ދޯންޏަކުން އެންދަމަން މޫދަށް ފޭބި މަސްވެރިޔަކު ގެނބިގެން ނިޔާވެއްޖެ އެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 10:08 އެހާ އިރު ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

އެމީހާގެ ހުރިހާ ހަރަކާތެއް ހުއްޓިފައިވަނީ، އެންދަމަން ފޭބުމަށްފަހު ދޯނިން އޮޔާދިޔަ ބޮއެއް ބަލައި ފަތާފައި ގޮސް، އެނބުރި ދޯންޏަށް އައުމުގެ ތެރޭގައި ކަމަށާއި، ދޯނީގައި ތިބި މީހުން ގޮސް އެ މީހާ ނެގިއިރު، އަނގައިން ފޮނުވެސް އަރާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ނިޔާވެފައިވަނީ، ޢުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާއަށް އަށް ފަރުވާ ދިނުމަށް ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައި ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މިކަން އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދަންސޫރަ

    ކޮބާ ސޫދު

    28
    3
  2. މޮހަނު.

    ސޫދު ކަލޭ ކިޔައް ކުރަނި މިމީހާ މަރުވި ސަބަބު ކަލޭހޯދަ ދީ.

    14
    4
  3. މަސްވެރިޔާ

    ފަތަން ނޭންގެންޔާ މަސްވެރިޔެ ކޭ ކިޔާނެ ތަ؟

    7
    17
    • ޙސމ

      ހަބަރު ރަނގަޅަށް ކިޔާލީމަ އެނގޭނެ ފަތަން އެނގޭތޯ، ނޭނގޭތޯ

      4
      1
    • ހުސޭނުބޭ

      ފަތަން ނޭގޭކަމަށްނުވާނެ! ފަހަރުގައި ސްޓްރޯކެއް ޖެހިދާނެ! އެ އޮތީނު އަނގައިން ފޮނު އަރާފައޭ އޮތީ!

  4. ހަސަނު

    ކޮންރަށެއް ކަމެއް ނޭގުނު

  5. ޠ

    މަރަކީ ފަތަން އެނގުނަސް ނޭގުނަސް ވަގުތު ޖެހުމުން އެކަކައްވެސް ހިފެހެއްޓޭނެ ކަމއެއްނޫ...މަސްވެރިޔާ އަށް ބުނެލަން އޮތީ ކަލޭގެ މަރު ހިއްޕަވާނީ ކޮންވަގުތަކު ކޮންތާކުކަން ކަލެއަށް އިނގޭ ހެއްޔެވެ.