ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ހަލާލް ކްލަބެއް މާލޭގައި ހުޅުވަން އޭނާ ނިންމައިފިއެވެ.

އެ ކްލަބް ހިންގަމުން ދާނީ ކުރިން އަތަމާ ޕްލާޒާ ހިންގަމުންދިޔަ އިމާރާތުގައެވެ. އެ އިމާރާތް މިހާރު ޖާބިރު ވަނީ ގަނެފައެވެ. މިހާރު އެއީ ޖާބިރުގެ ޓަވަރެވެ.

"ވަގުތު"އަށް ދިން އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ، އެ ޓަވަރުގައި ނައިޓް ކްލަބެއް ހަދަން ނިންމާފައިވާކަމަށެވެ. އަދި އެ ކްލަބުގައި ހުންނާނީ ޖާބިރު ޝީޝާ، ބާ، ޖާބިރު ޖިމްނޭޒިއަމް، ޖާބިރު ސްޕާ އަދި ޖާބިރުގެ އެހެނިހެން ފެސިލިޓީސްތަކެވެ.

ޖާބިރު ނައިޓް ކްލަބް ހިންގާ އޭނާގެ ޓަވަރު - ފޮޓޯ: ޖާބިރު

"އެތަންވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ހުޅުވިގެންދާނެ. ސަރުކާރުން ހުއްދަ ދޭ މިންގަނޑުގައި ކަންކަން ބެލެހެެއްޓޭނެ"،

ޖާބިރު ވިދާޅުވީ، އެ ތަނުން ކަރޯކޭ ޖެއްސުން ފަދަ ކަންކަންވެސް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖައްސާނެ ކަމަށާއި، ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަށް އެތަން ފެތޭނެ ކަމަށެވެ.

"އެއީ މާލެއަށް ވަރަށް ބޭނުންތެރި ކަމެއް، ހަމައެކަނި އެެތަނުގެ މެންބަރުންނަށް އެތަނަށް ވަދެވޭނީ". ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ހިންގަން ނިންމާފައިވާ ގެސްޓް ހައުސްތަކާއި ރިސޯޓްތަކަށް އޭނާ ނަންތައް ދޭނީ "ކްލަބް" ތަކުގެ ނަމުންނެވެ. އެގޮތުން އޭނާ އއ. މަތިވެރީގައި ޖެނުއަރީ އެއް ވަނަ ދުވަހަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ގެސްޓް ހައުސްއަށް ޖާބިރުގެ ބީޗް ކްލަބްގެ ނަމުން ނަން ދޭން ނިންމާފައިވާއިރު، މަތިވެރި ފިނޮޅުގައި އޭނާ ހިންގަން ގަސްތު ކުރާ ރިސޯޓަށް ޖާބިރު ޑްރީމް ކްލަބްގެ ނަމުން ނަން ދިނުމަށް އޭނާ ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ހަރާމް ކުލަބު

    ޖާބިރުގެ "ހަލާލް" ކުލަބެއް ހުޅުވާ ޚަބަރު މިފަތުރަނީ އޭނަގެ ނަހަލާލު ކުލަބުވެސް ހުންނަނީތާ!

    108
    1
    • ކެކެކެ

      އާނ ހޮނޑައިދޫ ކްލަބް އެއޮތީނު.

      96
    • ލޮލީކުލަބު

      ހޫން ކުރިން ލޮލީ ކުލަބެއް ވެސް ހިންގި ބޯމަތީގަ ބާލިދީއެއް ބަހަށްޓައިގެން.. މިވެސް ސުރުހީ ހަދަން އުޅޭ ގޮލައެއް މަޝްހޫރުވާން ކޮންމެ ދުވަހަކު ސުރުހީއެއް މީނާ އެބަޖަހާ ނޫހުގަ މިހާރު

