން އާދޭސް ކޮށް ފި އެވެ.

  5. މިހާރުވެސް

    ކައުންސިލްތަކަށް ދެވޭ ބާރުތަކުގެ ބޭނުން ކައުންސިލްތަކުން ބޭނުން ކުރަނީ ނަހަމަ ގޮތުގައި ޕާޓީއަށް، ރަހްމަތްތެރިޔާއަށް އާއިލާއަށް... މިހާރުވެސް އޮފީހަށް ހާޟިރުވެ ރަސްމީ ގަޑީގައި މަސައްކަތްކުރަނީ ކިތަށް ކައުންސިލަރުންތޯ ސުވާލު ކޮށްލަނީ ރައްޔިތުންގެ ކިބައިން.....
    ބާރެއްލިބުނީމާ، މީހާއޮޅި، ރައްޔިތުމިހާ ނޭނގުން މީ ބައެއްދިވެހިންގެ ކިބުރުވެރި ބޮޑާކަމުގެ ކަށީގައި ހަރުލާފައިވާ ބައްޔެއް.....