ގައިދީއަކު އޭނާގެ ފުރަގަސްފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅެފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް، އަބްދުﷲ މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ގައިދީއަކު އަތުލައިގަނެފައިވާ ކަމަށާއި އޭނާ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުރަގަސްފަރާތުގައި ފޮރުވައިގެން ކަމަށެވެ. އަދި ކޯޓުގެ އަޑުއެހުމަކަށް އިއްޔެ ފޮނުވުނު ގައިދީއެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ގައިދީގެ މައުލޫމާތު އާންމުކޮށްފައި ނުވާއިރު، އޭނާ އެތެރެކުރަން އުޅުނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއްވެސް ހާމަކޮށްފައި ނުވެއެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ވެއްދުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. މިފަދަ ކަންކަން ހުއްޓުވަން ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ކަލޯގެޔާ! ހާދަ ބައިވަރެއް! ތިޖޫރީ ތި ހުންނަނީ ހާދަ ވަރުގަދަ ތާކުއޭދޯ!

    26
  2. ސަޓޯ

    އައްޗީ،.

    13
    1
  3. ހިނގާ ދެފައި

    މަސްތުވާ ތަކެތި ބޭނުންކުރާ ވާހަކައާއި ގެންގުޅެ އެއްތަނުން އަނެއްތަނަށް ގެންދާވާހަކަ މީޑިއާގައި ފަތުރަނީ ކޮންބަޔަކުގެ އަގު ވައްޓާލައި އަބުރު ކަތިލާންވެގެން ތޯ ސުވާލު އުފެދެއެވެ. އެހެނީ ޑުރަގު ގެންގުޅުމާއި ބޭނުންކުރުމަކީ އެމް ޑީ އެން އާއި އެބައިގަޑަށް ހިތްވަރުދޭ މިސަރުކާރުގެ ބައެއް އިސް ވެރިންގެ ކޮއްމެ ދުވަހެއްގެ އާދައިގެތެރޭގައި ހިމެނޭ ކަމަކަށްވާއިރު އެއީއަކީ ކޮއްމެހެން ދައްކަންޖެހޭ ވާހަކައެއް ނޫނެއްނޫންތޯ؟؟؟!!!

  4. ޅާދީނީ

    ސުއްބޫ...ތީގެ ކަބަޑެއް ހޯދަ ދީބަ

  5. އަޙްމަދު

    މުނާޒުގެ ޓްވީޓުން މަސްތުވާތަކެތި ޖަލަށް ވައްދަން އުޅުނީ ފު ރަގަސް ފަ ރާތުގައި ފޮ ރުވައިގެންކަން " ވަގުތުން" ދެނެގަތީ ކިހިނަކުންބާ!

    2
    1