ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް، އެކަމެއްގައި ރައްޔިތުންގެ ވިސްނުމާއި ފިކުރުހުރިގޮތް ބެއްލެވުމަށް، ރާއްޖޭގެ ހުރިހާ ރަށްރަށުގެ ކައުންސިލް ތަކުގެ ރައީސުންނަށް، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ޞާލިހު މިގޮތަށް އިލްތިމާސް ކުރައްވާފައި މި ވަނީ ދެދުވަހުގެ މުއްދަތަށް ކްރޮސްރޯޑްސް ރިސޯޓުގައި ކުރިއަށްދިޔަ "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ މަހާސިންތާ ނިންމުމުގެ ގޮތުން ދެއްކެވި ވާހަކަ ފުޅުގައެވެ.

"ތިޔަ ބޭފުޅުން ކަންތައްތައް ކުރައްވަމުން ގެންދަވާ އިރުގަ އަޅުގަނޑުގެ އިލްޠިމާޞްއަކީ ރައްޔިތުންނާއި މަޝްވަރާ ކުރައްވާށޭ. ކޮންމެ ކަމެއް ކުރެއްވުމުގައި ރައްޔިތުންނާއި މަޝްވަރާ ކޮށްގެން، ބަޖެޓް ތަންފީޒުކޮށް، ތަރައްޤީގެ މަޝްރޫޢުތައް ހިންގަވާށޭ. އަޅުގަނޑަށް މި ކޮންފަރެންސް އަށް އައުމުގެ އެއް ދުވަސް ކުރިން އަޅުގަނޑަށް ދިމާވި އެއްކަމެއް ޙިއްސާކޮށްލާން. ތ.މަޑިފުށި ރަށު ކައުންސިލް އިދާރާ އެ އޮތީ ބެޖެޓް ކުރެވިފަ. އިމާރާތް އަޅަންވެގެން އެތަނަށް ދިއުމުން ރައްޔިތުން ނިކުމެ ހުއްޓުވި. ރައްޔިތުން ބޭނުން ނޫން ތަނެއްގަ ކައުންސިލުން އިމާރާތް އަޅަން އުޅުނީ. އަޅުގަނޑަށް ޖެހުނީ ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވުމަށް. އެހެންވީމަ ކޮންމެ ރަށެއްގަ ކޮންމެ ކަމެއް ކުރިއަސް ރައްޔިތުންގެ ވިސްނުމާއި ފިކުރު އޮތް ގޮތް މިއަދު ބަލަން އެބަ ޖެހޭ." ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ވެރިކަމަށް އަަރައިވަޑައިގެންނެވުމުގެ ކުރިން ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގަތް އެންމެ މުހިންމު އެއް ވައުދަކީ ޖަޒީރާވަންތަކޮށް ރާއްޖެ ތަރައްގީކޮށް، މުޖްތަމައުގެ ތެރޭގައި އުފާވެރިކަމާއި، ދިރިއުޅެވޭނެ ގޮތެއް ހަމަޖައްސައި ދިނުން ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ ބިލު ތަސްދީގުކުރެއްވުމާއި އެކު އެމަސައްކަތުގެ ބިންގާ މިއަދުު އެޅިގެން ދިޔަކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އިއްޔެ ފެށިގެން އެ ދިޔައީ ފުރިހަމަ ގޮތުގައި ރާއްޖެ ލާމަރުކަޒީ ކުރުމުގެ މަސައްކަތް ކަމަށާއި، މީގެ ކުރިންވެސް ލާމަރުކަޒީ ކުރުމުގެ ނަމުގައި ކަންކަން ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް އޭރުގެ ސަރުކާރުތަކުން ލާމަރުކަޒީ ކޮށްފައިވަނީ ކައުންސިލްތަކުގެ ބާރުތައް ފޭރިގަނެ ކައުންސިލްތަކުގެ ދެއަތް ބަނުމަށް ފަހު ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ާއަފްލާ

    މަނިކުފާނު ރައްޔިތުންނާ މަޝްވަރާ ކއްގެންތޯ ވެރިކަމައް ވަގައް އެރީ

    18
    2
  2. މިފްޒާލް

    އިބޫ ވިޝަން..... ރޫލްސް ދަ ނޭޝަން
    ބުއްޅަބޭ އިޒް ބެސްޓް ބަޑީ އޮފް ގެރި މޯދީ
    ޝާހިދު އިޒް ކާޕެޓް އައްޅޯ!

