ވެރިކަމުގެ ތިން ބާރު އެއްވެއްޖެ ނަމަ، ދިވެހި ރައްޔިތުންގެ މާ ބޮޑު ބާރެއް ނޯންނާނެ ކަމަށާއި، ރައްޔިތުން ވާނީ ހަމަ އެކަނި އަދަދަކަށް ކަމަށް، ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ އާރިފް ވިދާޅުވެއްޖެ އެވެ.

ޢަލީ އާރިފް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ފަރާތުން ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ މިހާރު މި އޮތް ގޮތަށް ބަދަލު ކުރުމަށްޓަކައި ދިވެހި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު އަޑު އުފުލައިގެން އޭރު ހުންނެވި ރައީސުލް ޖުމްހޫރިއްޔާ، އެމަނިކުފާނު ފެއްޓެވި އިސްލާޙީ އެޖެންޑާއެއްގެ ތެރެއިން ވުޖޫދު ކުރެވުނު ޤާނޫނު އަސާސީގެ އެންމެ ބޮޑު ރޯލެއް އަދާކުރީ އަޅުގަނޑުމެންގެ ލީޑަރ. މިއީ ތިން ބާރު ވަކިވެފައިވާ ދަޢުލަތެއް. ނަމަވެސް ހިތާމަ އާއި އެކީ ދަންނަވަން ޖެހެނީ، މި ތިންބާރު ވަކި ކުރުމަށްޓަކައި މި ކުރާ މަސައްކަތުގައި ގޮންޖެހުން ތަކެއް ވާކަން. ތިން ބާރު އެއްވެއްޖެ ނަމަ ދިވެހި ރައްޔިތުން ވާނީ ހަމަ އެކަނި އަދަދަކަށް. ދިވެހި ރައްޔިތުންވާނީ ހަމަ އެކަނި ނަމްބަރަކަށް." ޢަލީ އާރިފް ވިދާޅުވިއެވެ.

މީގެ އިތުރުން ޢަލީ އާރިފް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި ޖުމްހޫރީ ޕާޓީ އަށް ވޯޓު ދެއްވަން ޖެހޭ ކަމަށާއި، މި ޤައުމުގެ އިސްލާމް ދީން ނޫން އެހެން ދީނެއް އޮތުމަށް ފުރުޞަތު ނުދިނުމަށްޓަކައި ވަރަށް ވިސްނުންތެރިކަމާއި އެކު ވޯޓު ދެއްވަން ޖެހޭ ކަމަށެވެ.

"ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ތިބޭފުޅުން ވޯޓު ދެއްވާއިރު މި ހުރިހާ ކަމަކަށްވެސް ވިސްނަވަން އެބަ ޖެހޭ. ހަމަ އެކަނި އޮތް އަދަދަކަށް ދިވެހި ރައްޔިތުން ވާކަށް ނުޖެހޭ. އަޅުގަނޑުމެންނަކީ ބަސް ބުނާ ބަޔަކަށް ވަމާ ހިންގަވާށޭ. އަޅުގަނޑުމެން އޭރުވެސް ރޮއި ހޭރި، ދަންނަވަމުން ދިޔައިން، ދިވެހި ރާއްޖޭގައި އިސްލާމް ދީން ދެމި އޮތުމާއި ގުޅޭގޮތުން ފާޅުގައި ސުވާލުތަކެއް ކުރެވެމުން އެބަދެޔޭ. ހިޓްލަރުވެސް ބުނެފަ އޮވޭ، ދޮގެއްވެސް އެއްހާސް ފަހަރު ހަދައިފި ކަމަށް ވާނަމަ، އެއީ ދެތުކަމަށް ހީވާނޭ." ޢަލީ އާރިފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުހައްމަދު

    ރައްޔިތުން ކަލޭބަލާނުގަތީމާ ގައުމު ހަލާކު ކުރި ސައުދާގަރުޖީ ފުލަށްވަދެ އޮވެ ކޮންއި ސްތައްޓެކޭ ތިޔަކިޔަނީ...

    14
    3
  2. އަލްޖިބްރާ

    ބަލަ ކަލޭމެން ވެރިކަމުގައި ތިބެގެން ހުރިހާ ބާރެއް އަންބޮޑިއަށް ކަހާލައިގެން ތިބިއިރު އެހެން މީހުން ގޮވީ ތިވާހަކަ ! ކަލޭމެނަކަށް އަޑުއިވުނު ކަމަކަށް ނުވި ! މިހާރު ތިގޮވަނީ ކޮން ފަޅޮލެކޭތަ ؟

    14
    9
  3. ާަާަަައަސްލު

    ކިންގާއެކު ހުއްނަވާ..ތީއަގެއްނެތްބަޔެއް..

