ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަކުން ބައިވެރިވެގެން ކްރޮސްރޯޑްސް ރިސޯޓުގައި މިއަދު ފެށިގެން ކުރިއަށްދާ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިއަދު މަހާސިންތާ އަށް ބަލާލިނަމަވެސް ފެނިގެންދަނީ ގިނަ އަދަދަކަށް ފިރިހެން ބޭފުޅުން ކަމަށާއި، ހައެއްކަ އަންހެންބޭފުޅުން ތިއްބެވީމާ އެ މަހާސިންތާގައި، ވާހަކަ ދައްކާއިރުވެސް ތިބެވެނީ ބޮޑު ބޭއިންސާފެއްގެ ތެރޭގައި ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

“އަޅުގަނޑު ރާއްޖޭގެ ހުރިހާ އަންހެންބޭފުޅުނަށް ދަަންނަވާލަން ބޭނުން، ހުރިހާ އެންމެންވެސް ނުކުންނަވާށޭ، ބައްލަވާ ތިން ކައުންސިލަރުން އިނދެފަ، ދެކައުންސިލުން އަންހެނުންނަށް ދިނީމަ ފިރެހެނުންނަށް ގެއްލޭއެއްޗެއް ހަގީގަތުގަ ނެތޭ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އިލްތިމާސް ކުރަނީ އަންހެން ބޭފުޅުން، އަންހެން ބޭފުޅުންގެ ގޮނޑިތަކަށް، އަދި ފިރިހެން ބޭފުޅުން، އެބޭފުޅުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިތަކަށް މިއަންނަ ކައުންސިލް އިންތިޚާބުގައި ވާދަ ކުރެއްވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެންދެރި

    ރަނގަޅު ތަރު ބިއްޔަތު ނުލިބުން ފިރިމީހާ ހޮޓަލުން ކާން ޖެހުން އަދި ވަރުބަލި ވާތީ އެކަނި ނިދަން ޖެހޭ ލެއް ގިނަ ވާނެ އެވެ.

