ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގައި މައްސަލައެއް ނުބެލި ލަސްވާނަމަ އެކަން އަވަސްކޮށްދިނުމަށް އެދި ފޯމު ހުށަހެޅުމަށް އެއޮފީހުން އެދިއްޖެއެވެ.

މިއަދު ޕީޖީ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ރާއްޭގެ ގާނޫނުގެ 223 ވަނަ މާއްދާގެ (ބ) އާއި (އ) އަދި ގާނޫނު ނަންބަރު 9/2008 "ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ގާނޫނު"ގެ (ބ) އާއި (އ) އަށް ރިއާޔަތް ކުރާއިރު ޝަރީއަތުގައި މައްސަލައެއް ނިމުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތަ ގޭބަންދުކޮށް ނުވަތަ އެހެންވެސް ގޮތަކަށް މީހެއްގެ މިނިވަންކަން ހިފެހެއްޓުމުގެ ޝަރުތުތައް މުތާލިއާކޮށް މުރާޖާ ކުރުމުން ގެންދިއުމުގައި އެ އުސޫލުތައް އެގޮތަށް ގެންދޭތޯ ބެލުމާއި ކުށެއް ކުރިކަމަށް ތުހުމަތު ކުރެވިފައިވާނަމަ އެ މައްސަލައެއްގެ ދައުވާ އުފުލުމަށް ނިންމާފައިވާ ނުވަތަ ދައުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖާ ކުރުމަކީ ޕީޖީގެ މަސްއޫލިއްޔަތެއްކަމަށް ގާނޫނުގައި ވަނީ ބުނެފައިވާ ކަމަށެވެ.

އެގޮތުން އެފަދައިން ޝަރީއަތް ދިގުދެމިގެން ދިއުމުގެ ސަބަބުންނާއި އަދި އެހެނިހެން ކަންކަން މެދުވެރިވެ ކުށެއް ސާބިތު ނުވެ އަދަބުގައި ތިބޭ މީހުންގެ މައްސަލަތައް މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ބރިވިއު ކުރަމުން އަންނަ ކަމަށާއިި، އެފަދަަ މައްސަލައެއް ދިގުލައިގެން ދާކަމުގައިވާނަމަ އެކަން ސަމާލުކަމަށް ގެނެސް އަވަސް ކުރުމަށް ފޯމެއް ހުށަހެޅުމަށް އެ އޮފީހުން ވަނީ އެދިފައެވެ.

އެހެން ކަމުން އެފަދަ ޝަކުވާއެއް ހުށަހަޅަން އެއްވެސް ފަރާތަކުން ބޭނުން ވާނަަމަ މާލޭ ޕީޖީ އޮފީހުންނާއި، ބ. އޭދަފުށި، ޅ. ނައިފަރު، ތ. ވޭމަންޑޫ، ލ. ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި އައްޑޫ ހިތަދޫގައި ގާއިމްކޮށްފައިވާ ގޮފިތަކުންނާއި، ކަރެކްޝަނަލް ސާވިސްގެ މައި އޮފީހުގެ އިތުރުން އެހެން ޖަލުތަކުން ފޯމު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.