އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ކޯޓުން ބޭރުން "ކައިވެނި" ކޮށްގެން އެ ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވޭ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދުގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ހައްމާދުގެ މައްސަލަ ފެންމަތި ވެފައިވަނީ ލަނޑާ ނަގާ ދޯންޏެއްގައި އޭނާއަށް ވަޅިން ހަމަލާދިން މައްސަަލާގައި އެކި ގޮތަށް ފެތުރެމުން ދަނިކޮށް އެވާހަކަތައް މީޑިއާގެ ސަމާލުކަމަށް އައިސްގެންނެވެ. އެ މައްސަލައިގެ ތަހުގީގުގައި އޭނާ 13 އަހަރުގެ ކުޑަކުއްޖަކާ ކައިވެނިކޮށްގެން އުޅޭ ކަމުގެ ހެކި ލިބިފައިވާއިރު އޭނާގެ މައްސަލަ ބަލަމުން ދަނީވެސް ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ މައްސަލައެއްގެ ގޮތުގަ އެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ. އަނެއްކާވެސް އެކޯޓުން މިވަނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާއަކީ މީގެ ކުރިންވެސް ޓެރަރިޒަމްގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެ، ހުކުމް ތަމްފީޒުކޮށް ކުށުގެ ރިކޯޑް އޮންނަ ފަރާތެއް ކަމަށެވެ. އަދި 13 އަހަރުގެ އަންހެންކުއްޖާގެ މައްސަލައާ ގުޅިގެން މިހާރު 14 ފަރާތަކާ ސުވާލުކޮށް ފޮރެންސިކް ހެކިތައް ހޯދާފައިވާއިރު، 13 އަހަރުގެ ކުއްޖާ ވިހާފައިވާ ކުއްޖާގެ ޑީއެންއޭއާއި ހައްމާދުގެ ޑީއެންއޭއާއި ދިމާވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕުއްޕުޚާން

    އޭ މީސްތަކުންނޭ އަޑުއަހާށެވެ ކީރިތި ރަސޫލާ ފަދަ ދެވަނަ އިންސާނަކު ނުވެއެވެ އެހާ ރަހުމް ހުރި ހިތްތިރި އޯގާތެރި މާތް އިންސާނަކު ނުވެއެވެ މުޅިދުނިޔެ އަތުފުނާ އަޅައިގެން ހޯދިޔަސް އެފަދަ ފިރިއެއް 'އެފަދަ ބައްޕައެއް'އެކަލޭގެފާނު ފަދައެހެން ކާފަ އެއް ނުފެންނާނެއެވެ ހޭއަރާ ހަމަސިކުނޑިއަކުން ވިސްނާށެވެ.އެފަދަމާތްއަޚްލާގެއް ދުނިޔޭގެ ތާރީޚް ދެކިފައެއްނުވެއެވެ ތައުލީމުދޭ ސްކޫލެއް 'ކޮލެޖެއް މުއައްސަސާ އެއް ދުނިޔޭގަ ނެތްޒަމާނެއްގައި ތުއްތު އަންހެންކުދިން ގަނެވިއްކަމުން ދިއަޒަމާނެއްގައި އެކަލޭގެފާނުގެ ހިމާޔަތުގައި އެކަލޭގެފަާނުގެ ގަނޑުވަރުގައި ދިރިއުޅެންލިބުމަކިީ އަންހެން ކުއްޖަކަށްލިބޭނެ އެންމެ ބޮޑު ނިއުމަތެވެ ރަހްމަތުލް ލިލް ޢާލަމިީން އާއި ބެހޭ ގޮތުން ހިތުހުރިހާ ދޮގެއް ނަހަދާށެވެ 'ބޮޑާ ކަމާ ރަހުމާ ކުލުނާ އޯގާތެރިކަމުން އެއްކިބާވެފައިވާކިބުރުވެރި އިންސާނާ އަކަށް އިސްލާމްދީނެއް ރަސޫލުﷲގެ ފާނެއް ގްރުއާނެއްވެސް ނޭގޭ ހާލުގައި ބުހުތާން ދޮގުހަދަމުން ދީނޭ ކިޔައިގެން އަންހެންކުދިން ޓޯޗާ ކުރަމުން ނުދުވާށެވެ ތިބާއަށް ދީން ފެންނަނީ އަންހެންކުއްޖަކަށް ހޭއަރުވާލާ ޖިންސީއެދުންވެރިކަން ހައްދުފަހަނައަޅާ ވަލުޖަނަވާރަކާ އެއްފެންވަރަކަށް ތިބާ ވެއްޓިގަތުމަށްއެކަނި ހެއްޔެވެ . ބުދު ފައްޅި ތަކުގައި ތިބޭ ވަހުޝީ ހާމުދުރުންނަށްވުރެވެސް ތިފަދަމީހުން މާ ނުބައެވެ .ﷲ އާ އިތުރު މާތް ސާހިބާ އާ ބެހޭ ގޮތުން ހިތުހުރިހާ ގޮތަކަށް ދޮގު ހަދައިގެން ދީނޭ ކިޔަމުން އަންހެނުން ފަހާ ނުދުވަާށެވެ ކަލޭމެންފަދަ ވަހުޝީ މީހުންގެ ނުބައިކަމުންﷲ މިގައުމު ރައްކާތެރިކޮށްދެއްވާށިއެވެ

    14