އާދަމް ޝަރީފް މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަން ކުރުމަށް ގޮވައިލައި އިދިކޮޅު ކޯލިޝަނުން ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އާދަމް ޝަރީފު ވިދާޅުވީ ގައުމުގެ ސިޔާދަތަށް ހިޔަނި އެޅި، ގައުމު މިހާރު ދަނީ ނުބައި މިސްރާބަކަށް ކަަމަށެވެ. އަދި ކަމަށްގައުމާއި ރައްޔިތުންނާ މެދު ބޭރުގެ ފަރާތްތަކުގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ސަރުކާރުން ވާހަކަ ދައްކަވަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.އެކަންކަމުގެ އަސަރު އަދި ރާއްޖެއަށާއި ރައްޔިތުންނަށް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވައިލުމާއި ނޭއްގާނީ ކަންތައްތަކުގެ ތެރެއިން ރައްޔިތުންގެ އަތުގައި އޮންނަ ބާރުތައް ނަގައި، ރައްޔިތުން ދޭންޖެހޭ ވޯޓްވެސް އޮޅުވައިލުމަށް މަސައްކަތް ކުރާ މަންޒަރު މިހާރު ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމަށް ރޭގެ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

'' ރާއްޖޭގައި ތިއްބެވި ހުރިހާ ކައުންސިލަރުންގެނެސް، މާލެ ކައިރީގައި ރައީސް ޔާމީންގެ ސަރުކާރުން ހެދި މުތީއެއް ފަދަ ރަށަށް ގެންގޮސްފައި، އެރަށުގައި ދައުލަތުން ބޮޑު ހަރަދުކޮށްގެން އެ ބޭއްވި ބައްދަލުވުމެއް ބާއްވައި ގޮވާލަމުން އެދިޔައީ އެމްޑީޕީއަށް ވޯޓް ދިނުމަށް.'' އާދަމް ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީ ކޮސްދެއްވި ކްރޮސްރޯޑް މޯލްޑިވްސް އަކީ ރީތި މުތީއެއްފަދަ ރަށެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެ ރަށް ތަރައްގީ ކުރުމަށް އެނބދޫ ފަޅު ހިއްކުމުން ވެރިކަން ކުރާ އެމްޑީޕީއިން ވަނި ވަރަށް ބޮޑަށް ފާޑު ކިޔާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރޯ

    ތިޔަ ހިޔަނި އެޅުނީ ކީއްވެ ؟ހިޔަނި އެޅުވުމުގާ ބޮޑުރޯލެއް ޔާމީނު ވަނީ ކުޅުއްވާފަ. މައުމޫނާ ގާސިމް ޖަލުގާ ހައްޔަރު ކުރުމަކީ ތިޔަ ހިޔަނި އަންނަން މެދުވެރިވި ސަބަބު . މައުމޫނާ ގާސިމް އަކީ ދެ ދުސްމަނުންކަމަށް ޔާމީން ނިންމެވުމަކީ ތިޔަ ހިޔަނި އުފެދެންޖެހުނު ސަބަބު.އެމްޑީޕީ ވެރިކަމަށް ގެނައުމަކީ ގާސިމާ މައުމޫނު ބޭނުންފުޅި ކަމެއްނޫން ނަމަވެސް ޖަލުންސަލާމަތް ވުމަށްޓަކާ ދުސްމިނާއަތުގާހިފައިގެންވެސް ކޮޅަށް ތެދުވަންޖެހޭތީ ދުސްމިނާގެ ފަހަތަށް އަރަންޖެހުނީ، ވެރިކަމަށް ޔާމީނު އައިނަމަ މައުމޫނާ ގާސިމް އަދިވެސް ތިބޭނީ ޖަލުގަ ، ވީމާ އެކަކުވެސް ޖަލުގަ އޮތުމަށްރުހި ގަބޫލު ވެދާނެ ބާ؟ ވީމާ ހިޔަނި މަގައުމަށް ގެނުވީ ކާކު ބާ؟

    2
    7