ފުލުހުންނާއި ސިފައިން ގުޅިގެން، މަޑުއްވަރީގެ ބައެއް ގެތައް ފާސްކުރަމުން ދަނީ، ހައްދު ފަހަނަ އަޅާފައިވާ ފިކުރުގެ މީހުން، ކުޑަކުދިންނާއި، އަންހެނުންގެ ހައްޤުތަކުން މަޙުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖައިޒު ފައިދާ ނަގަމުންދާތީ ކަމަށް، ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން މިހެން ވިދާޅުވެފައިވަނީ، މި އޮޕަރޭޝަނާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

"މި އޮޕަރޭޝަނަކީ ރ.މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި، ދަޢުލަތުގެ އާއްމު ނިޒާމާއި، އިދާރީ އިންތިޒާމުތަކުން ބޭރުން ވަކި ޖަމާޢަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތަކުން މަޙުރޫމުކޮށް، އެ ފަރާތްތަކުގެ ނާޒައިޒް ފައިދާ ނަގަމުންދާ ކަމަށާއި، މިފަދަ ޢަމަލުތައް ހިންގާ ބައެއް ފަރާތްތަކުން، އަންހެނުންނާއި ކުޑަކުދިން، މުޖުތަމަޢު އާއި ވަކިކޮށް، ކުޑަކުދިންނަށް ޞިއްޙީގޮތުން، ދިނުމަށް ލާޒިމު ކުރާ ވެކްސިން ނުދީ، ތަޢުލީމް ޙާޞިލްކުުރުމުގެ ހައްޤުން މަޙުރޫމުކޮށް، ކުޑަކުދިން މީހުންނާއި ކައިވެނިކޮށް ކަމަށް ބުނެ، މި ކަންކަން ހިންގާ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށާއި، ދަރިމައިވުމާއި، އުފަންވަނިވި ޞިއްޙަތާއި، ގުޅުންހުރި ޞިއްޙީ އިންތިޒާމު ތަކާއި، ހައްޤުތަކުން އަންހެނުން މަޙުރޫމުކޮށް، އެފަދަ އަންހެނުންގެ ފުރާނައާއި ޞިއްޙަތަށް ނުރައްކާވާފަދަ ޙާލަތަކަށް ހުށަހެޅިފައިވާކަމަށް ލިބެމުންދާ މަޢުލޫމާތާއި ގުޅިގެން މިކަންކަން ހިނގަމުންދާ ކަމަށް ފާހަގަ ކުރެވޭ ގެތައް ބަލާ ފާސްކޮށް، މި ކަންކަން ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދާ، ދެނެގަނެ، މި ތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ޙާލަތު ބަލައި އެފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށް ދިނުމަށްޓަކައި ހިންގޭ އޮޕަރޭޝަނެކެވެ." ފުލުހުން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވިދާޅުވެފައިވަނީ، މަޑުއްވަރީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުތަކަށް ތާޢީދުކޮށް، އެފަދަ ޢަމަލުތައް ފަތުރަން މަސައްކަތް ކުރާ ފަރާތްތަކުން ޤަބޫލުކުރާ ޤަބޫލުކުރުމެއްގެ މައްޗަށް ބިނާކޮށް، ހައްޤަކާއި ނުލާ މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ، ތަފާތު ޖިނާޢީ ކުށްތައް ކުރަމުން ދާ ކަމުގެ މަޢުލޫމާތުވެސް ލިބިފައިވާ ކަމަށެވެ.

