ސައުދީ އަރަބިއްޔާ އަކީ ހަރުކަށި ފިކުރު އާލާކުރާ ގައުމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައި ވަނީ އިއްޔެއިން ފަށައިގެން ދެ ދުވަހުގެ މުއްދަތަކަށް ކްރޮސް ރޯޑުގައި ކުރިޔަށް ގެންދިޔަ "ވިއަވަތި" މަސާހިންތާގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަސާހިންތާގައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ސައުދީ އަރަބިއްޔާގެ އިތުރުން އެހެން ޤައުމުތަކުންވެސް ހަރުކަށި ފިކުރު އާލާކުރާ ކަމަށާއި، އެ ޤައުމުތަކުން ދިވެހި ދަރިވަރުން ތައުލީމު އުނގެނިގެން އެނބުރި ގައުމަށް އަންނަނީ ރާއްޖެއަށް ބޭނުންވާ ތައުލީމު އުނގެނގިގެންތޯ ބަލަންޖެހޭ ކަމަށެވެ.

"ސައުދީ އަރަބިއްޔާ އާއި އަދި އެހެންވެސް ހަރުކަށި ފިކުރުގެ ހިޔާލު އާލާކޮށް ހަދާ އެހެންވެސް ގައުމުތަކުގެ ޔުނިވާސިޓީތަކަށް ފޮނުވާ ކުދިން ފޮނުވާއިރުގާ އެ ޔުނިވާސިޓީތަކގުެ މަންހަޖު ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ، އެބޭފުޅުން ކިޔަވާވަޑައިގެން ރާއްޖެ ވަޑައިގަންނަވަނީ، ރާއްޖެއަށް ބޭނުންވާ މައުލޫމާތު ލިބިވަޑައިގެން ތިއްބަވާތޯ،" ނަޝީދު ވިދާޅުވިއެވެ.

ސައުދީ އަކީ ހަރުކަށި ފިކުރު އާލާކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމަށް ވިދާޅުވެ، ދިވެހި ދަރިވަރުން އެ ފިކުރާއި އެއްގޮތަށް ޔުނިވާސިޓީން ތައުލީމު އުނގެނޭކަމަށް ދޭހަވާ ފަދަ ގޮތަކަށް ނަޝީދު މިރޭ ވާހަކަފުޅު ދެއްކެވިއިރު، ރާއްޖޭގައި ހަރުކަށި ފިކުރުގެ ސާދަސަތޭކައެއްހައި މީހުން އުޅޭ ކަމަށް ޕޮލިސް ކޮމިޝަނަރ، މުހައްމަދު ހަމީދު ވިދާޅުވެފައި ވެއެވެ.

މިރޭގެ މަސާހިންތާގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވެފައި ވަނީ، ހަރުކަށި ފިކުރުގެ ތެރެއަށް ވެއްޓި މިހާރުވެސް އަމިއްލަ ހަށިގަނޑާ ފުރާނަ ގުރުބާންކުރާ ހިސާބަށް ގޮސްފައިތިބި މީހުންގެ އަދަދު 1400 އާއި ގާތް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ރާއްޖެތެރެ

    ނަޝީދުގެ ނުބައިކަމުން ރާއްޖެ ސަލާމައްކުރަންޖެހޭ.

    91
    4
  2. ޖާޖާ

    ކަލޭގެ ލޯބިވާ ހުސެން ރަޝީދު ވެސް ކިޔެވީ ސައުދީ އަރަބިއްޔާއިން ކަން އެނގިލައްވާތޯ؟ އެކަލޭގެ ނެރޭ ހުރިހާ ފޮތެއް އިސްތިހާރުކޮށްދޭން ދަނީ ކާކުކަަަަން މަށެއް ނުބުނާނަން..

    76
    2
  3. ޗާހިދު

    ކުޑައިރުއްސުރެ ކާފަރުންގެ މަންހަޖު ދަރިންނަށް ކިޔަވައިދީ، އަދި އެމީހުންގެ ގާތަށް ދަރިން ފުނުވައިގެން ކިޔަވައިދިނީމަ ޢާޚިރަތްދުވަހުން ސަލާމަތްވާނެކަމުގެ ކޮން ޔަގީން ކަމެއް އޮތީ. އިނގިރޭސިވިލާތް ކަހަލަ ގައުމުުތަކުގައި ކިޔަވަން ގޮސްފައި އައިސް އެމީހުން އުޅޭގޮތަށް ގިނަ ދިވެހިން އުޅެނީ. ރައީސް ނަޝީދަށް ވެސް ދީނާއި ދުރު ވިސްނުމެއް ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ.

