ހެންވެއިރު ގެއެއްގައި ރޯވެއްޖެ ކަމަށް ބުނެ ބަޔަކު ރިޕޯޓް ކުރުމުން، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ސިފައިން އެ ސަރަޙައްދުގައި ޙަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ، އެއީ އަލިފާނުގެ ހާދިސާއެއް ނޫން ކަމަށާއި އެ ސަރަޙައްދުގައި ދުން ބޯވެފައިވަނީ ގެއަކުން ގަހެއް ކަނޑައިގެން ކުނި އަންދާތީ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމުން ފަޔަރ އެންޑް ރެސްކިއުގެ ވެހިކަލްގައި ސިފައިން އެ ސަރަޙައްދަށް ގޮސްފައި ވެއެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ސޯސަން މަގު އަގޯރާ ކައިރީގައި ހުރި އެ ގެއިން ކުނި އަންދާތީ، އެ ސަރަޙައްދުގައި ވަނީ ވަރަށް ބޮޑަށް ދުން ފެތުރިފައެވެ.