ސަރުކާރުގެ ފޮނި ވާހަކަތަކުގެ އަޑު އަހައި ވަރުބަލިވެ ފޫހި ނުވަނީސް ފޯރުކޮށްދޭން ޖެހޭ އަސާސީ ހައްގުތައް ފޯރުކޮށްދެއްވުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ގޮތުން އެކި ގައުމުތަކާ ތަޅާ ފޮޅެން ރާއްޖެ އުޅެގެން ނުވާނެ ކަމަށާއި އެކަންތައްތަކަކީ ރާއްޖޭގެ އިގްތިސާދަށް ފައިދާ ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ދެމެހެއްޓެނެވި ތަރައްޤީ ރާއްޖެއަށް ގެނެވޭނެ ފަދަ މާހައުލެއް އުފެއްދުމަކީ ސަރުކާރުން ގަދައަޅައި މަސައްކަތްކޮށްގެން ކުރަންޖެހޭ ކަމެއް ކަމަށާއި "ބާންޏެއް"ގެ ތެރޭގައި ރާއްޖެ ތާށިވެފައި އޮތް އޮތުމަކީ ރާއްޖެއަށް ގެއްލުން ވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފު ވިދާޅުވީ ރާއްޖޭގައި އެންމެ އަސާސީ އުމްރާނީ ވަސީލަތްތައް ބިނާ ކުރުމުގެ އިތުރުން، 21 ވަނަ ގަރުނަށް ފެތޭ ޒަމާނީ އުމްރާނީ ވަސީލަތްތައްވެސް ޤާއިމް ކުރަންޖެހޭކަމަށެވެ. އަދި އެކަމުގެ ބޭނުމަކީ އިޤްތިސާދު ކުރިއަރުވާ، އިތުރުވަމުން އަންނަ އާބާދީއަށް ބޭނުންވާ ވަރަށް ވަޒީފާ އުފެއްފުން ކަމުގައި ޝަރީފު ވިދާޅުވިއެވެ. އަދި ސަރުކާރުން އަބަދުވެސް ވައުދުވަމުން އަންނަ ގޮތަށް އެންމެނަށްވެސް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދޭން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފު މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖްލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް، ރައީސް މުހައްމަދު ނަޝީދު ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅެ ވާހަކަ ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގަންޖާބޯ

    ތަގޭ ޕާޓީ މީހުން ކޭކަހަލައިވއެއްތެތި އަފިރިން އަނގައިން ކޭވާއް ނިހިނގަ ތޯ.

    22
  2. ކާނަލް ޖޯޝީ

    ދެބަޖެޓް ހުސްވެއްޖެ އުމްރާނީތަރައްގީވީ ޖީބުތައް ވިސްނާބަޔަކައްއެގޭނެ ބޭރުގައުމުތަކައް ދުވަނީ ކީއްވެކަން މިސަރުކާރުގެ ވަޒީރަކައް އެއްމެފުރަތަމަ އިސްތިއުފާދޭނީ ބާޒާރުމަތިން ކެއްނުކުރެވިގެން ފޮޝިތައްހުސްވާންކާރިވީމަ ރައަގަޅުހުޝެއެޅުމެއް ނެތީމަ ބާންޏެއްގެ ތެރެއައްވަދެވިގެންމިއުޅެނީ ދޭންތިބި މީހުންވެސް ތިބީއެވަރުގަ ވެއްޔާ ދަގަނޑު ހުރީ އެއެޅީ ޝަރީޕް މެންގެއަތޮޅައް ޖަޒީރާކުރަން ލާރިއެއްނުދޭނެ ފަހުން އެފެއްނަން ނުހުއްނާނެތީވެ އުމަރުބުނިއެއްނުން ބާދަގަޑުގަ ދަވާދުލާބަޔަކު ދެކުނުގަތިބޭއޭ ދެންތިބޭނީ ފާރުގަ ކުލަލާގުރޫޕުތައް 6 މަސްވަންދެން

    25
  3. ބަދުރު ހަގުރާމަ

    ބަދުރު ހަގުރާމާއިގެ ވަހާކަ މި ގޮލާއަށް މީހަކު ކިޔައި ދޭންވެއް.

    2
    1
  4. ޖިންނި

    މޮޔަ އައްޑޫއިއަންސް އިތުރަށް ގުނބޯ ހައްދަނީ

    11
    2
  5. މަވޯޓާ ގަމާރު

    އެހެންވީމާ ބާރުގަދަ ގައުމެއްގެދަށައް ރާއްޖެދޫކޮށްލާ ރައްޔިތުން އަޅުވެތި ކުރުވުމައްފަހު ކާލޭމެން ވަގައްނަގާ ރައްޔިތުންގެ ފާއިސާކޮޅުހިފައިގެން ކަލޭމެންދާނީ ދުނިޔޭގެ ކޮމްމެވެސް މިނިވަން ގައުމަކަށް ދޯ

    11
  6. ނާރު

    ހޮޅިވާހަކަ ނިދައްކާ

    3
    2
  7. އާމިނަތު

    ޝަރީފް މޮޔަކުއްޖާ ދައްކާފާނެ ކޮއްމެފަދަ ވާހަކައެއްވެސް ބިރުހުރި އޭގެފަހަތުން އުޅޭމީހުން އަދިމާގޯސް