ހަމައެހެންމެ، ސިފައިންނާއި ފުލުހުން ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި މަޑުއްވަރީ އާއި އެ ސަރަހައްދުގައި ހިމެނޭ އެހެން ރަށްތަކުގެ ރައްޔިތުންގެ ފަރާތުންވެސް ފުރިހަމަ އެއްބާރުލެއްވުން ބޭނުންވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސެން

    ދެން އެހެނޭ ކިޔާފަ ބޮޑު ލަޟްކަރެއް އަރާ ރަށް ފަތަހަ ކޮށް ބިރު ދައްކަން ޖެހޭތަ؟ހައެއްކަ ސިފައިން ދިޔަޔަސް ތިކަމެއް ވާނެ،މާ ބޮޑު ފިލްމެއް ކުޅޭކަށް ނުޖެހޭ،ސަބު ބަގުވާސް ،ޓެރަރިޒަމް ފިލްމު ބަލަން ދިވެހިން މި ތިބެނީ ،ތިއީ ސިޔާސީ މީހުން ކުޅޭ ކުޅިވަރެއް.އެމްޑީއެން މީހުން ހޯދަން ލާދީނީ މީހުން ހޯދަން މިވަރު ނުވަނީ ކީއްވެބާ؟ތިޔައީ ބިރުދެއްކުން،ރައްޔިތުންނަށް ބިރުދައްކާ ސަރުކާރެއް މިއީ .ވަތޯ ވަތޯ ތި ކުޅެނީ ،ބޭކާރު ކަން ކަން

    29
    1
  2. Anonymous

    ސަރުކާރުގެ ނޫސްބަޔާންތައް ރައްޔިތުން ގަބޫލުކުރަންވާނީ ހެކި ދެއްކުމުން. ދޮގުހެދުން އިންތިހާކަން ފުރަތަމަވެސް ހަނދާންކުރާތި. ދައުލަތުގެ އެހީއަށް އެދެ އެރަށުގެ ރައްޔިތުންގެ ތެރެއިން މި ނޫސްބަޔާނުގައި މިވާފަދަ ބަޔަކު ހުށަހެޅިތޯ ބަލަންޖެހޭ. ކިތައްކުދިންތޯ ވެކްސިން ނުދީ އޮތުމުގެ ސަބަބުން ސްކޫލަށް ނުވަދެވި އޮތީ ބަލަންޖެހޭ. މީހެއްގެ އަތްބަކަށް ނުވާ އަންހެނަކު ބަންދު ކޮށްފައިވޭތޯ ބަލަންޖެހޭ.
    މިހެން ނެރޭ ނޫސް ބަޔަންތަށް ގަބޫލުކުރުމުގެ ކުރިންﷲ ތަޢާލާގެ ބަސްފުޅު ހަނދާންކުރޭ. ޚަބަރަކައިގެން މީހަކު އައިސްފިނަމަ އޭގެ ދޮގުތެދު ބަލާށެވެ... ސަރުކާރުގެ އަމަލުތަކުން ވޭތުވެދިޔަ 1 އަހަރުތެރޭ ފެނުނީ ދޮގާ މަކަރާ ހީލަތާއި ފަސާދަ. އޭގެ އެއްހެކި. މޑނ އުވާލާނެ ކަމަށް ބުނެ އެކަން ނުކުރުން. މޑނ ގެ މީހުން ފިލުވައިގެން ގެންގުޅުން. އެމީހުނާމެދު ދައުވާ ނުކުރުން.

    28
  3. Anonymous

    ހަރުކަށި ފިކުރުން އެމީހުން ކުރާ ކަމއް ނިކަން ދައްކަބަލަ؟ ރައްޔިތުންގެ ތެރެއިން ކިތަށް މީހުންނަށްތަ އެމީހުން އަނިޔާދިނީ؟ ތަޞައްރަފް ނުފުރޭ ކުޑަކުއްޖަކު ގައުމަކަށް ގެންގޮސް ވިއްކާލީތަ؟ އަންހެނަކު ވިއްކާލީތަ؟ މިތަނުގައި ދީނީގޮތުން ހަނގުރާމަ އިއުލާނު ކުރީތަ؟ ކީއްވެގެންތަ މިސަރުކާރުން ހޭބަލިވެގެން މިތެޅިފޮޅެނީ؟

    26
    2
    • މޯލްޑިވިޔަން

      ސީރިޔާ އަށް މީހުން ވެސް ނުފޮނުވާ.ކަލޭމެން ދެނަ ހުރި ކަމެ އް ވެސް ނުން.ޑޮޓުން ބޭނުން ވަނީ އެންމެ ކަމެ އް