    31
  4. ާަާމަ

    ސައުދީން ފަތުރަނީ ހަރު ކަށިފި ކުރޯ... އެހެންވިއްޔާ އިންޑިޔާއިންފަތުރަނީ ކޯންޗެއް ކަން ނި ކަންބުނެބަލަ... އިސްލާމުން މަރާހުސްކުރަނީ އެއޮތްގެން...

    38
    2
  5. އަފޭ

    ނަސީދު ހާދަވަރަރަކައް މުސްލިމު ގައުމު ތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަނީ ތިއީ ގޯހެއް މީ އަނެއްކާ އިބުލީސް ނޫންތަ ؟ އެމްޑީޕީން ނުކުމެ މިކަން ހުއްޓުވަން ވެއްޖެއްނޫން ތިޕާޓީ އަކީ ކުރިން ކިހާ ރަގަޅައް ކުރިއް ގެންދިޔަ ޕާޓީއެއް އަހަރެމެން މިހާރު ފޫހިވެއްޖެ

    30
    1
  6. ހަރުކަށި

    މީނާ އިހަކަށް ދުވަހު ޑުބާއީއަށް ގޮސް ކޮނޑާއި ކޮނޑު ޖައްސައިގެން ފޮޓޯ ނަގާފައި އައިސް މިދައްކާ ވާހަކަ ގަބޫލުކުރާނީ މޮޔައިން. އެބުނާ ހަރުކަށި ފިކުރު ފަތުރާ ގައުމުގެ ވަލީ އަހުދު ގާތަށް ގޮސް އެހުރީ ހަރުކަށިކަން ދަސްކުރަން ނޫން ބާ؟

    35
  7. ސައީދު

    ނަޝީދު (އަންނި) އަކި ލާދީނީ އިސްލާމް ދީނުގެ އަސްލުތައް ފެތުރުމާއި ދެކޮޅު މީހެއް. މި ނަޝީދު ނިމުން އަވަސް ކުރައްވާށި

    37
    3
  8. ކެޔޮޅު

    ބަލަންވީ ހަރުކައްޓެއް މަޑުކައްޓެއްނޫން ބަލަންވީ އިސްލާމީ ސަރީއަތް ކީރިތިޤުރުއާނާ މާތް ނަބިއްޔާގެ ސުންނަތް އެޔަކައް ހަރެއް މަޑެއް ނުކިޔޭނެ ހަޖަމުނުވަންޏާ އެކޮޅައް ކަނޑާލާ ވައްސަލާމް!!

    46
    3
  9. މޮޔަބެ

    ދޮގް ވާހަކަ ދައްކަނީ، ހަރުކަށި ވާންޖެހޭ ކަންތަކުގަ ހަރުކަށި ނުވާނަމަ އިންސާނަކަށް ނުވާނެ. . ޤައުމު ބައި ބައި ކުރަން ނަޝީދު ދައްކާ ހަރުކަށި ވާހަކަތަކަށް ފިޔަވަޅުއަޅަންޖެހޭ..ނަޝީދުއަކީ ސެކިއުލަރ ހަރުކަށި ފިކުރުގެ މީހެއް...

    30
    1
  10. ޚަފަކޮށީ ކަލޭގެ

    ޢިގިރޭސިވިލާތުންޢިލްމު ހޯދާމީހުން ނޫނީ މި ބަލާއަށް ކަމަކު ނުދަނީތަ؟

    26
    2
  11. ނަސީދު

    މީނާ ވެއްޖެ ދޫރައްކާކުރަން

    20
  12. ހުސެން

    މާބޮޑަށް އަނގަ ދިޔާ ވަނީ ޖޫސް ބޮވޭތީ،ސައުދީ ވަލީއަހުދު އަކީ ހާޟޯގީ މަރާލިކަމަށް ތުހުމަތުކުރެވޭ މީހާ .އޭނާާ އާ އެއްކޮށް ސެލްފީކަނޑާ ކާރު ރޭސް ބަލަން ދިޔައީ ހައްދުފަހަނއެޅު ދެ ރައީސުންތޯ؟

    16
    1
  13. ޙަސަނާ

    މީނާގެ މިހުރި ކިބުރުވެރިކަމެއްދޯ އިންޝާﷲ މީނާގެ ނުބައި ނުލަފާކަން ވަރައް އަވަހައް ބޭޒާރުވެ އަންނަލޯކަލް އިންތިހާބުގަ ދިވެހިރައްޔިތުން މީނާގެ ކިބައިން ބަދަލު ހިފާނެ އިންޝާﷲ.....