      47
  2. Anonymous

    މިކަލޭގެ މިގައުމު ޖާހިލިއްޔަަށް ގެންގޮސް ގައުމުގެ ޒުވާނުންނާއި، މުސްލިމުން މަގުފުރެއްދުމަށް، ނަޝީދާ ގުޅިގެން ޖަރީމާ ހިންގަން މިފަށަނީ. މިތިބަ ނުލަފާ ޝައިޠާނުން ﷲ އަށް ބިރުވެރިވުމެއްނެތިގެން މިއުޅެނީ ނަރަކާގެ ގަދަފަދަ އަޒާބު ވާކަންއެނގޭއިރުވެސް، މުޑުދާރު ނަފުސުތައް މިނުލަފާ މީހުންލައްވާ ނުބައިކަންކަން ކުރުވާ ނަރަކައަށް ވައްޓާލުމަށް އެދި ގޮވާގޮވުމުގެ އަޑު ގަދަކަމުން.

    81
    4
    • މޮޔައެނޮނިމަސް

      ކަލޭ އަބަދު ހުންނަނީ ރުޅި އައިސްފަ އެއީ ކީއްވަ ބާ؟

      24
      13
  3. ޖާބިރުގެ ދަރަނިފުށި

    ތޮހުރިހާތަނެއްނުހުޅުވާ މިހާރު ހުޅުވައިގެން ހިންގާތަންތަަނުން ދައުލަތައް ދައްކަންޖެހޭ ފާއިސާ ދައްކާ ހަލާސްކޮށްބަލަ

    61
    1
  4. ޢަލި

    ވަރައްބޭނުންތެރި ތަނެއް އުފާވެރިހަބަރެއް

    10
    90
  5. މޯދީގެ ފިޔާކިލޯ

    މީނަ ލައްވާ ގަންޖާބޯ ކުރުވާ ކަންކަން މީ. މިޒާތު ހުރިހާ ކަމެއް ކޮށް ނިންމަމުން އެގެންދަނީ ލާދީނީންގަނޑު. ދިވެހިން ބާރަށް އަތް ޖަހަން

    76
    7
  6. ތިމަންނަ

    ނިމޭއިރު ހަލާލު ގައިގޯޅިވުންތައް ވެސް ބާއްވާނެތާ

    72
    5
  7. މ

    ނެތުމަނވުރެގާތީހުރުމާ

    36
  8. ލޮލް

    ހަރާމް ހަލާލު އޮޅިއްޖެ މަށަށް

    57
    3
    • މިލް

      ސޭމް

      21
      3
  9. ހަބީބު.

    މުވައްޒަފު ންނައް މުސާރަނުދީ ބަންގާޅިންނައް 100 ޑޮލަރު ދީގެން މީނާ ޖަހާ ސަކަރާތް އަންނީގެ ރޭވުމުގެ ނުބައިކަމާއެވެ

    48
    3
  10. Anonymous

    މި ޤައުމުގައި ﷲ ނަހީކުރެއްވި ބޮޑެތި ފާފަތަކާއި މުންކަރާތްތައް ފެތުރުން ހުއްޓާލާ...
    މާތް ﷲ ޤާރޫން ފަނާ ކުރެއްވި ގޮތަށް މި ކަލޭގެ ގެ ނިމުން އަވަސްކޮށް ދެއްވާށި. އާމީން

    52
    4
  11. އިބްރާހިމް

    މީނައަކީ ނަޝީދުގެ ޕަޕެޓެއް. އެޖެންޑާ19ގެ ކަންކަން މިކުރަނީ

    38
    3
  12. މޮޔަެބެ

    ގައުމުގެ ޒުވާނުންނާއި، މުސްލިމުން މަގުފުރެއްދުމަށް،

    39
    1
  13. އަވަރ

    ޓްރަމްޕް ޓަވަރ ގޮތަށް އެތަނުގަ ޖާބިރު ޓަވަރ ޖަހާލަންވާނެ..