  4. ތެދު

    ހިމަންދޫ އަދި މަޑުންވަރީ ގަތިބި ތިބުނާބަޔަކީ މުނާފިގު ނަސީދުގެ ހަރުކަށި ސަޕޯޓަރުން..އޭނަގެ ވެރިކަމުގަ ސަލްޓަންޕާކްކައިރީގައެހެރަ ކުޑަމިސްކިތުގަ ވަކިންހުކުރުކުރީ...ދެންކީކޭމިކިޔަނީ..
    ކޮބާ ލާދީނީ ﷲއާއި ރަލާސޫއަށް ފުރައްސާރަކުރާ އިބިލީސްތައް މޑނ ބައިގަނޑު..؟!!

    24
  5. ހަސީނާ

    ތި ބައިގނޑު ކުރާ ކަމަކި ތަންތަނުން ވައްކަން ކުރުމާ ޝެއިޚުންނަށް ބެވުން. ތޯގޫތު ސަރުކާރޭ ކިޔާފަ ސަރުކާރާ ދެކޮޅަށް އެއްކަމެއް ވެސް ކުރާ ބައެއްނޫން. ފިނޑި ބައެއް.

    15
    1
  6. ހާމިދު ޝާހިދު

    މިއީ ތެދެއްނަމަ ސަރުކާރުން ތިޔަ ކުރައްވާ މަސައްކަތައް ފުރިހަމައަށް ތާއީދު ކުރަން. އެހެނީ، މިބައިމީހުންވަނީ، މިގައުމުގެ އަހުވަންތަކަމާއި އުހުވަންތަކަން ނަގާލާ، ޖަމާޢަތް ބައިބައިކޮށް، އެމީހުން އުޅޭގޮތަށް ނޫޅޭ އެންމެނަކީ ކާފިރުންކަމަށް ގަބޫލުކޮށް އެބައިމީހުންނާ ހަތަރު ކަޅި ހަމަކުރުންވެސް ހުއްޓާލާ ވަކިވެގަނެފައި. މިކަން ފުޅާވަމުންދާނަމަ މާދުރުނޫން މުސްތަގުބަލެއްގައި އަހުލީ ހަނގުރާމައެއް ފެށިދާނެ. އަދި އޭތީސްޓުންނާއި ދީން ގަބޫލުނުކޮށް އުޅެން ބޭނުންވާ މަދު މީސްކޮޅު އެބައިމީހުންގެ ބައިގަނޑު އިތުރުކުރަނީވެސް މިފަދަ ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން. ދީނުގައި ހިލާފު އުފެދޭ ދެބަސްވުން އެފެދޭ ގިނަ ކަންކަން އެބަހުރި. އެހެނީ، ދީން ބާއްވާލެވި އިރު އޮތްގޮތަކަށް ނޫން މިހާރު ދުނިޔެ މިއޮތީ. ޓެކްނޮލޮޖީ ކުރިއަރައިފި. މީހުން ދިރިއުޅުމަށް ކުރާ މަސައްކަތްތައް ބަދަލުވެއްޖެ. މުނިފޫހިފުލުވުމަށް އާ ކަންކަން ތައާރަފްވެއްޖެ. މުސާސަލާތުކުރަން ބޭނުންކުރާ އާލާތްތައް ބަދަލުވެއްޖެ. ހަމައެކަނި ބަދަލުނުވަނީ، އެއްކައުވަންތަ ކަމާއި، ކަލަކުވާކަމާއި، ކުޅަދުންވަންތަކަމާއި، މިހެންގޮސް އިސްލާމްދީނުގެ އަސާސީ ބައެއް ތަންބުތައް. އެހެންވިރު، ފަހު ޒަމާނުގައި އިލްމުވެރިން ކުރިން ކީރިތި ޤްރުއާނާއި، ރަސޫލާ ސައްލައްލާހު އަލައިހިވަސައްލަމުގެ ސުންނަތުން ވާރިދުވެފައި ނުވާ އެތައްކަމެއް މިޒަމާނުގައި ދަނީ ހަރާން ކަންކަންކަމުގައި ކަނޑައަޅަމުން. މިކަން މިގޮތައް އޮންނަނަމަ، ދީނީ ބައިބައިވުން އިންތިހާއަށް އިތުރުވެގެންދާނެ. ބުނަން މިއުޅޭ ވާހަކައަކީ، މިދީން ލުއިފަސޭހަ ދީނެކޭ ބުނެވޭ ބަހުގެ މާނައަކީ، ތިބާ ކުރާ ކަމަކުން އަބަދުވެސް ތައުބާވުމަށް ފުރުޞަތު ތަނަވަސް ވެފައި އޮންނާތީވެ. އެހެންނަމަވެސް، ދީނުގެ އެންމެ މަތީލެވެލްއިން މާކްސް ލިބޭ މީހަކަށް ވުމަޓަކާ އެމީހަކު ކުރަންޖެހޭ އެންމެހާކަމެއް ކުރުމުގެ ހައްގު ލިބިގެންވޭ. އެހެނަސް ގަވާއިދުން ނަމާދު ނުކުރެވޭ މީހާއާއި، ބައެއްފަހަރު މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވެވިދާ މީހާއި، މައިންޑް ކްރާފްޓް ގޭމް ގިނަވަގުތު ކުޅޭ މީހާއާއި، މަސްތުވާ ތަކެއްޗަށް ދެވި ހިފާފައިވާ މީހާ ވެސް ހިމެނޭގޮތުން ކަލޭތީ ކާފިރެކޭ ނުބުނެވޭނެ. އެހެނީ މިއުންމަތް އުންމަތަކަށް ވެގެންދަނީ އަދި 100 އިން 100 މުސްލިމް މުޖްތަމަޢުއަކަށް ވަނީ މިދެންނެވި ދީނުގެ ކަންކަމާ ތަންކޮޅެއް ދުރުގައި އުޅޭ މީހުންވެސް ހިމަނަައިގެންކަމަށްވާތީ.