    12
  14. ބިޖޫ

    ތިޔަބުނާ ހަރުކަށިކަމާއި ނުލަފާކަމާއި ޖާހިލުކަމާއި ޖައްބާރުކަން ފަތުރަނީ ކެނެރީގޭ ދާއްބަ ދާއްބަޔަކީ މިގައުމް ހަލާކުކުރި ޖާހިލު
    ދުނިޔެދުއް އެންމެ ނުބައި ނުލަފާ ޖާހިލަކީ ހާމާން އެޔައްވުރެވެސް މި ކެނެރީދާއްބަ ޖާހިލުވެފަ ނުބައި. އޭ އަބްރަހާ ކަލޭ ކެނެރީދާއްބަޔައް ނުހެއްލޭތި

    10
  15. ވެރިން

    ދުނިޔެއް ތިމާ މައްޝޫރުވާން ވެގެން ދައްކާހާ ވާހަކަ.

    10
    1
  16. ޙަސަނާ

    ސާފުކޮއް ބުނެބަލަ ކަލޭބޭނުންވެގެން ތިޔަ އުޅެނީ މިގައުމުގަ މިއޮތް އިސްލާމްދީނުގެ އަލިގަދަދަންމަރު ފަޑުކޮއް ގައެރުމުސްލިމުންނައް މިގައުމުގެ ބިމުން ޖާގަ ދޭން އިންޑިއާގަ ނަރުމޯދީ ފާސްކުރި ކަހަލަ ގާނޫނެއް ފެށޭދައުރުގަ ކަޅެގެ ސުޕަރމެޖޯރެޓީ ބޭނުންކޮއްގެން ފާސްކުރަންތަ.....

    11
    1
  17. ޕުއްޕުޚާން

    ކަލޯގަޔާ އެއްކުއްޖަކުވެސް އަންނިބޭ ގެ އަޑު ނާހާތި އޭނަ ޔާ އޭނަގެ އާއިލާ ދިރިއުޅޭނީ ޔޫރަޕްގައި އެސޮރަކަށް ޖަޒީރާ ކަމަކު ނުދޭ އެސޮރު އުޅެނީޗިޗަންޑާ 19 ހިފައިގެން އައިސް ހަަަާމުދުރުންގެ އޯޑަރަށް ޖަޒީރާ ތައް ހަލާކު ކޮށްލަން ބައިވެރިނުވާތި ރަށަކަށް އަރައިފިއްޔާ ފުޅި ބައްތި ހިފައިގެން އަތިރިއަށް ގޮސް ގުއިރޭން ބުނޭ އެގޮތް އޯކޭތޯ އަހާތި . ބަނބުކޭލާ ކުޅި ރިހާކުރު ނޫން އެއްޗެއް ކާންނުދޭތި މުންޑުއާއި އަތްދިގު ގަމިީހުގައި ނޫނީ ޖަލްސާ ކުރިޔަނުދޭތި މައިކު ބޭނުންނުކޮށް ވާހަކަދައްކަންޖެހޭނީ ފަޒޫވެސް ހުންނަންޖެހޭނީ ކަނޑިކި އަނދެފަ ލިބާސް ލާފަ ލައިލާ އަންނައެއްޗާ ހެދުންބުރި ލަާންޖެހޭ އެއީ ޖަޒީރާވަންތަވީމަ ކާބަފައިން އުޅުނުގޮތް އައިސްކުރި ބުއިމެއްނުދޭތި ސާގުފަނި ދޭންވަާނީ ޖަޒީރާ އޯކޭތޯ ޓެސްޓުކޮށްލަބަލަ

  18. ކިންގފިޝަރ

    އިސްލާމީ ކޮންމެ އުސޫލެއް ވެސް މިވެރިންނަށް ހަރުކަށިވާނެ.

  19. ނަރު

    މިދިވެހި ޤައުމުހަލާކުރަން އައިސްގެން އުޅޭނެކަމެއްނެތް ލައެލާގޮވައިގެން މަޖުނޫނު ދޭ އިގިރޭސިވިލާ ތުއައް ސޭރިޖަލުގަ ލޯބީގެއޮއްއިންދަން ޔާﷲ ކެނެރީނަޝީދު ދުއްޕާނުން އަޅަމެންރައްކާ ތެރިކުރައް ވާނދޭ އާމީން