ރާއްޖޭގައި ތިބި ހަރުކަށި ފިކުރުގެ މީހުންގެ އަދަު 1،400 އަށް އަރާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވެފައި ވަނީ މިހާރު ކްރޮސްރޯޑުގައި ކުރިއަށްދާ "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ރާއްޖެއަށް ޓެރެރިޒަމުގެ ބިރު އޮތް މިންވަރާއި ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ސެޝަނެއްގައި ވާހަަކަފުޅުދައްކަވަމުންނެވެ.

އެމައުލޫއަށް އައިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ ހަރުކަށި ފިކުރުގެ ތެރެއަށް ވެއްޓި މިހާރުވެސް އަމިއްލަ ހަށިގަނޑާ ފުރާނަ ގުރުބާންކުރާ ހިސާބަށް ގޮސްފައިތިބި މީހުންގެ އަދަދު 1400 އާއި ގާތް ކުރާ ކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވީ މިހާތަނަށް ސީރިއާގައި ކުރިއަސްދާ ދުވަސްވީ ހަނގުރާމައިގައި ބައިވެރިވުމަށް އެގައުމަށް ދިޔަ މީހުންގެ އަދަދު 174 އަށް އަރާ ކަމަށެވެ. އަދި އެ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާ އަށް ދާން ޝައުގުވެރިކަން ފާޅުކުރާ މީހުންގެ އަދަދަކީ 423 ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސީރިއާ ހަނގުރާމައިގެ އިތުރުން މީގެ ކުރިން އަފްގާނިސްތާނުގައި ހިގައިދިޔަ ހަނގުރާމައާއި، ޕާކިސްތާނު ހަނގުރާމައިގައިވެސް ދިވެހިން ވަނީ ބައިވެރިވެފައި ކަމަށާއި އެމީހުން އެނބުރި ރާއްޖެ އައިސް ހަރުކަށި ފިކުު މުޖްތަމައުގެ ތެރޭގައި ފެތުރުމަށް މަސައްކަތް ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ދިވެހި ފުލުހުން ކުރަމުން ގެންދަނީ މިފަދަ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ހޯދައި އެމީހުންނަށް ހައްގު އަދަބު ދިނުމަށް މަސައްކަތް ކަމަށް ހާމިދު ވިދާޅުވި އެވެ. އާދި އެ ފިކުރުތައް ރާއްޖެއިން ނައްތާލުމަށް އަބަދުވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ސީޕީ ހަމީދު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އާމިނަތު

    ކިހިނެއް އެނގޭނީ އިސްލާމް ދީން ޤަބޫލުނުކުރާ ކިތައް މީހުންކަމެއް ތިބީކީ؟ ކީއްވެ މި ސުވާލު ނުއުފެދެނީ؟ ނޫނީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންގެ ޢަދަދު ނުބުނެވެނީ!

    22
    2
  2. ހުސޭނުބޭ

    ކަލެއަކީ އޭގެ މީހެއް! ބޮޑު ޚިޔާނާތްތެރިއެއް! ލާދީނީ މީހެއް!

    18
  3. Juhaa

    ލާދީނީ ގްރޫޕުގެ ކިތައް މީހުން އުޅޭތަ؟

    27
  4. ހުސެން

    ސެކިއުލާ ކިތައް މީހުން އެބައުޅޭތަ؟

    25
    1
  5. ހަމީދުގެ ފުރެންޑު

    ރާއްޖޭގައި އިސްލަަމް ދީން ގަބޫލު ނުކުރާ އަދި ސޯޝަލް މީޑިޔާގައި ފޮރުވުގެން ހުރެ އިސްލާމްދީނަށް އަދި ދީން ގަބޫލު ކުރާ މީހުންނަށް ފުރައްސާރަ ކުރާ މީހުންގެ އަދަދު 3000 އަށް އަރާ! މީގެ ތެރޭގައި ރައީސް ކަން ކޮށްފައި ތިބި މީހުންނާއި ރައީސް އޮފީހުގެ ވެރިންތަކަކާއި، ސިޔާސީ ޕާޓީތަކެއްގެ އިސްވެރިން، މަޖިލީސް މެންބަރުން، އަދި އެނޫންވެސް މީހުން ހިމެނޭ! ޔޫއެންގެ އޮފީހުންވެސް މިކަން ރޭވި ކުރެވެމުން ދޭ.