    10
  2. އަނދިރި ދައުލަތުގެ ރައީސް މުހަންމަދު ނަސީދު

    އަންހެން ވެރިންނައް ބާރު ދީފިޔާ ގެއްލޭނީ އަތުއޮތް ސާމާނު

    12
  3. ދުންމާރި4

    ޤައުމުގެ ހުރިހާ މަޤާމެއް ހުރިހާ ގޮނޑިއެއް އަންހެނުންނަށް ޤާނޫނަކުން މިލްކުކޮށްދީ ހުރިހާ މަޤާމުތަކާ ގޮނޑިތަކަށް އަންހެނުން އައްޔަންކޮށް ފިރިހެނުންގެ މައްޗަށް އަމުރުކުރާ ބަޔަކަށް އަންހެނުންހަދަން މާލަސްވެއްޖެ ހުތުބާވެސް ކިޔަންޖެހޭނީ އަންހެނުން މިސްކިތު މުދިންކަން ކުރަންވެސް ޖެހޭނީ އަންހެނުން ފިރިހެނުން މަރުވީމަ ހިނަވައި ކަފުންކޮށް ވަޅުލަންވެސް ޖެހޭނީ އަންހެނުން މީ ދެން ތަންކޮޅެއް ބޮޑުވަރު އަންހެނުންގެ ތާއީދުހޯދުމަށް ލާދީނީ ބަޔަކު މަސައްކަތްކުރިޔަސް މިވަރުންނޫނީ ހަމަ ނުވަނީތަ؟ އަންހެނުންވެސް ކަންކަމަށް ކުރިމަތިލައިގެން މޮޅު މެނިފެސްޓޯ ވިއްކައިގެން ގޮނޑި ހޯދަބަލަ ވޯޓުލާންތިބި އަންހެނުންވެސް މަދެއްނޫން ކޮންމެހެން ޤާނޫނު ފާސްކޮށްކޮށްގެން ގޮޑިތައް މިލްކުކޮށްދޭކަށް ޤަނޫނު އަސާސީއާޚިލާފަށް ގާނޫނުތައް ފާސްކޮށްގެން އެމްޑިޕީން ކޮންގަނޑެއްގަންނަންބާ މި އުޅެނީ މުޅިންވެސް ލާދީނީ ސިޔާސތު ތަންފީޒުކުރަނީ އެޖެންޑާ19 ގަ އޮތް ގޮތުން ފިރިހެނުންގެ މައްޗަށް ބަސްކިޔައި އަމުރު މައުރޫފު ހިންގަންޖެހެނީ އަންހެނުން އަންހެނުން ގޮނޑިތަކަށް ވަޑުވައިގެން ފިރިހެނުންނަށް ވާނެ މޮޅު އެނގޭ އިސްލާމްދީނުގައި ކަންކަން ތަރުތީބުކުރެވިފައިވަނީ ހުރިހާ ޒަމާންތަކަކަށްވެސް ފެތޭ ގޮތަށް ކެނެރީގޭނަޝީދާ އެމްޑިޕީގެ ލާދީނީ ފިކުރުގެ މީހުނަށް އެކަން ނުވިސްނުނަކަސް އިސްލާމްދީނުގެ ކަންކަމަާމެދު ވިސްނާ ފިކުރުކުރީމަ ފުރިހަމަކަން އެނގޭނީ އިސްލާމް ދީނާ ދެކޮޅުބަޔަކަށް އެކަމެއް އިހުސާސެއް ނުކުރެވޭނެ އަންހެނުން ވަޒީފާއަށްދަނީވެސް އާއިލާގެ އަސާސި ބޭނުންތައް ނުފުއްދޭތީ އާމްދަނީ ހޯދުމަކަށްނޫން ހިންދީ އަގިރޭސި ޑުރާމާތައްބަލައި ފިލްމުތައްބަލައި ޣައިރު މުސްލިމު އަންހެނުން އުޅޭ މަޖަލާ އުފަލުގަ އުޅުމައްޓަކާ މަޖާކޮށް ކައިބޮއި އެހެނިހެންކަންކަން ކުރުމަށް ދުވާލު ހަތަރުދަމު ވަޒީފާގަ އުޅެފަ ގޭގަ ހޭދަކުރާ ވަގުތު ޓީވީ ބެލުމާ ނިދުންކަމަކީ ފިރިމީހާ ދަރިންގެ ޙައްޤުތަކަށް ބެލުމެއްނެތް ދަރިން މަގުފުރެދި ގެއްލިގެންދަނވެސް މި ސަބަބައްޓަކާ އާއިލާތައް ރޫޅިގެންދަނީވެސް މި ސަބަބައްޓަކާ މީހުރިހާ އަންހެނުންގެ ވާހަކައެއްނޫން ނަމަވެސް ގިނަ އަންހެނުގެ ހާލަކީ ކިއީ މިފަދަ ބަޔަކަށް ހުރިހާ ގޮނޑިތަކާ ހުރިހާ މަޤާމުތައްދީގެން ހުރިހާ ފިރިހެނުން އަންހެނުންގެ ފައިގަ ދޫލަން ތިބެންވީ މަގޭ ނަސޭހަތަކީ އެއްވެސް ފިރިހެނަކު ކައުސްސިލް ގޮނޑިއަކަށް ކުރިމަތި ނުލައި ހަނު ތިބުން

  4. މޫސަ

    އަންހެން ކަ އުންސިލަރުން ނެތުމުން ގެ އްލޭނެ އެ އްޗެ އް އެބަ އޮތްތަ؟

    10
  5. Anonymous

    ވަރި ގިނަވާނީ ގިނަވެގެން

  6. ނަބާ

    ފިރިންނަށް އަނބިން ގެެއްލި ، ފާހިޝް އަމަލު ތަކަށް މަގުފަހިވާނީ !! އެކަނބަލުންގެ ޒީނަތްތެރިކަން ހިލޭފިރިހެނުންގެ ކުރިމަތީގައި ފާޅުކުރަނީ !! ދެން ފިރިހެނުންނަށް ވާނެގޮތް ވިސްނާލާ??

  7. މި ރައީސް

    ރައްޔިތު އަންހެނުން ފިޔައަށްގެހިގެން އުޅޭއިރު އަންހެނުން ދެކެ އެހާމެ ލޯބިވާ ބަރުބޭ ރައީސް ކީކޭތޯ ތިކިޔުއްވަނީ. މޯދީކު ފިޔާ ކޮޅެއް ހޯދާދީ.

  8. އަފޭ//

    މީނަ ބުނީ ތެދެއްތާ މޯދީއާއި މީނަޔާއި ވަރައް އެއްގޮތް މޯދީ ވެސް އުޅެނީ އިންޑި އާގައި ތިބި މުސްލިމުން ނައްތާލަން އެހެންވެ މީނަވެސް މިއުޅެނީ ހަމަ އެކަމުގައި ތަ؟ މާތް ﷲ ދެކެ ބިރުވެތި ވެބަލަ މީނަގެ ފަހަތުގައި ވެސް ތިބީ ހެޔޮ ނުބައި ނޭގޭ ބަޔެއްތަ؟