ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނަށް ފުލުހުން ފެން ފައިވާނެއް ދީފައިވާ ކަމަށް އޭނާގެ ވަކީލު ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ފާރިސްއަށް ފެން ފައިވާނެއް ދީފައި މިވަނީ، އޭނާއަށް ފެން ފައިވާނެއް ފޮނުވުމަށް ތިން ދުވަސް ވަންދެން އާއިލާއިން މަސައްކަތް ކުރިއިރުވެސް އެކަމަށް ފުލުހުން ހުއްދަ ނުދޭ ކަމަށް، ޔުމްނާ މައުމޫން މިދިޔަ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނިކޮށެވެ.

ޔުމްނާ ވިދާޅުވީ، ފާރިސް ހުންނެވީ ހައްޔަރުކުރި އިރުން ފެށިގެން އޮފީސް ބޫޓުކޮޅުގައި ކަމަށެވެ. އަދި ފެން ފައިވާނަކީ ނުރައްކާތެރި އެއްޗެއްތޯ ޔުމްނާ ސުވާލު އުފެއްދެވިއެވެ.

https://twitter.com/HuShameem/status/963724898118979584

ފާރިސް ބަންދުން ދޫކޮށްލާފައި ބެހެއްޓުމަށްފަހު އަނެއްކާވެސް އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފްތާގައެވެ.

ފާރިސް ހައްޔަރު ކުރަން ނެރުނު އަމުރުގައި ބުނެފައި ވަނީ، އޭނާ ހައްޔަރު ކުރަނީ "2017 ވަނަ އަހަރުގެ މޭ މަހުގެ މެދެއްހާ ހިސާބުގައި އަޙްމަދު ފާރިސް މައުމޫން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް، ފައިސާ ބެހިކަމަސް ތުހުމަތުކުރެވޭތީއާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާ ގުޅިގެން ދިވެހިރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ވައްޓާލުމަށްޓަކައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ފާރިސްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް"ގައި ކަމަށެވެ.

އޭގެ ފަހުން ފުލުހުން ވަނީ، ފާރިސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމުގެ ޑޮކިއުމަންޓްސް ހެކި ލިބިފައިވާކަން ހާމަކުރައްވާފައެވެ.

ފާރިސްގެ އިތުރުން ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި މައުމޫންގެ ދަނބިދަރިކަލުން ނަދީމްވެސް ވެސް ވަނީ، ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބެއްޔާ

    މި ޝަމީމުއަކީ ލޯޔަރެއްތަ ނޫނީ ޓީވީ ޕްރެސެންޓަރެއްތަ؟ ކޯޓުތަކުގައި ވަކާލާތު ކުރުމަށް ވުރެ ގިނައިން އިންނަނީ ޓީވީ އަށް އަރާ އަނގަތަޅަން

    • އައްޑޫސިޓީ

      ބެއްޔާ.. އެހެންވެ މިބުނީ އެއީ ޝަމީމް މެންނަށް ކުރެވިދާނެ ކަމެކޭ..!! ސާފުތަ..؟؟؟

  2. ދަންތުރަ

    ކިހާވަރުގަދަ ކަމެއް. ބަލަ އަހަރުމެން ވެސް އެރީ ހަމަ ތީގެ ފައިވާނަށް.

  3. ނުރަބޯ

    ދެން ކޮން އެއްޗެއްތަ ދޭންވީ؟ އުއްޖެހި މަރުވަޅިކޮޅެއްތަ ދޭންވީ؟

    • ނުބުނާނަން

      ޚަބަރު ރަނގަޅަށް ކިޔާލިނަމަ ދެން ބޭނުންވާ އެއްޗެއް އެނގުނީސް. ?

  4. ކޮބާ

    އޖާއިބެއްތަ. ދެން ދޭންވީ ގަންބޫޓެއްތަށް. މިލާދީނީ ގޮލާންތައް ހާދަހާ ފިތުނަ އުފައްދަން އުޅެޔޭ.

  5. ކެއާރ

    ހެޔުނުވާނެ ތިޔަ މަމޫނުއޭ ކިނުނު އެތިގަނޑުގެ ކިބައިން ގައުމު ސަލާމަތް ވާނެ ގޮތެއް ވިސްނަންވެއްޖެ އެއްނު، ބޮޑު ކޯފާއެއް ގައުމަށްކުރިމަތިވެފައޮތް.

  6. ޤައުމު

    ކެއާރ ހަސަދަވެރިވަނީ. މައުމޫން ކަހަލަ ހިދްމަތްތެރި ދަރިއެއް ހޯދަބަލަ. ނުލިބޭނެ އެކަހަލަ ހިދްމަތްތެރި ދަރިއެއް. މައުމޫން ތިކުރާ މަސައްކަތައް ސާބަސްދެން. ކެއާރ ހަޖަމްކޮއްލާ.