    31
  6. ނިންމުން ހާދަ ނުބައޭ

    މި ގައުމު ބޭރު ގައުމުތަކަށް ވިއްކަން ރޭވީ ކޮން ބަޔެއް، އެމީ ހުންގެ ޢަދަދު ކި ހާވަރެއް؟ 1988 ގައި ހަތިޔާރު ބޭނުންކޮށްގެން ވެރިކަން ބަދަލުކުރަން ބަޣާވާތްކުރި މީ ހުންގެ ޢަދަދު ކިހާވަރެއް؟ ޖަމާއަތުގައި ނަމާދު ނުކުރާ މީހުންގެ އަދަދު ކި ހާވަރެއް؟ މައިންބަފައިންނަށް ނުކިޔަމަންތެރި ވަނީ ކި ހާ އަދެދެއްގެ ކުދިންނެއް؟. " ހަރުކަށި" ފިކުރުން ސަލާމަތްވެގެންވާ ހަމީދު ވަނީ، ރަސޫލާ صلي الله عليه وسلم އަށް ފުރައްސާރަކުރި މޑނ އަށް ހިލޭ ސާބަ ހަށް ޚިދުމަތްކޮއްފަ، އެއީ ހައްދުފަހަނައަޅާފައިވާ އަމަލަކަށްނުވި، ކަލޭމެންގެ ނިންމުން ހާދަ ކަޑައޭ.

    16
  7. Anonymous

    އިންޑިއާ އިން ނިންމީ އެގައުމުގެ ހުރިހާ މުސްލިމުން ހަރުކަށި ކަމަށް. ކަލޭމެންނަށް ފެނުނީ މިގައުމުން 1400. 2 ލައްކަ އާ ގާތް ކުރާނެ.

  8. ޅާދީނީ

    1400 ވަނަ މީހަކީ ސީޕީ ޙަމީދު

    14
  9. ފިކުރުތަލޯ

    ފިކުތުތަކުން... އާވިތަދާ... އިތުރު ސިފުން.. ފާވެމިތާ.ބިރުވެރިކަން ހިތުގާލީއެވަށާ...ބިރުވެރިކަން ހިތުގާލީއެވަށާ..ލީއެވަށާ.........،ދުނިއޭގެމީ އަނިއާވެރި މަކަރޭހީވެލާފާ..ތަންތަނުގާ މަޑުޖެހެވުނޭ އަދުމާޔޫވެފާ..ގިސްލާރޮވޭ މީހާލޭ...ލައްލަަލާ

    10
    • ބޮކަރުހަނީފު

      ލައްލަލާ ކުޝަކީ ކޮބާ..ރައްއިތުން މިވަނީއެ ހަނާ....ޑިންގް ޑިންގް ޑިންގް ޑިންގް...ފިކުރުތަކުން އާވިތަދާ.އިތުވަބާ ޖެހިފަމިިތާ....ޖެހިފަމިތާ

  10. ާއަފްލާ

    ވ ބޮޑު ތެދެއް ޙަމީދު ހިމެނނޭ އޭގެ ތެރޭގަ 1400 ވަނަ މީހަކީވެސް ހަމީދު

    13
  11. ޖިންނި

    މުރުތައްދު އަންނި ކަހަލަ ކިތައް މީހުން އުޅޭތަ

    18
  12. ސަނާ

    ދިވެހި މުސްލިމުތަކުން ވިސްނަވާށެވެ! މިދާގޮތަށް ގޮސް މިރާއްޖެ ވަރަށް އަވަހަށް ދީނީ މިނިވަންކަމަށް ހުޅުވައިލެވޭނެއެވެ. ލާދީނީ ގޮތްގަނޑުގެ ރީތިކަމާ ފުރިހަމަކަން ދެއްކުމަށް އެތައް ބައިވަރު ޕްރޮޕެގެންޑާއެއް ފަތުރަމުން އެބަ ގެންދެއެވެ. ރައްޔިތުންގެ ގިނަބަޔަކަށް މި ގޮތްކުޑަ ގޮތްތައް ރީތިވެ ރަގަޅަށް ހެއްލުމަށްފަހު ދީނީ މިނިވަންކަމަށް ހުޅުވާލެވި ރާއްޖޭގެ 40 ޕަސެންޓް މީހުން އިސްލާމްދީން ދޫކޮށް ކާފިރުވާނެއެވެ. ދެން ރާއްޖޭގައި އޮންނާނީ ދީނީ ތަޅާފޮޅުންތަކެވެ. މި މުޞީބާތް އައިސް ދިވެހިން ވަށައި ބައްދައިލުމުގެކުރިން މި ޖާހިލު ލާދީނީ ވެރިކަން ނިންމަން އެބަ ޖެހެއެވެ.

  13. އެމް ސީ ސީ ސީ

    މީނާއަކީވެސް ހަރުކަށިފިކުރުގެ މާމުލުފަސްމީހުންގެތެރެއިން އެކެއް. އެއީ އިސްލާމްދީނާ ދެކޮޅަށް

  14. އެމް ޝަމް

    އެމްޑީ އެންގެ މީހުންނާއި އެކު....

  15. އަލިފު!

