ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންނާއި ގުޅޭ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވީ ވަރަށް ބިރުވެރި މައުލޫމާތުތަކެއް ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވަނީ ހައްދުފަހަނައަޅާފައިވާ މީހުންނާއި ގުޅޭ ގޮތުން މީގެ ކުރިން އެއްވެސް ރަސްމީ އިދާރާއަކުން ހާމަނުކުރާ ބައެއް މައުލޫމާތުތައް ހާމަކުރައްވާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި އަނިޔާވެރި އަމަލުތައް ހިންގާ އައިއެސްގެ ފިކުރަށް ތަބާވެ، އެ ފިކުރުގެ ދިފާއުގައި ޖެހިގެން ހުންނަ މީހާ މަރާލަން ފަސްނުޖެހޭ މިންވަރަށް ހައްދުފަހަނާޅާފައިވާ 1،400 އެއްހާ ދިވެހިން އެބަތިބި ކަމަށެވެ.

އެވާހަކަފުޅަށް އިޝާރާތް ކުރައްވަ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އައިއެސްގެ ފަރާތުން ހިންގާ ނިރުބަވެރި ހަރަކާތް ތަކާ ބެހޭގޮތުން ޕޮލީސް ކޮމިޝަނަރ ދެއްވީ ވަރަށް ބިރުވެރި މަޢުލޫމާތު ތަކެއް ކަމަށާއި މުޅި ގައުމު އެކަމަށް ސަމާލު ވާން ޖެހޭ ކަމަށެވެ.

"ރާއްޖޭގައި އައި އެސް ގެ ފަރާތުން ހިންގާ ނިރުބަވެރި ހަރަކާތް ތަކާ ބެހޭގޮތުން ޕޮލީސް ކޮމިޝަނަރ މިއަދު ދެއްވީ ވަރަށް ބިރުވެރި މަޢުލޫމާތު ތަކެއް. މުޅި ގައުމު ސަމާލު ވާން ޖެހޭ." މައުމޫން ވިދާޅުވިއެވެ.

އައިއެސްގެ ލީޑަޝިޕުން ވާގިވެރިވެ، ސީރިއާގައި ހުރި ދިވެއްސަކު އިސްވެ 2017 ގައި ރާއްޖޭގައި ވައިގެ މަގުން ބޮން ގޮއްވާލަން އުޅުނު ކަމަށް ވެސް އިއްޔެ ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުުވީ އެ އައިއީޑީ ހެދީ އައިއެސްގެ އިރުޝާދާ އެކު މާލޭގައި ތިބި ދިވެހިންތަކެއް ކަމަށެވެ. އެކަން ނާކާމިޔާބުކޮށްލީ ދިވެހި ފުލުހުންނާއި ސިފައިންގެ އިތުރުން ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު ގުޅިގެންމަށް އޭނާ ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރ ވިދާޅުވީ އެ އޮޕަރޭޝަންގައި ދުނިޔޭގެ ވަރުގަދަ ފަސް ގައުމަކުން ވެސް ބައިވެރިވި ކަމަށެވެ. "އެއީ، 2017 ގައި މުޅި ދުނިޔޭގައި ހިންގުނު އެންމެ ބޮޑު ކައުންޓަ ޓެރަރިޒަމް، އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަންގެ އޮޕަރޭޝަން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އޭގެ އިތުރު ތަފްސީލެއް ކޮމިޝަނަރު ނުދެއްވަ އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ފފފފފ

    ލާދީނީ ލިސްޓް ޗެނަލް 13 ގެ "މަޑިސީލަ" ޓީމުގެ ބުރަމަސައްކަތުން އެމީހުންގެ ނަމާއެކީ ރައްޔިތުންނަށް ފެންނަގޮތަށް އާއްމުކުރުން އޮތީ ވަރަށްކައިރީ. ރައްޔިތުން އިންތިޒާރުކޮށްލައްވާ. އިންޝާﷲ މަހެއްހާ ދުވަސްތެރޭ ލިސްޓު އާއްމުކުރާނެ. އުޅެނީ ސަރުކާރުގެ އެންމެ އިސް ސަފުގައިތިބި ބޭރުގެ ޖަމާއަތްތަކުން މުސާރަދީގެން، ނަފްސު ޝައިޠާނާއަށް ވިއްކާލާފަ ތިބި 60 އެއްހާ މީހުން. ދިވެހި މުސްލިމު ރައްޔިތުންގެ އަގީދާ ފުނޑާލުމުގެ މަައްކަތް ކެނޑިނޭޅި މިބައިގަނޑުން އެބަކުރޭ.

    44
    2
  2. ޢަބްދުއްލަޠީފު

    ބުހުތާން ދޮގު. މަރު އަންނާނީ އެއްފަހަރު. އަހްރުމެނައްހެޔޮ. މަރުބޭނުން ނޫންމީހުން ސަމާލުވެލާ އޯކޭވާނެ.

