ވިލިމާލެއިން އިއްޔެ ހުކުރު ނަމާދަށް ދިޔަފަހުން ވީނުވީތަނެއް ނޭނގިގެން ގެއްލުނު މީހާ މާލޭގެ ގެއަކުން ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ތ. ތިމަރަފުށީ ނައިންފަރު އިބްރާހީމް ޚަލީލް (41) އެވެ.

އޭނާ ހެންވޭރުގެ ގެއަކުން މިއަދު ފެނިފައިވާ ކަމަށް "ރާއްޖެއެމްވީ" ގައި ބުނެފައިވާއިރު އެ ނޫހަށް މައުލޫމާތުދެމުން ހަލީލް ބުނީ އޭނާ އުޅުނީ ފިލައިގެން ނޫން ކަމަށާއި އިއްޔެ އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި އެއްވުމަށްވެސް ދިޔަ ކަމަށެވެ.

އަދި ގެއިން ނިކުމެގެން އައީ އަމިއްލަ ކަމެއްގައި ހިތްހަމަ ނުޖެހުމުން ކަމަށްވެސް ހަލީލް ބުންޏެވެ.

އަދި ގެއިން އައީ ގޭގެ ކަރަންޓް ބިލާ އެހެނިހެން ހަރަދުތައް ކުރަން ފައިސާ ނަގާނެ ގޮތް ބުނެފައި ކަމަށާއި ދަރިންނަށް އޭނާގެ ނަމްބަރަށް ނުގުޅެނީ އެ ފޯނު ނިންވާލާފައި އޮތުމުން ކަމަށްވެސް "ރާއްޖެއެމްވީ" އަށް މައުލޫމާތުދެމުން ހަލީލް ބުނެފައިވެއެވެ.

ހަލީލްގެ ހަބަރެއް ނުވުމާ ގުޅިގެން އޭނާގެ އާއިލާ އިން ވަނީ އެކަން ރޭގެ ވަގުތެއްގައި ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަހަރެން

    ދަރިންގެ ނުލަފާކަންތައް ތީ.ފުލުހުންޖެހޭނެ ަދަރިންގެދ މައްސަލަ ލބަލަން

    • ފާތުން

      ދަރިންގެ ނުލަފާކަމޭ؟؟ ހާދަ އެނގިފަ؟؟

      • އައްޒަ

        ދަރިންވެސް ނުބައިވީމަ އެހެންވާނީ. ސަހަލު ދަރިޔަކު ނުންނާނެ.

  2. ލަތީފާ

    ލަފާވާނެތަ ލާދީނީ ބައިގަނޑު ތެރޭގަ މުޒާހަރާކުރަން ދެންކިހާ ލަފާވާނެ

  3. ނަސޭހަތް

    އެ ދަރިންކޮޅަށް ހެޔޮ ވުސްނުން ދެއްވާޝި

    • އ

      އާމީން ޔާﷲ

  4. އަހުމަދު

    އަމިއްލަ ދިރިއުޅުން ހަމަ މަގަށް ނޭޅުވޭ މީހުން ސަރުކާރެއް ހަމަ މަގަށް އަޅުވަން ނިކުތީމަ އަންނަނީ ހިނި

  5. ކެޔޮޅު

    އޭނާ ފިލީއެއްނޫން ފޯނުނިވާލައިގެން މީހުނައް ނުފެނިއުޅުނީދޯ؟

  6. ގައްޑާ ނުވޭ

    ސަހަރޯ! މުޅި އާއިލާ އާއި ގާތް ރަހްމަތްތެރިން އެލާރޓްގަ ބައިތިއްބާފަ މިބޭފުޅާ ހަރުގެ ކައިރީގަ މަޖާނަގާފަ ސައި ބައްލަވަން! ހިތުން މޮޅު ކަމެއް ކަމަށް މިބުނީ ހަވީރު ހަރުގެ ކުރިމަތީގަ އޮތް މުޒާހަރާގަ ބައިވެރި ވީމޭ ދޯ؟ ފުރަތމަ ތިމާގެ އާއިލީ ހަމަޖެހުން ޤާއިމް ކުރޭ!

    • ރުޒާނާ ޗޮއްޕަޓު

      އެތަނަށް ގޮސް އެނބުރޭ ހުރިހާ ކުނަމެހިތަކެއްގެވެސް ހާލަކީ އެއީ!