    އެމްޑީއެންގެ މެމްބަރުގެ އަނގަފަޅައިފި! ހީވަނީ އެމްޑީއެންގެއަޑު ކެނޑުނީހެންް! ކަލޭގެ ހިސާބު މުޅިން ގޯސް! ގުނަންވެސް އެނގޭމީހެއްނޫން! ރާއްޖޭގައި ތިބި ލާދީނީ މީހުން ފިޔަވައި ދެންހައްތާވެސް ތިބޭނީ ހަރުކަށި މީހުން! އެހެނީ ކަލޭމެން ހަރުކަށި ކިޔަނީ އިސްލާމުންނަށް! އިސްލާމްދީނަށް!

  16. Anonymous

    އެމްޑީއެންގެ ބޮޑު މުއްލާ މުރުތައްދު

  17. އެމްޑިއެން

    ހާދަމޮޅޭ. ހުޅުމާލޭގަ އިރާކޮޅު މީހަކުމަރާލީމަ އަދިވެސް އެކަންކުރިމީހުން ނުހޯދޭ. ހަރުކަށިފިކުރުގެ މީހުން ވަރަށްރަގަޅަށް އެބައެގޭ. ހަރުކަށި ފިކުރުގެ މީހުންގެތެރޭގަ ހަމީދުއާ ޝެހެންތާ އާ ނަޝީދުއާ އިބޫ ސާލިހު ހިމެނޭތޯ؟ ތިކުރާމަސައްކަތް ވަރަށް ތަފްސީލްކޮށް ރައްޔަތުންނަށް މިހާރު އެބައެގޭ. ޢެމްޑީއެމް އިން އިސްލާމްދީނަށް ފުރައްސާރަކުރަމުންދާއިރު އެވާހަކަ އެއްގޮތަކަށްވެސް ރައީސް ސާލިހު ނުދައްކާ އެއަށްވާގިދީ އިސްލާމުން ހައްދުފަހަނައެޅުމުގެވާހަކަދެއްކީމަ އެއީކީ ޤަބޫލްކުރެވޭނެގޮތެއްނޫން. އިސްލާމުންނެއްނޫން މީހުންނަށް އަނިޔާކުރަނީކީ. 13 އަޖަރަށްވުރެ މާޅަކުދިންނާ އެހެންދީންތަކުގެ މީހުންއިދޭ. ކޯރޓަށް ނުގޮސްވެސް އިދޭ. އިންޑިޔާމީހުންކޮށްފިއްޔާ އެގޮތް ރަގަޅުދޯ؟

  18. އެބުނާހެން

    ހަރުކަށި ފިކުރުގެ މީހުންގެ އަދަދު 1400 އަށް އަރާއިރު ލާދީނީ މީހުންގެ އަދަދުވެސް ބުނެދިންނަމަ ރައްޔިތު މީހާއަށް ވަރަށް ފަސޭހަވީސް. އަދި އެިސްލާމް ދީން ގަބޫލު ނުކުރާ މީހުންހުންގެ އަދާއި އިސްލާމު ދީނަށާ ރަސޫލާއަށް ޖޯކު ޖަހާމީހުންގެ އަދަދުވެސް ބަލައި ދަސްކޮށްފައި ބޭއްވުން މުހިންމު ކަމަށް ދެކެން.

  19. ފަޒީލް

    ހައްދު ފަހަނަޅައޭ ކިޔައިގެން ހަމައެކަނި އިސްލާމުންނަށް ބަދުބަސް ބުނާފަދައިން - ލާދީނީ ޖަމާޢަތްތައް ކުރަމުންދާ ވިޔާނުވާ ކަންކަންވެސް ތިގޮތަށް ފަޅާ އަރުވަން ޖެހޭނެދޯ އިންޑިޔާއާ ނަޝީދާ ގުޅިގެން އިންޑިޔާއިން އިސްލާމްދީން ނައްތާލުމަށް ކުރަމުން ދާ މަސައްކަތްތަކާއި ރާއްޖެވެސް ޝާމިލްކުރުމަށް ވަރަށްމަސައްކަތް ކުރަމުންދަނީ މީވަރަށް ދެރަކަމެއް

  20. ފަހަރީނީއޯ ކާލޮސް

    އިންޑިއާ އިން މުސްލިމުން މަރަމުން އެ ދަނީ 2021 ގެ ކުރިން އިންޑިއާ އިން އިސްލާމުން ނައްތާލާނެ ކަމަށް ބީޖޭޕީ ބުނީ މިއަދު.
    ވީމާ 2021 އާ ހަމަޔަށް 2 ގައުމުގެ މިސްރާބު ހުންނާނީ ވ އެއްގޮތަކަށް ކަމަށް ޝައްކެތް ވެސް ނެތް.
    އިންޑިއާ އާ މިހާ ގާތް ގުޅުމެއް އޮންނަ ސަރުކާރަކުން ތިހެން ބުނުމުން ތިބުނާ ހަރުކަށި ފިކުރު ވ ސާފު އިނގޭތޯ. 2 ގައުމުން ވެސް އިސްލާމް ދީނާ ދެކޮޅަށް ތިކުޅެނީ އެއް ގޭމެއް ސާފު ވެއްޖެތޯ.