އަންނަ އަހަރު ފެމަލީ ކޯޓުން ކައިވެނި ކޮށް ނުދޭނެ ދުވަސްތައް އާންމުކޮށް ފިއެވެ.

މިއަދު އާއްމު ކުރި އިއުލާނުގައިވާ ގޮތުން އަންނަ އަހަރު އަންނަ އެންމެ ރީތި އެއް ތާރީހު ކަމަށްވާ 2-20-2020 ގައި ކައިވެނި ކުރަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު އެބައޮތެވެ.

ފެމަލީ ކޯޓުން ކައިވެނި ނުކޮށްދޭނެ ދުވަސްތަކަށް ބަލާއިރު، ހޮނިހިރު ދުވަހަކު ކައިވެނިކޮށް ނުދޭނެއެވެ.

އަދި ރަމަޟާން މަހުގެ ފުރަތަމަ ދުވަހާ ގުޅިގެން އޭޕްރީލް 23 އަދި 24 ވަނަ ދުވަހު ކައިވެނި ކޮށް ނުދޭއިރު، ފިތުރު އީދާ ގުޅިގެން މެއި 24 އިން 29 ގައި ކައިވެނި ކޮށް ނުދޭން ނިންމާފައި ވެއެވެ.

މީގެ އިތުރުން އެ އިއުލާނުގައި ވަނީ މިނިވަން ދުވަހުގެ ޗުއްޓީއާ ގުޅިގެން ޖުލައި 26 އަދި 27 ގައިވެސް ކައިވެނި ކޮށް ނުދޭނެ ކަމަށެވެ. އަދި އަޟުހާ އީދާ ގުޅިގެން އޮގަސްޓް ދޭއް އަދި ތިނެއްގާއި ދުވަހު ކައިވެނި ކޮށް ނުދޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

އަންނަ އަހަރު ކޯޓާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނެ ގަޑިތަކަށް ބަލާއިރު، ހެނދުނު 10:00 އާއި 11:30 އާއި ދެމެދު އަދި މެންދުރުފަހު 13:00 އާއި 13:30 އާއި ދެމެދު ކައިވެނި ކޮށްދޭނެ އެވެ. އަދި ނުރަސްމީ ގަޑީގައި ހަވީރު 16:00 އާއި 21:30 އާއި ދެމެދު ކައިވެނި ކޮށްދޭނެ އެވެ.

ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:00 އާ ހަމައަށެވެ.

އެ އިއުލާނުގައިވާ ގޮތުން ކައިވެނި ކުރުމުގެ ކަންކަން މުޅިން ކޯޓުން ހަމަނުޖެހެނީސް، ވަކި ދުވަހަކަށް ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ކުރާ ހަރަދުތަކަށް ކޯޓުން ޒިންމާ ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަކުރު

    02-02-20 ނޫނީ 20-02-20 ދުނިޔެއަށް ކަންތަކެއް ދިމާވާނެކަމަށް ބުނޭ!

    2
    14
    • ....

      ދުނިޔެއަށް ކަންކަން އަބަދުވެސް ދިމާވާނެ އިންސނުންގެެ ވައްޓަފާޅި ހުރި ގޮތުން

      26
    • How

      ކާކު ބުނީ؟؟

  2. ބުރިބަރު

    ގައުމުންބޭރުގަ ހުރެފަ މެރީކުރީމަ ނިމުނީ .... :

    1
    3