ފަތިސް ނަމާދު ޖަމާއަތުގައި ކުރާ ނޮޅިވަރަމު ކުދިންނަށް ބޮޑު އިނާމެއް ދިނުމަށް ހދ. ނޮޅިވަރަމުގެ ޖަމިއްޔާއެއް ކަމުގައިވާ "ޖަމިއްޔަތުއް ރިސާލަތު" އިން ނިންމައިފިއެވެ.

ޖަމިިއްޔަތުއް ރިސާލަތުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި އިނަމު ދިނުމަށް ހަމަޖެހިފައި ވަނީ އުމުރުން 10 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ކަމަށެވެ. މި އިނާމު ބޭނުންވާ ކުދިންގެ ޝަރުތުތައް ަކމުގައި ކަނޑައަޅައިފައި ވަނީ، ފުރަތަމަ ތަުބީރާއި އެކު ޖަމާއަތުގައި ބައިވެރިވުމާއި، މެދު ނުކެނޑ 40 ރޭ ވަންދެއް އެގޮތަށް ނަމާދު ކުރުމެވެ.

އަދި 40 ވަނަ ރެއަށް ފަހު އެކުއްޖަކަށް 1000 ރުފިޔާ ދޭނެ ކަމަށް އެ އިއުލާންުގައި ވަނީ ބުނެފައެވެ.

މިކަމުގައި ބައިވެރިވާން ބޭނުންވާ ކުދިން ގުޅުމަށް ދީފައިވާ ނަންބަރަކީ 7952934 އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެކަމުގައި ބައިވެރިވާން ބޭނުން ކަމުގައިވާނަމަ އެ ނަންބަރަށް ގުޅައި ނަންނޯޓު ކުރަން ޖެހޭ ކަމަށެވެ.

މިއީ ކުޑަކުދިންގެ މެދުގައި ނަމާދަށް އޮންނަ އަހުލުވެރިކަން އިތުރުކުރުމަސް ކޮށްފައިވާ މުހިންމު ކަމެއް ކަން ފާހަގަކޮށް ގިނަ ބަޔަކު ދަނީ އެ ޖަމިއްޔާ އަށް ތައުރީފް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޚާލި

    ފުރަތަމަ ތިކަން ފަށަންވީ 20 އަހަރާއި 35 އަހަރުގެ ޒުވާނުންނަށް

    21
  2. ކުމާރު

    ސާބަސް ތި ޖަމިއްޔާއަށް ދަންނަވަން އަދި ތިކަމުގެ ސަބަބުން ނަމާދައް ކުދިން ހިތްޖެހި ނަމާދު ކުރާ ކުދިން ތަކެއް ދިރިއުޅޭ ރަށަކަށް ވެގެން ދިއުން އެދެން

  3. ބަހަނާ

    ތިޔަކަމުގަ ވަކި ޢުމުރެއް ކަނޑައަޅައިގެން ކުރަންޏާ ކުރަންވީ 10 އަހަރާ 64 އަހަރާ ދެމެދުގެ ތިޔަރަށުގައި ދިރިއުޅޭ ހުރިހާ މުސްލިމުންނަށް ކަމަށް އަޅުގަނޑު ޤަބޫލުކުރަން