    10
    3
  4. ްއިސްލާހު

    ބަލަ މިހިރަ އަލީ އާރިފޫ ތިންބާރު ޖައްބާރު ކުރިއިރު ކަލޭމެން ތިބީ އަތް ޖަހާށެވެ. މިއަދު ތިޔަ ކިޔަނީ ކީކޭ ހެއްޔެވެ.؟؟؟؟

    9
    5
  5. ތުބުޅި ސުޖާ

    "ވެރިކަމުގެ ތިން ބާރު އެއްވެއްޖެ ނަމަ، ދިވެހި ރައްޔިތުންގެ މާ ބޮޑު ބާރެއް ނޯންނާނެ ކަމަށާއި، ރައްޔިތުން ވާނީ ހަމަ އެކަނި އަދަދަކަށް ކަމަށް، ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ އާރިފް ވިދާޅުވެއްޖެ އެވެ".
    ވަރަށްވެސް ރަނގަޅުވާހަކަފުޅެއް، ތިމާމީހާ ނިމިދިޔަ 5އަހަރު މަޖިލިސްގައި އުޅުނުގޮތާ ޤާނޫނުތައްހެދިގޮތާ، ސަރުކާރާ، ޖުޑިސަރިއާ ހިސޯރުކޮށްގެން އުޅުނުގޮތް އަމިއްލަދުލުންތި ބަޔާންކޮށްދެވުނީ. ﷲގެ ކުޅަދުންވަންތަކަން ނިކަންދެކިބަލަ

    "މީގެ އިތުރުން ޢަލީ އާރިފް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި ޖުމްހޫރީ ޕާޓީ އަށް ވޯޓު ދެއްވަން ޖެހޭ ކަމަށާއި، މި ޤައުމުގެ އިސްލާމް ދީން ނޫން އެހެން ދީނެއް އޮތުމަށް ފުރުޞަތު ނުދިނުމަށްޓަކައި"
    800 އަހަރަށްވުރެގިނަދުވަސް ދިވެހިން އިސްލާމް ދީނުގައިމިތިބީ ތިބުނާ ޖުމްހޫރީޕާޓީއަށް ވޯޓްދީގެންތޯ؟ ޕޯޑިޔަމްތަކަށްއަރާ މާބޮޑަށް އިސްޤީވެ، ދެރަވާކަމަށްހެދިގެން ކަރުނައަޅައި ރޮމުން ވާހަކަދެއްކިޔަސް ދިވެހިރައްޔިތުންނަށް ތީކާކުކަން ވަރަށްރަނގަޅަށް އެބައިނގޭ، ނިމިދިޔަ 5އަހަރު ވެރިމީހާ ދީނާހިލާފު ވާހަކަދައްކަމުންދިޔައިރު އަތްތިލަބަޑި ޖަހާ ރަކިހިނިހޭންއިން ހަނދާނެއްނުވޭތޯ؟؟؟އަދިވެސް ދީންވިއްކައިގެން ކެވޭތޯދެއްތޯ ތިމަސައްކަތްކުރަނީ؟

    9
    5
  6. މަރުމޯލް

    3 ބާރުއެއްވެއްޖިއްޔާ ކައްގޑަށް ބާރުކުރާނެ..

  7. އަމިއްލައެދުން

    ތިވާހަކަދައްކަން ކަލޭވެސް ތާހިރެއްނޫން!!

    7
    1
  8. ބުނަން.....

    ކޮން ވާހަކައެއް ތިހުރީ ހުރިހާބާރު އެއްކުރުމަށް ބާރުދޭ މީހެއްގެ މަޤާމުގައި! މޮޅޮވާހަކަ ޢަމަލާ ދިމާކޮށްބަލޭ!

  9. ޖަޒީރާ ބޯއީ

    ރައްޔިތުންނޭވެ ބަލަންތިބޭ ލަސްތަކެއްނުވެ ކާނަލް ނާޒިމް އާއެކު މިމީހުންވެސް ނުކުމެގެން ދާނެ. ޔޭ ޕައިސާ ޕައިސާ ކެޔާހޭ.

  10. ޖަލީލާ

    އަޞްލު ގަދަ މީހުންނަކީ މިއީއެވެ. ނަފާހޯދައިދިން ކައްޕިގެދޯނި އަރިއަޅަލުމާއެކު ތެދަށްހުރި ދޯންޏަކަށް ފުއްމައިލާ އަރިއަޅާލި ދޯނީގެ ކައްޕިޔަށް މަލަމާތްކުރުމަކީ ގަދަ މީހުންގެ ކަމެކެވެ. އަލުންވެސް އެދޯނި ތެދުވުމުން އެދޯންނަށް ފުއްމާލާފަ ބުނާނީ ކުރީދޯންނަށް ފުއްމައިލީ ދޯނީގެ ވަރު ބަލަލަން ކަމަށެވެ. އިންޝާއަﷲ މިދުވަސް ފެންނާނެއެވެ.