މި ސަރުކާރުން އެޅުމަށް ނިންމާފައިވާ، މާލެ އާއި ތިލަފުއްޓާ ދެމެދު އަޅާ، "ގްރޭޓާ މާލެ ކަަނެކްޓިވިޓީ ބްރިޖު" ޗައިނާގެ އެހީތެރިކަން ނެތި ނޭޅޭނެކަމަށް، ބާރަށު ދާއިރާގެ ކުރީގެ މެމްބަރ، އަދި ޕީއެންސީގެ ނައިބު ރައީސް، އިބްރާޙިމް ޝުޖާޢު ވިދާޅުވެއްޖެ އެވެ.

ޝުޖާޢު މިހެން ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމުގެ ނަމުގައި ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރައީސް އިބްރާޙިމް މުޙައްމަދު ޖުލައި މަހުގެ 4 ވަނަ ދުވަހު ވިދާޅުވީ، މި އަންނަ 2020 ގެ ފެބްރުއަރީ މަހު އެ ވިދާޅުވާ ބްރިޖުގެ ޢަމަލީ މަސައްކަތް ކުރާނެއޭ. މިއަދު އަޅުގަނޑުމެންނަށް މި އެނގުނީ މި ފެށޭ 2020 ވަނަ އަހަރުގައި ޢަމަލީ މަސައްކަތް ފެށޭނެ ކަން. ކުރިއަށް މި އޮތީ ލޯކަލް ކައުންސިލް އިންތިޚާބު. އިންތިޚާބަށްޓަކައި، ހުރިހާ ވަޢުދެއްވެސް ވާނެ. އެއްވެސް ވަޢުދެއްގަ އޮއްޓަރެއް ނުހުންނާނެ. އަޅުގަނޑުމެން މި ދަންނަވަނީ، ޗައިނާގެ އެހީ އާއި ނުލާ ބުރިޖެއް ނޭޅޭނޭ. ޗައިނާގެ މަދަދެއް ނެތި އެ ބްރިޖެއް ނޭޅޭނެ." ޝުޖާޢު ވިދާޅުވިއެވެ.

އިތުރަށް ޝުޖާޢު ވިދާޅުވީ، ކައުންސިލްތަކަށް ބާރުދޭ ވާހަކަވެސް ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށާއި، ދަޢުލަތުގެ ބަޖެޓުން ދޭން ބުނާ ފައިސާވެސް ކައުންސިލްތަކަށް ނުދޭނެ ކަމަށެވެ.

"މިއަދު މި ސަރުކާރުން އެބަ ބުނޭ މި އޮތީ ކައުންސިލް ތަކަށް ބާރު ދީފައޭ. ޤަބޫލު ނުކުރައްވާ. މި ސަރުކާރުން އެކީ އެއްފަހަރާއި ދަޢުލަތުގެ ބަޖެޓުން އެ ދޭން ވަޢުދުވި ފައިސާ ނުދޭނެ. ޤަބޫލު ނުކުރައްވާ. އަޅުގަނޑުމެންނަކީ ތަޖުރިބާގެ އަލީގައި މި މަސައްކަތް ކުރާ ބައެއް. އެ ވިދާޅުވާ ބާރުތަކެއް ނުދޭނެ. ކައުންސިލް ތަކަށް ބާރު ދޭ ވާހަކަ ވިދާޅުވާއިރު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އޮތީ މުށުތެރެއަށްލާ ބަންދުކޮށްފަ. ކޮބައިތޯ ދެން ބާރުދޫކޮށްލުމަކީ." ޝުޖާޢު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްދު

    ވިލިމާލެ ބުރިޖު ވާހަކައަކީ ލޯކަލް ކައުސިލް އިންތިޚާބަށް
    ޖަހާމަޅިފައްޗެކެވެ އައްނިގެސަރުކާރަށް އެޅޭނެ ބުރިޖެއްނެތެވެ
    އެކަމަކު 2023 ވަނަ އަހަރު ވިލގިއްޔާ މާލެއާ ދޭތެރޭގައި
    މަސައްކަތް ފަށަން އުޅޭގޮތް ދެއްކުމަށްޓަކައި ކޮންމެސް
    އުޅަނދެއް އެތަނަށް ވައްދާނެއެވެ ރިޔާސީ އިންތިޚާބު ނިމުމާއެކު ބުރިޖު ބިލާހަކަށް ވެގެން ދާނެއެވެ މޑޕ އަކީ
    މޑޕ އެވެ ނަސީދަކީ ރައްޔިތުން ދަންނަ ނަސީދެވެ.

    10
    1
  2. ބ ވގ

    ވަގުން ނައް އެކަނި ބުރިޖް އެޅޭނި

    2
    1