    30
    1
  3. ފުދިއްޖެ ބެއްޔާ

    މިގައުމު ސަމާލުވާންޖެހެނީ މައުމޫނުގެ ސަބަބުން ދިމާވާ ބިރުވެރިކަންތަކަށް...ވެރިކަމައްޓަކާ ކޮއްމެކަމެވެސް ކޮއްފާނެކަން ރައްޔިތުންނަ އެގުނީ މިދިޔަ5އަހަރު...އެއްބަފާ ކޮއްކޮ ހަވަރަށްދީ ގުރުބާންކޮށް އަބުރުނެގާލުމުގެ މުގުލުގަހުރީ މައުމޫނު...މިގައުމަށް ބޭރުބައެއްގެ އަޅުވެތިކަމަށްދާން ޖާގަ ހޯދަދިނީ މައުމޫނު..،ރިޝްވަތުގެ ހުތުރު ނުބައި ފައި ސާގަ ހިފުމަކީ ރީތި ގަޓް ކަން ކަމަށްހެދީ މައުމޫނު..އެހެންވީމަ މައުމޫނަކީ ބިރުވެރިމީހެއް..މައުމޫނުގެ ކިބައިން ސަލާމަތްވުމަށް ރައްޔިތުން ހޭއަރަންޖެހޭ...ހަމީދު ވާހަކަދެއްކުމުން މައުމޫނު ބިރުގަންނަ ވާހަކަ ބުނީ ރައްޔިތުންގެ ސަމާލުކަން އަބުރާލަން..

    17
    1
  4. ޓިނު ވަގު

    ސީޕީ ޙަމީދަކީ އެލިސްޓްގެ އެންމެ ކުރީގައި އޮތް މީހާ... ޙަމީދަކީ އިސްލާމް ދީނުގެ ޢަދުއްވެއް...

    21
  5. Anonymous

    މައުމޫނައް އަދި ބިރުވެރިކަމަކާ ؟

    13
    1
  6. ޓިނު ވަގު

    މައުމޫން ވެސް އަނގަ މަޑުން ހުރެވޭތޯ ބަލަގަ... ތިހެން އުޅެނިކޮށް ލިސްޓްގަ ހިމަނާފަ އަހަރުމެންގެ ރަސްކަމުގަ އަނދަ ގޮނޑީގަ ހަރުކުރަން ޖެހިދާނެ..

    13
    1
  7. އަހުމަދު

    އަދި ބިރުވެރި ކަމަކާ ލާއި ނުގަނޭތާ

    12
  8. ކ

    ކޮން ގައުމަކުންތޯ އަބަދު ގައުމުގެ މިކަހަލަ ސިއްރުތަށް ހާމަ ކުރަނީ ...ތަސައްްރަފު ނުފުދޭ މީހުން މަގާމުތަކަށް ލުމުގެ ހިތި ނަތީޖާ....... ފަތުރު ވެރިކަމުން މިކަމަށް އަސަރު ކުރާނެ

    17
  9. ޝައުކަތު

    ސީޕީ ދެއްވީ މިފަހަރު އިންޑިއާއިން، ރާއްޖޭގައި ފަތުރަން ބޭނުންވި ޕްރޮޕެގެންޑާގެ ބައެއް.

  10. ޢަރޮޅި

    ތިޔަފަދަ ކަންކަން ހިގީމާ ރައްޔިތުނަށް ހާމަ ނުކޮށް ތިކަހަލަ ޕޯޑިއަމް ތަކުގައިތޯ ދައްކަން ޖެހެނީ!ތިޔަޢީ ވަގުތުން ފިޔަވަޅު އަޅާ ނޫސްތަކަށް ފޮނުވަންޖެހޭ ހަބަރު.ތީގެން ދޭހަވަނީ ސިޔާސީ ފިޔާ މީރު ކުރުންކަން،

    6
    3
  11. ހިތާމަ

    ތިތިބީ ފަންތިމަތީގައިތިބި ކަނޑުކޮހުންނާ އެއްކޮޅު މީހުން. ކޮންކމަކާތޯ މަނިކުފާނު ބިރުފުޅުގަތީ. މަރުވެދާނެތީތޯ؟ އެކަމާ ބިރުގަތަސް މަރުވާނެ. ހެޔޮކަމެއް ކުރެއްވޭތޯ ބައްލަވާ؟ ކުރެއްވުނު ނުބައި ކަންކަމަށް ތައުބާވެވަޑައިގަންނަވާ؟ އޭރުން އާޚިރަތް ލިބިވަޑައިގަންނަވާނީ. ގައުމަށް އިގުތިސޯދީގޮތުން ވެދާނެ ގެއްލުމަކަށް އެއްފަހަރުވެސް ވިސްނާނުލާ ބައެއްތީ.
    ޓޫރިޒަމް ފެށިއިރު ބޭރުގެ ކޮންސަލްޓެންޓުން ގެނެސްގެން ދިރާސާކުރީމާ ބުނީ، މިރާއްޖެއަކު ތިކަމެއް ނުވާނެޔޭ. ދެން ދިވެހި ދެތިން މީހުންގެ މަސައްކަތުން ކުރިއެރީމާ އެއުޅެނީ އެކަންވެސް މިގައުމުން ފުނޑާލަން. މިކަމެއް މަނިކުފާނަކަށް ވިސްނިވަޑައެއްނުގަންނަވާ ދެއްތޯ؟

  12. ނަސްރީ

    އެކަހަލަ ބިރުވެރި ވާހަކަ މައުމޫނު ކައިރީ ނުދައްކާތި، ބިރުން ފިއްކަނޑައިގެން ގޮސްފިއްޔާޔޯ؟؟؟

  13. އިންސާނާ

    ސީޕީ ދެއްވި ބިރުވެރި މައުލޫމާތައް މައުމޫނާ މައުމޫނުގެ އާއިލާއިންސަމާލުވެތިބީމާނިމުނީ އަހަރެމެން ރައްޔިތުން މިފަހަރު ސަމާލުވެ ތިބޭނީ ކައުންސިލޮ އިންތިހާބައް ސީޕީގެ މައުލޫމާތަކައްނޫން