    30
    1
  14. ޕިއްޒާހަޓް

    ކަޑައެއްނު. މަ ބޭނުމީ ޖާބިރު ލޮލީ.. ޖާބިރު ޝީޝާ ކަޑަ

    26
  15. ދޮންބެ

    ޙަލާލު ހަށި ވިއްކާ ތަނެއް ނުހުޅުވާތަ؟

  16. ދޮންބެ

    ޙަލާލު ހަށި ވިއްކާ ތަނެއް ނުހުޅުވާތަ؟ ޙަލާލު ރާބޯ ތަނެއް ނުހުޅުވާތަ؟

  17. ޖާބިރުގެ އަނބިގޮއްޔެ

    ހަލާލު އޫރުމަހާ ހަލާލު ބަނގުރަލާ ހަލާލުކޮށް އެދުން ފުއްދޭ ގޮތާ ހަލާާލު ކެސިނޯ ވެސް ޖާގެ މައިންޑުގަ އެބަހުރި...

  18. ކެޔޮޅު

    އޭނަޔެއްނޫން ތިކަންކަންތިކުރަނީ އެއީހަމަ ބުއްޅަބޭ އަޑީގައިހުރެގެން އޭނާލައްވާ ކުރުވާކަންކަން!

  19. އ. ޖ. އ

    މިކަހަލަ ވާހަކައެއް މިގެނައީ މާ އުފާވެރި ކަމަކީތަ ވަގުތު ކުދިންނަށް... ކޯފާ އަކަށް ބިރު ގަންނަން ވެއްޖެ..

    11
    1
  20. ކާލާ

    ގައުމު ފަސާދަކޮށް އެހެންދީންތައް ގެންނަން އުޅޭ ބުރާންތިންގެ ނުބައިކަމުން އަޅަމެން ސަލާމަތް ކުރައްވާދޭނވެ. އަދި އެފަދަ ފަރާތްތަކުގެ ކެހިވެރި މަޅިތަކުން އަޅަމެން ސަލާމަތް ކުރައްވާދޭނވެ...އާމީން

    17
  21. ހުސޭނުބޭ

    މަށެއް ތިޔަކާ ގަޔާއެއްނުވޭ! މަ ދާނީ ދިޔާނާ ކްލަބަށް! ޚިދުމަތް ދޭގޮތަށް ހަދާދެނިކޮށް 24 ގަޑިއިރުވެސް އޮންނާނަން!

  22. ސަންސެޓް

    ސަންރައިޒް ބަލާ ބާ އެއް؟

  23. އާދަނު

    މީދެންވަރައްދެރަކަމެއް މިހާރުއެއުޅެނީ އެޖެންޑާ ނަވާރައިގެދަށުން ނައިޓްކްލަބުތައްހުޅުވަންފަށަން ކޮންމެކަމެއްވެސް ކުރިންފަށާނީ އާދައިގެގޮތަކައް މިވަރުގެކަންތައްފަށާއިރު މިރާއްޖޭގެ ދީނީޢިލްމުވެރިންކޮބާބާ ޓޭޕްއެޅުނީތަ

  24. ޖާބި

    ކުލަބަކުން ކެސިނޯއަކުން ހަމަ އަރައިގަނެވޭގޮތެއް ނުވިދޯ؟ ކިހާދެރަދޯ ފުރެންޑޫ... ތިނޫން އެހެންނަމެއްކިޔާ ތިމޮށޭވާހަކަ ކިޔަނިކޮށް ތިކަމާރައްޔިތުން ރުހިދާނެހެން ހީވަނީ...

  25. އަލްޖިބްރާ

    ހަލާލް ނައިޓްކްލަބް ހުންނަނީނަމަ ހަލާލު ރަލާއި ހަލާލު އޫރުމަސްވެސް ހުންނާނެތާ ؟ އަދި ހަލާލު ބީހުންތަށްވެސް ހުންނާނެ ދޯ ؟

  26. މަހާރެހެންދި ފާތުމަ

    މޭން ކޮންމެ ދުވަހެއް ގެ ނޫސް ތަކުގެ ހެޑް ލައިން ފަޅު ފިލުވާލަ ދޭތީ ތިއީ ހަމަ ސަޅި މޭން އެއް

  27. ީމޯދީ

    އޭ..ކަލޭ
    ހަލާލު ކްލަބް ގަޅި ގޮލައެއް..
    ސަހާދެއް!!