    އައްޗިޖެންޑާ19

    17
    1
  3. ޢަލީ

    ރައީސް ދޮގު ހައްދަވައިފި ކައުންސިލް މަސައްކަތް ހުޓުވީ ފުލުހުން ނިކުމެގެނެއް ނޫން

    16
  4. މިއަދު

    ދިވެހިންގެ މުއާވިރާބަހެއްގައިބުނެއުޅެ ބުޅާކަލޯ ހައްޖުވުމޭ އެސޮރުވެސް ހައްޖުވެގެން އައިސް ހުރިހާބުޅަލެއް އެއްކޮށްފައި މިއަންގަނީ މީގެފަހުން އެއްވެސްގޮތަކުން މީދާ ނުކެއުމަށް މިއަމުރު ނެރެފައި ހައްޖުވިބުޅާ ކުރިއަށްވުރެ ގިނައިން މީދާކާންފެށީ މިކަން އެގުނީ ގައުމުން މީދާ މަދުދުވަމުންދާތީ އެކަން ބެލުމުން އެގޮތަށް މިރައިސް ހިތަށްއެރިގޮތަކަށް ގާނޫނުތައްބަދަލުކޮށް ހިތަށްއެރިހާބަޔަކަށްފަޒީދީ އަދި އެތައްބައެއް ވަޒީފާއިން ވަކިކޮށް އެހަތަށްއެރިހާބަޔަކަށް ގައުމުގެ ހަޒާނާބަހާ ހުސްކޮށްފައިމިބުނަނީ މަމިހެންހެދިޔަސް ކަލޭމެން މިކަން ނުކުރާށެ މިއީ ހަމަ ކައުންސިލް އިންތިޚާށް ގިރާ ފަނި ތިއެއް ނުބޮވޭނެ

    14
  5. މިއަދު

    މީގެ ކުރިންވެސް ލާމަރުކަޒީ ކުރުމުގެ ނަމުގައި ކަންކަން ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް އޭރުގެ ސަރުކާރުތަކުން ލާމަރުކަޒީ ކޮށްފައިވަނީ ކައުންސިލްތަކުގެ ބާރުތައް ފޭރިގަނެ ކައުންސިލްތަކުގެ ދެއަތް ބަނުމަށް ފަހު ކަމަށް ރައީސް ވިދާޅުވިއެވެ.

    އެކަންކުރީ ރައިސްނަސީދުގެވެރިކަމުގައި ރައިއްޔަތުންހޯދާފަހުރި ފައިސާކޮޅުވެސް ފޭރިގަނެގެން

    10
  6. ޢަހުމަދު

    މަސައްކަތް ހުޓުވީ ރާބޯ ޕާޓީގެ 3 އެކްޓިވިސްޓަކު ނުކުމެ މަސައްކަތް ނުހުއްޓުވިގެން ޕާޓީން ވަކިވާނަމޭ ބުނެ ބިރުދެއްކުމުން ބޯހުދުބެ ބިރުން ޕާޓީކުދިން ހިތްހަމަޖައްސަންވެގެން ފުލުހުންނެއް ނޫން ހުއްޓުވީ

  7. ރައްޔިތުމީހާ

    ހެހެހެ އެންވެގެން ދެއްތޯ ތިއުޅެނީ ރައީސްޔާމިން ރައްޔިތުންނައް ދީފަހުރި ފުލެޓް ޕާޓީކުދިންނައް ދޭންވެގެން މޮޅުވާހަކަނުދައްކަބަލަ ރައްޔިތުން ގުބޯހައްދަން ދެއްތޯ

    10
  8. Anonymous

    ވަގުސަރުކާރު. ވޯޓްވަގުތައް. ރޯތިގޮތަކަށް ބަލިކޮށްލާނަން.

  9. ޖަޒީރާ ބޯއީ

    ކުރިން ހީވެފައި އޮތީ ރައީސް ނަޝީދު ހިންދުކޮޅުގައި ހުންނަކަން އެކަމަކު މިހާރު ރައީސް ސޯލިހު ހަމަ ޔަގީނުންވެސް ގިނަވަގުތު ހުންނަވަނީ ހިންދުކޮޅުގައި.