    4
    8
  7. 239

    ބަލާފާސްކޮއްގެން މިއަދު ގެންދާނެ މާދަން ދޫކޮއް
    ލާނެ

    10
  8. މަގޭ

    ޢެކުދިންނާއިިއަންހެނުންއެގޮތްބޭނުންަމަކީކޭބުނާނީ

    4
    3
  9. އިސްމާލް

    އެއުޅެނީ ތަންކޮޅެއްކުރީދުވަސްވަރެއްގަ އަތޮޅުތެރޭ ރަށަކުން މީހުންހުސްކުރިގޮތައް ވަކިރަށަކުން މީހުންހުސްކުރަންވެގެން ހުރިހާވސްކަމަކީ އެލާދީނީ އެމްޑީއެން އުވާލަންގޮވުން އަދިވެސްމިގޮވަނީ ހަރުކަށި ލާދީނީ އެމްޑީއެންއުވާލާށޭ

    9
    1
  10. ޢަފްލާ

    މަޑުކަށި މީހުން އަރާ ހަރުކަށި މީހުން ހިފޭނެ ގޮތެއް ބުނެބަލަ ހަރުކަށީގެ މީހުން މާ ބާރު ގަދަވާނެ މަޑުކައްޓައްވުރެ ހަރުކަށި ހަފަން އުނދަގޫވެސްވާނެ އެންލިން ކިރު ދީގެން ތި ހަރުކަށި ހުންނަ މީހުންގެ ކަށިތައް މަޑު ވޭތޯ ބަލާބަލަ ކޮން ހަރުކައްޓެއް މަޑު ކައްޓެއް ކަލޭމެންގެ މަޑުކަށި ތަކުން މިގައުމު ސަލާމަތް ކުރަންވީ ތިއުޅެނީ ރަނގަޅު ކަށިތައް ނައްތާލާފަ ނުބައިކަށި މިތާ ބައިތިއްބަންވެގެން އޭރުން އިސްލާމް ދީން ކަލޭމެންގެ ހިތުން ވެސް ފޮހެލެވުނީތާ

    8
    1