ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު މާދަމާ ލ.އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް ގެ މި ދަތުރުފުޅަކީ، ލ.ހިތަދޫ ޞިއްހީ މަރުކަޒަށް 50 އަހަރު ފުރުމުގެ މުނާޞަބަތުގައި ބައިވެރިވެވަޑައިގެންނެވުމު ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި، އެ އަތޮޅު ފޮނަދޫ އަށާއި، ގަމަށްވެސް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ރަށްރަށުގެ މުޢައްސަސާ ތަކުގެ ވެރިންނާއި، މުވައްޒަފުންނާއި ވެސް ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިކަމާއި ގުޅޭގޮތުން، ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު ވިދާޅުވެފައިވަނީ، މާދަމާ ހެނދުނު، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ލ.އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން ރައީސް އަށް މަރުޙަބާ ދެންނެވުމަށް މާދަމާ ހެނދުނު 10:00 ގައި ކައްދޫ އެއާރޕޯޓަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެއްވުން އެދޭ ކަމަށެވެ.

ލ އަތޮޅުގެ ހަތަރު ރަށެއްގައި މިހާރު ވަނީ މޯބައިލް ލެބޯޓްރީގެ ޚިދުމަތްވެސް ފަށާފައެވެ. އެގޮތުން ލ.ދަނބިދޫ، މުންޑޫ، މާމެންދޫ އަދި ކުނަހަންދޫއަށް މި ޚިދުމަތް މިހާރު ވަނީ ލިބެން ފަށާފައެވެ.

މި ޚިދުމަތަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު އެރަށްރަށުގައި ޤާއިމްކޮށްފައިވާއިރު މިއީ އެ އަތޮޅުގެ ލެބޯރަޓަރީގެ ޚިދުމަތް ނުހުންނަ ރަށްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ

މި ޚިދުމަތާއެކު ލެބޯޓްރީ ސާމްޕަލް އެންމެ ކައިރީގައި ހުންނަ ލެބޯޓްރީއަކަށް ގެންދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.

މި އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ޤާއިމްކުރެވިފައިވަނީ ލ.ގަމުގަ އެވެ. ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 150 އަށް ވުރެ ގިނަ މީހުން މި ހޮސްޕިޓަލުގެ ލެބޯރަޓަރީގެ ބޭނުން ހިފާ ކަމަށް އެހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޮނޑާ

    ހަމަ އަސްލުވެސް ތީތަ ރައީސް؟ އުޅޭ މީހެއްކަންވެސް ނޭނގޭތީ އަހާލީ.

  2. ޢަފްލާ

    ސަންތި މަރިޔަނބްގެ ފިރިމީހާގެ އަންހެނުން ދޯ މިއުޅެނީ