މިއަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ބޮޑު އާމްދަނީއެއް ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހަށް އާމްސަނީގެ ގޮތުގައި ސަރުކާރަށް ވަނީ 219 މިލިއަން ރުފިޔާ ލިބިފައެވެ.

ސަރުކާރުން އަންނަ އަހަރަށް ބަޖެޓު ކަނޑައަޅައިފައިވެސް ވަނީ ޖޫރިމަނާގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށެވެ. އެއްގޮތުން ރައްޔިތުންނަށް ދަތިވި ކަމުގައި ވީނަމަވެސް އެކި ކަންކަމުގައި ޖޫރިމަނާ ފައިސާ ލިބުމަކީ ސަރުކާރުގެ ބަޖެޓަށް ފުދޭވަރެއްގެ ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމެކެވެ.

މިހާތަނަށް މިއަހަރުގެ އެންމެ ގިނަ އަދަދަކަށް ސަރުކާރަށް އާމްދަނީ ލިބިފައި ވަނީ ޕާކިން ސްޓިކާ ޖަހައިގެންނެވެ. އެގޮތުން ބައެއް ހަފްތާތަކުގައި ސްޓިކާ ޖަހައިގެން އެކަނިވެސް އެއް މިލިއަނަށްވުރެ ގިނަ ފައިސާ ދައުލަތަށް ވަނީ ލިބިފައެވެ.

މިއަންނަ އަހަރުގެ ބަޖެޓުގައިވެސް ޕާކިން ސްޓިކާ ޖަހައިގެން ގިނަ އަދަދަކަށް ފައިސާ ލިބޭނެ ކަމަށް ސަރުކާރުން ލަދާކޮށްފައިވާ އިރު، ޕާކު ކުރާނެ ތަނެއް ނުދައްކައި ޕާކިން ސްޓިކާ ނުޖަހުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އައުމުގެ ކުރިން ވެވަޑައިގަތް ވައުދުފުޅެކެވެ. މާލޭގައި އިތުރު ޕާކިންޒޯންތަކެއް މިސަރުކާރުގައި ހަދައިފައިވީނަމަވެސް އެމައްްސަލައަަށް އަދިވެސް އެންމެ އެކަށީގެންވާ ހައްލެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަންތިމަރިޔަބު

    ޕާކުކުރާނެ އިތުރު ސަރަހަށް ތަކެއް މިސަރުކާރުން ހެދިކަމަށްވިދާޅު ވާއިރު އެއަށްރެ ބޮޑު ސަރަހަށް ދެއް ޕާކުނުކުރެވޭ ގޮތަށް މިސަރުކާރުން ހަދަމުން ދާކަން ދެނެހުރި މީހަކު ނެތީބާ؟ މާލޭގެ ހުރިހާމަގުތަށް ޕާކުނުކުރާ ގޮތަށް ހަށްދަވާފަ އިސްޓިކާ ޖައްސަވަން ވީނޫން ތޯ އޭރުން ބަޖެޓް ހުސްވެގެން އުޅުއްވާކަށް ނުޖެޙޭނެ ބަޖެޓް ފުރިގެން ބަންޑުވާނެ

    5
    2
  2. ދެންލަލަލާ

    މަސްވެރިން ޕާރކް ސަރަހައްދުގައި އޮތް ބޮޑު ޕާކިން އޭރިޔާ ވެސް ޕާކުރާނެ އިތުރު ތަނެއް ނުދައްކައި އެއޮތީ ނަގާފަ.

    4
    2
  3. އަސީ

    ހެލްމެޓްއުފައްދާ ކުންފުނިތަކުން އެތަކެތި ބާޒާރައްނެރެނީ ވަރައްގިނަ ޓެސްޓްތަކަކައްފަހު ނަމަވެސް ރާއްޖޭގަ ހުއްދަމިކުރަނީ 3 ޑިޒައިނެއްގެ ހެލްމެޓް ގަވާއިދައްނުފެތޭކަމައްބުނާ ހެލްމެޓްތައްވެސް ބާޒާރުގަ ވިއްކަން އެބަހުރި ކަސްޓަމްސްއިންބުނަނީ ގާނޫނަކުން މަނާނުކުރާނަމަ އެތެރެކޮއް ވިއްކުންނުހުއްޓުވޭނެކަމައް ނަމަވެސް މީގެން ހެލްމެޓެއް އަޅައިގެން ދުއްވައިފިނަމަ 750 ރުފިޔާއިން ޖޫރިމަނާ އެބަކުރޭ.