އދ. ގެ ކޮންވެންޝަން އެގެއިންސްޓް ޓޯޗަރގެ 22 ވަނަ މާއްދާ ރާއްޖެއިން ބަލައިގަތުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާ، އެކަން އިޢުލާނު ކުރައްވައިފިއެވެ.

އެ މުއާހަދާގެ 22 ވަނަ މާއްދާގައި ވަނީ، މުއާހަދާގެ ދަށުން ހުށައެޅޭ ޝަކުވާ ބަލައިގަނެވޭނީ އެ މައްސަލަ ރައްދުވާ ޤައުމަކީ ކޮންވެންޝަންގެ ބާވީސް ވަނަ މާއްދާ ބަލައިގަނެ އެކަން އިޢުލާނު ކޮށްފައިވާ ޤައުމަކަށްވެފައި، އެ މައްސަލަ ހުށަހަޅާ ފަރާތަކީ މައްސަލަ ރައްދުވާ ޤައުމެއްގެ އިޙްތިޞާސް ހިނގާ ސަރަޙައްދުގައި ހުރި ފަރާތަކަށްވާނަމަ ކަމަށެވެ.

އެގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވި މުއާހަދާގެ ދަށުން، ރާއްޖޭގެ އިޙްތިސާސް ހިނގާ ސަރަހައްދުގައި އުޅޭ ފަރާތްތަކުން، އެފަރާތްތަކަށް ލިބޭ ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާއި އަދަބުތަކާ ގުޅޭ ގޮތުން ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ ބާރު ކޮމިޓީއަށް ލިބިގެންދާނެއެވެ.

މި މުއާހަދާ ހުށަހެޅުމަކީ، ކޮމިޓީ އެގެއިންސްޓް ޓޯޗަރއިން ރާއްޖެއިން ހުށަހެޅި އިނީޝަލް ރިޕޯޓު 2018 ނޮވެންބަރު މަހުގައި މުރާޖަޢާ ކުރުމަށްފަހު ހުށަހެޅުއްވި ކޮންކްލޫޑިންގ އޮބްޒަރވޭޝަންސްގައި ހިމެނޭ ރެކޮމެންޑޭޝަންއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިއަދު

    2021 ވަނައަހަރުގެ ނިޔަލަށް އިންޑިޔާއިން މުސްލިމުންނާއި ނަސާރާއިން ހުސްކުރަން ނިންމާފައި އެވާނިންމުން ބަލައެއް ނުގަންނަންތަ އަދި އެނިންމުމަށް ރައިސްނަޝީދު މަރުޙަބާ ކިޔާފައި އެވަނީ މޯދީއާއި ރައިސްނަޝީދުގެ ލޮލާލޯ ދިމާވާކަމަށްބުނެ

  2. ޢާއިޝާ

    ހައްހައްހައް. އދ، އެމެރިކާ، އިޒްރޭލް، އިގިރޭސިވިލާތް އަކީ ޓެރަރިޒަމް އުފައްދާ ފަރާތް