ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ދިވެހި ސިވިލް ސާރވިސް މުވައްޒަފުންނަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދީފައިވަނީ މި ސަރުކާރުން ކަމަށް އެކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް މިހެން ވިދާޅުވީ ތިންވަނަ ސިވިލް ސާރވިސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

މި އަހަރުގެ ކޮންފަރެންސް ހުޅުވާދެއްވުމުގެ ރަސްމިއްޔާތުގައި ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުންނަށް އެންމެ ބޮޑު ކުރިއެރުމާއި ތަރައްޤީ އައިސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ކަމަށެވެ.

އެގޮތުން ސަރުކާރުގެ ވުޒާރާތަކުގައި މަސައްކަތްކުރަން އޮންނަ ރަސްމީ ގަޑި ހަ ގަޑިއިރަށް ކުޑަކުރުމާއި ސިވިލް ސާރވަންޓުންގެ މުސާރަ ބޮޑުކުރުމާއި ސިވިލް ސާވެންޓުންނަށް މަތީ ތަޢުލީމު ހާސިލްކުރުމަށް ސްޓަޑީ ލޯން ތައާރަފުކުރުމުގެ އިތުރުން ސިވިލް ސާރވަންޓުންނަށް ލުއި ގޮތެއްގައި އަތްފޯރާ ފަށުގައި ގެދޮރުވެރިކުރުމަށް ހައުސިންގ ސްކީމެއް ފަށްޓަވަދެއްވާފައިވާކަން އަލީ ޝަމީމު ފާހަގަކުރެއްވިއެވެ.

"ސިވިލް ސާވެންޓުންނަށް ދެވޭނެ އެންމެ ބޮޑު ކުރިއެރުމަކީ އެފަރާތްތަށް ތަމްރީނުކުރުން. އެގޮތުން ފާއިތުވި 4 އަހަރު އެވްރެޖްކޮށް ކޮންމެ އަހަރު 4000 ސިވިލް ސާރވަންޓުންނަށް އެކިކަހަލަ ތަމުރީންތައްދެވިފައިވޭ. އަދި ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުންގެ 6 ބައިކުޅަ އެއްބައި ތަމުރީންކުރެވުންކަން އުފަލާއެކު ފާހަގަކޮށްލަން. 2017 ވަނަ އަހަރު ތަމުރީން ދިނުމުގެ ޚިދުމަތްވަނީ ޒަމާނާގުޅޭގޮތަށް މުޅިން އާ އުސްމިންތަކަށް ގެންދެވިފައި. އެގޮތުން މާލެ ނައިސް އަތޮޅުތެރޭގައި ތިބެގެން ސިވިލް ސާރވަންޓުންނަށް އިންޓަރނެޓްގެ ޒަރީއާއިން ތަމުރީން ހާސިލުކުރެވޭނެ އީ-ލާރނިންގ އާއި ވަރޗުއަލް ލަރނިން ތަޢާރްފުކޮށް ކޯސްތައް ހިންގަން ވަނީ ފެށިފައި." އަލީ ޝަމީމު ވިދާޅުވިއެވެ.

އަދި ސިވިލް ސާވިސް މުވައްޒަފުންގެ ކުރިއެރުމަށް މިހާރުވެސް އެތަކެއް މަސައްކަތް ތަކެއް ކުރެވެމުން ގެންދާ ކަމުގައިވެސް ޑރ. އަލީ ޝަމީމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޫސްކިޔާމީހާ

    ނޭގުނު ލިބުނު ކުރިއެރުމެއް މުޅިންވެސް
    ދުއްތުރާޖައްސަނީ ދެން ބުނެފި މުސާރަ ބޮޑުކުރިވާހަކަ ހަމަ ޔަގީނުންވެސް މުސާރައަށް ނުލިބޭ ކުރިއެރުމެއް އެލަވަންސް އެއީ ސަރުކާރުން ބޭނުންވީމަ ކަނޑާލަން އޮންނަ އެއްޗެއް ތިބޭފުޅުން ދޮގުހެދުން ހުއްޓާލައްވާފަ ތެދުބަހުން ވާހަކަ ދައްކަވާ

  2. ދޮންމޮހޮނު

    ރޯ ބުހުތާން ދޮގު. ކޮން ކުރިއެރުމެއް ލިބުނީ. މުސާރައަކަށް ބަދަލެއް ނާދޭ. ތަކެތީގެ އަގުވީ ބޮޑު. ލިބުނު ކުރިއެރުން ލިސްޓް ކޮށްބަލަ.