މިއަހަރުގެ ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިޘާގައި ގެއްލުން ލިބުނު ފަރާތްތަކާއި، ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމަށް ފަހު، ރައީސް މަޢުމޫނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިހާތަނަށް ސަރުކާރުން އެ ފަރާތްތަކަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ބަލައިގަންނަ ކަމަށާއި، ނަމަވެސް އަދިވެސް ކުދި ކުދި ކަންބޮޑުވުންތައް އެ އާއިލާތަކުގެ ހުރި ކަމަށެވެ.

ހ.ތިލަފަރުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބައެއްގެ އިހުމާލެއް ނެތް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުރަތަމަ އަލިފާން ހިފާފައި ވަނީ ތިލަފުށި ގޭގައި ހުރި ގުދަނެއްގައެވެ. އަދި އެއަށްފަހުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަގުމަތީގައި ހުރި ސައިކަލުތަކާއި، ކުރިމަތީގައި ހުރި ރަދުވާނާ ކިޔާގޭގައި އަލިފާން ހިފިއެވެ. އަދި އޭގެ ފަހުން އިތުރު ގެތަކުގައި އަލިފާން ގަނޑު ވަނީ ފެތުރިފައެވެ.

ފުލުހުން ބެލި ބެލުމުން އެނގުނު ގޮތުގައި "ތިލަފުށި ގޭގެ" ގުދަނުގައި 12 ތަފާތު ވައްތަރެއްގެ އެކިއެކި ކެމިކަލް ރައްކާކުރެވިފައިވެއެވެ. އޭގެ ތެރޭގައި ލޯންޑްރީގައި ބޭނުން ކުރާ ކެމިކަލްސްތަކާއި، އަދި ޕޫލް ޑިސް އިންފެކްޓް ކުރަން ބޭނުން ކުރާ ކެމިކަލްގެ އިތުރުން، ފްލޯކްލީންއަށް ބޭނުން ކުރާ ކެމިކަލްވެސް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ

މި ހާދިސާގައި ހަ ގުދަނަކާއި، ހަ ގެއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަންތިމަރިޔަބު

    އަދި މާބޮޑަށް ވެސް އަވަސް ބައްދަލު ކޮއްލަވަވަން ކައުންސިލް އިންތިހާބައް ކަޑައެއް ޖެސެވީދެއްތޯ؟ މަޑުކޮއްލަށް ވާ 2023 ކާރިވަންދެން އެކަމަކު ދަންނަވާލަން އޮތީ ތިޔާއުމުރުފުޅު ގާއި ޖެހިވަޑާއި ގަންނަވާނީ ނަކަސްތަޅުއްވާށޭ
    ހަމަހިނިއަންނަނީ

    10
  2. Anonymous

    ދެން މައުމޫން އެހީފުޅުވާންވީނޫންތޯ
    ކެމްޕޭން ނޭ ވިދާޅު ނުވެ

  3. ބޮޑުގޮހޮޑާ

    މމއެހީއެއް ދިނުނމަށް މައު މޫނު ރަގަޅެނޫންތަ..ޖާބިރު މައު މޫނަށްދިން 29މިލިޔަންނުން..ހާލު ބަލަން ފޯރިވަރަކީ ނިކަ މެތިވި މީހުން މުއްސަދިވާހާ ދުވަސްކޮއްފަ... އަދިވެސް ބޮޑުކާފު ކުޑަކާފުގެ ދުވަސްވަރު ކަންކުރިހެންދޯ ތިއުޅެނީ...މައު މޫނަކީ ސަރުކާރުގެ އެއްޕާޓްނަރު ރައްޔިތުންގެ ކަންބޮޑުވުންތަ ހައްލުކުރަން އެހެންބައެއްގެ ގާތުގަ ބުނަންވެސް ނުނެހޭނެ މައު މޫނު އަތްހިއްލާލުމުން ފުދޭނެ..ތިދިޔައިރު ދަރި ނުގެންދަންތަ ..މާކެޓްކޮއްލަން.. ފާރިސް...

  4. ދަވްތޫރް އަބުދުލް އަޒީޒް

    ނަމަވެސް އަދިވެސް ކުދި ކުދި ކަންބޮޑުވުންތައް އެ އާއިލާތަކުގެ ހުރި ކަމަށެވެ މިކަހަލަ ވާހަކަ ނޫހުން ފެނުނީމާ އަންނަނީ ހިނި ގެދޮރުގެ ދަތިކަން މިގައުމައް ގެނުވި ބޭފުޅާ މިވާހަކަ ވިދާޅުވީމާ 1978 އަހަރާ ހަމަޔައް މިގައުމުގެ ސަރުކާރަކުން ބިންތައް ހިސޯރުކޮއްގެން ބިމުގެ ދަތިކަން ފޯރުވާފައެއްނެއް ތާރީހުގުވެސް ދެން ފުލެޓް އޭކިޔާފައި ގެސްޓް ހައުސް ހަދާފައި ރައްޔަތުން ކުއްޔައް އުޅެން ޖެއްސީ ހާއްސަ ކޮއް މާލޭގެ ރައްޔަތުންނައް ގޯތިނުދީ އަޅުވެތިކުރީ ދޭތެރެ ދުރުކޮއް ގައުމުގެ އާބާދީ ނައްތާލީ މިހާރު ދަޑައް ފަރައް މަހައް ދާނެ މީހަކުނެއް ވެދުން