ހަރުކަށި ފިކުރު ގެންގުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް މިހެން ވިދާޅުވެފައިވަނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭގޮތުން، ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު ކްރޮސްރޯޑްސް މޯލްޑިވްސްގައި އިއްޔެ ކުރިއަށްދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ޝަމާލް ވިދާޅުވީ، ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި ސަރުކާރުގެ ސެޓޭންޑް ވަރަށް ސާފުކަމަށް ވިދާޅުވެފައިވެއެވެ. އަދި ކަމެއް ދިމާވެއްޖެ ނަމަ ޤައުމީ ދިފާޢީ ބާރުން ހަރަކާތްތެރިވާންވީ ގޮތާއި އެކަމަށް ބޭނުންވާ ތަމްރީންތައް ހަދަމުންދާކަމަށް ޝަމާލް ވަނީ ވިދާޅުވެފައެވެ.

އަދި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުގެ ފަރާތުން އަޅަމުންދާ ފިޔަވަޅުތަކާއެކު ޤައުމީ ސަލާމަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާއި މި ފިޔަވަޅުތަކާއެކު ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭގޮތުން، ބޭއްވި މި ޑިސްކަޝަން ގައި ރިޔާސަތު ބަލަހައްޓަވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ. އަދި މި ޑިސްކަޝަންގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލިބެ

    އަހަރެމެނައް އެނގޭ ތިތާ ލާދީނީ މީހުނައް އެކަނިކަން ތިތާ ޖާގަ އޮތީ

  2. ހުސެން

    ދެން ލާދީނީ މިނިވަން ހައަދުފަހަނައެޅި މުރުތައްދުންނަށް ސިފައިންގެއިން ފުރުސަތުދެނީޔޭތަ ތިކިޔަނީ؟ތި ކިޔާ އެއްޗެއް ސާފުކޮށް މި ދެ ބައިގަނޑަށް އަމާޒުނުވެ ހަމަ އެކަނި ސުންނަތަށް ލަޯބިކުރާ ދީނަށް އުޅެން މަސައްކަތް ކުަރާ ކުދިން ބޮލަށް މަހާލަން އުޅެތީ މައްސަލައަކީ

  3. ޢެޑްމުންޑޯ

    ލާދީނީ މިނިވަން ފިކުރުގެ މީހުންނަށް ޖާގަ އެބައޮއްތަ؟

  4. ބޭބެ

    ލާދީނީ މީހުންނަކަށް މި ޤައުމުގެ އެއްވެސް ތަނަކުން ޖާގައެއް މުދޭންމު

  5. ޢާއިޝާ

    ކެކެކެކެ. މުރުތައްދުވާ މީހުންނަށް ޖާގަ ފުލްކޮށް އެބައޮތެއްނޫންތޯ. އޯކޭ